އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޭލި ޖަމިއްޔާގެ ޤުރްއާން މުބާރާތުގެ ހިތުން ކިޔުމުން 1ވަނަ އަޝްހާ އަދި ބަލައިގެން ކިޔުމުން 1 ވަނަ ނުހާ އިޝްހާގު ހޯދައިފި

ފޭލި ޖަމިއްޔާގެ ޤުރްއާން މުބާރާތުގެ ހިތުން ކިޔުމުން 1ވަނަ އަޝްހާ އަދި ބަލައިގެން ކިޔުމުން 1 ވަނަ ނުހާ އިޝްހާގު ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އޭދަފުށީގައި ބާއްވަމުން އަންނަ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ބައިން އެއްވަނަ އޭދަފުށި އަލިތަރި އަޝްހާ ޢަލީ ވަހީދު އަދި ބަލައިގެން ކިޔުމުގެ ބައިން އެއްވަނަ ހިތާދޫ އެރޯމާ، ނުހާ އިޝްހާޤު ހޯދައިފިއެވެ.

މި މުބާރާތުން ވަނަތައް ހޯދި ކުދިންނަށް އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ޙަފުލާގައި އެއްވަނަ، ދެވަނަ އާއި އެހެން ވަނަތަކަށް ހޮވުނު ކުދިންނަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވާ އިރު، ހިތުން ކިޔުމުންނާއި ބަލައިގެން ކިޔުމުން 1 ވަނަ ހޯދި ދެ ދަރިވަރުންނަށް އަމިއްލަ ފަރާތަކުން ހުށަހެޅި 5000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ޙަވާލުކޮށްފައެވެ. އަދި މުބާރާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ވަނީ ހަނދާނީ އިނާމެއްދީފައެވެ.

މި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދީ ހިތާދޫ އުތުރުގެ އަބާހު އިބްރާހީމް އެވެ. ތިންވަން ހޯދީ އޭދަފުށި އުނިމާގޭ ޝާތިއާ މުހައްމަދު އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން އޭދަފުށި ފަރިވާގޭ އިސްމާއިލް ޒާއިން ދެވަނަ ހޯދިއިރު، ތިންވަނަ ލިބުނީ ހިތާދޫ އަސަރީވިލާ އައިޝަތު ނަޖްލާ އަށެވެ.

މި ރޯދަމަހުގެ 19 އިން 22 އަށް ކުރިއަށް ފޭލި ޖަމިއްޔާއިން 15 ވަނަ ޤުރްއާން މުބާރާތުގައި 395 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް