އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންފެޑެރޭޝަން ކަޕްގެ ސެމީފައިނަލްގެ ދެވަނަ ޖާގަ ޖަރުމަނަށް.

ކޮންފެޑެރޭޝަން ކަޕްގެ ސެމީފައިނަލްގެ ދެވަނަ ޖާގަ ޖަރުމަނަށް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

މިހާރު ރަޝިއާގައި ކުރިޔަށްދާ ފީފާ ކޮންފެޑެރޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ ޖާގަ ޖަރުމަނުން ކަށަވަރުކޮށްފިއެވެ.

ސެމީފައިނަލްގެ ދެވަނަ ޖާގަ ޖަރުމަނުން ކަށަވަރުކުރީ ރޭ މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ކުޅުން ފެށިގެން މެޗުގެ ވަރަށް ކުރީކޮޅު ޖަރުމަނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ.

އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޖަރުމަނަށް ލީޑު ނަގައިދިނީ އެޓީމުގެ މިޑްފީލްޑަރ ލިއޮން ގޮރެޒްކާ އެވެ. އޭގެ ދެމިނެޓިފަހުން ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީވެއް އޭނާއެވެ. ޖަރުމަނުން މި ދެ ލަނޑުވެސް ޖަހާފައިވަނީކައުންޓަރ އެޓޭކުގައެވެ.

ޖަރުމަނުން ދެލަނޑު ޖަހާ ލީޑުގައި އޮތްނަމަވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅެފައިވަނީ މެކްސިކޯއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ޖަރުމަނުގެ ފަހަތަށް ވަރަށް ބޮޑަށް ބާރު ބޮޑުކޮށް ގޯލަށް ނުރައްކާ ކުރަމުންނެވެ.އެގޮތުން ލަނޑުޖަހަން ހުސް ދެ ފުރުސަތެއްވެސް މެކްސިކޯއިން ވަނީ ތަނަވަސް ކޮަށްފައެވެ. އެހެން ނަމަވެސް މި ދެފުރުސަތުވެސް ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ޖަރުމަން ދެ ލަނޑުގެ ލީޑެއްގައި އޮވެއެވެ.

ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅެމުން ގެންދިޔައީ މެކްސިކޯއިންނެވެ. އެހެން ނަމަވެސް ލިބޭ ކައުންޓަ އެޓޭކް ތަކުގައި ޖަރުމަނުން ދިޔައީ މެކްސިކޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ޓީމޯ ވޯނާއެވެ.

ޖަރުމަނުގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއެްގެ ގޮތުގައި ކުޅެން ނިކުތް އުމުރުން 23 އަހަރުގެ ފޯވާޑް އަމިން ޔޫނުސް އެވެ.
މެކްސިކޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ފަބިއަންއެވެ.

މި ނަތީޖާއާ އެކު ޖަރުމަން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު އެޓީމު ފައިނަލުގައި ބައްދަލުކުރާނީ ޕޯޗުގަލް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ޗިލީއާއެވެ.

މިމުބާރާތރުގެ ފައިނަލް މެޗާއި މުބާރާތުގެ ތިންވަނަ ހޮވާ މެޗު އޮންނާނީ އަންނަ އާދީއްތަ ދުބވަހުއެވެ. ތިންވަނަ ހޮވާ މެޗު އެދުވަހު ހަވީރު 5 ޖަހާއިރު ކުޅެވޭއިރު ފައިނަލް މެޗު ކުޅެވޭނީ އެރޭ ރާއްޖޭ ގަޑިން 11 ޖަހާއިރުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން