އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ބ. ގޮއިދޫ "ކައިޓް ސަރފިންގ ޓީމާއި ބައްދަލުކުރައްވައިފި

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ބ. ގޮއިދޫ "ކައިޓް ސަރފިންގ ޓީމާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ބ. ގޮއިދޫ "ކައިޓް ސަރފިންގ ޓީމާއި ބައްދަލުކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ ކައިޓް ސަރފިންގ އަކީ މޫދުގެ ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުރިޔަށް ނެރެގެން ބައިނަލްއަޤްވާމީ ކާމިޔާބީއާއި ހަމަޔަށް ދެވިދާނެ ކުޅިވަރެއް ކަމަށެވެ.

ގޮއިދޫގައި މިކުޅިވަރު ކުރިޔަށް ގެންގޮސްފައިވާ މިންވަރަށް ބަލާއިރު، މިއީ ކައިޓް ސަރފިންގ ކުޅިވަރަށް ހުޅުވާލެވޭ އައު ސަފުޙާއެއް ކަމަށާއި ޔޫތު މިނިސްޓްރީއާއި ދިވެހި ސަރުކާރުން މިކުޅިވަރަށް ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ގޮއިދޫ ކައިޓް ސަރފިންގގެ ފަރާތުން ވާހަކަދައްކަމުން ޢުމުރުން އެންމެ 14 އަހަރުގެ ޙަސަން މާހިރު (ހަންޓެ) ވިދާޅުވީ ކައިޓް ސަރފިންގ އަކީ ރާއްޖޭގައި މިހާރުވެސް ގިނަ ރިސޯޓުތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މޫދު ކުޅިވަރެއް ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި މިކުޅިވަރު ދިރުވާ އާލާކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

މިމަހުގެ 13 އިން 20 ވަނަ ދުވަހުގެ ނިޔަލަށް އަވަށްޓެރި ސްރީލަންކާގައި ބޭއްވި "ރެޑްބުލް ލޯކަލް ހީރޯ ޓުއަރ" ގައި ވައިވެރިވެފައިވަނީ ގޮއިދޫ ކައިޓް ސަރފިންގ ގެ 3 ބައިވެރިން ކަމަށްވާ ޙަސަން ނިޒާމް އާއި މުޙައްމަދު ޝުޖާއު އަދި ޙަސަން މާހިރު (ހަންޓެ) އެވެ.

ކައިޓް ސަރފިންގ ކުޅިވަރު ޢާއިލާގެ ބަހުން ނަމަ "ހަންޓެ" އަކީ ޢުމުރުން އެންމެ 13 އަހަރުގައި މިކުޅިވަރުގައި ބައިވެރިވެ ތަފާތުގިނަ އުކުޅުތައް ދަސްކުރަމުން އަންނަ ކުއްޖެކެވެ. މި ޓުއަރގައި ހަންޓެވަނީ މުޅިންއާ އުކުޅުތަކެއް ތަޖުރިބާކޮށްފައެވެ.

ހަންޓެގެ ކޯޗް މުޙައްމަދު ޝުޖާއު ވިދާޅެވެފައިވާ ގޮތުގައި ހަންޓެ ކަހަލަ ކުދިން ރާއްޖޭގައި އުފެއްދިދާނެއެވެ. އަދި ކުރިޔަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އޭޝިއާގައި އޮންނަ ބައިނަލްއަޤުވާމީ ކައިޓް ސަރފިންގ މުބާރާތުގައި ރާއްޖޭގެ ކައިޓް ސަރފަރުން ބައިވެރިވެގެން ޤައުމަށް ރީތި ނަމެއް ހޯދައިދިނުމަކީ މިހާރުގެ އަމާޒުކަމަށެވެ.

ކ.މާފުށި ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް އިން މިދިޔަ އަހަރު "ރާޅުގުޑި ވިތް ޔޫރީ ޒޫން" ގެ ނަމުގައި ޓުއަރއެއް ބާއްވާފައިވާ އިރު، ޔޫރީ ޒޫން އަކީ ކައިޓް ސަރފިންގގެ ދުނިޔޭގެ ޗެމްޕިއަނެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް