އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންނަށް ވަޒީފާ ޔަޤީން ގެ ނަމުގައި ޔޫތު ޖޮބް އެކްސްޕޯރއެއް ބާއްވައިފި

ޒުވާނުންނަށް ވަޒީފާ ޔަޤީން ގެ ނަމުގައި ޔޫތު ޖޮބް އެކްސްޕޯރއެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ޒުވާނުންނަށް ވަޒީފާ ޔަޤީންގެ ނަމުގައި ޔޫތު ޖޮބް އެކްސްޕޯރއެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ހަވީރު ވިލިމާލޭގައި ބޭއްވި މި ޖޮބް އެކްސްޕޯރގައިވަނީ ވިލިމާލޭގައި ދިރިއުޅޭ ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ވަރަށް ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައެވެ.

މި އެކްސްޕޯރ އިންތިޒާމް ކުރެއްވުމުގައި އިސްކޮށްއުޅުއްވި ފަރާތެއް ކަމަށްވާ ޢަލީ ޒަކީ ވިދާޅުވީ މި އެކްސްޕޯރގެ މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ 94000 ވަޒީފާގެ ވައުދުފުޅުގެދަށުން ޒުވާނުންނަށްހުރި ވަޒީފާގެ ފުރުޞަތުތައް އަންގައިދީ ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކުރުވުމެވެ.

މި އެކްސްޕޯރއިން ޒުވާނުން ވަޒީފާއަށް ހުރި ޝައުޤުވެރިކަން ދެނެގަނެވުނުކަމާއި 300 އެއްހާ ކުދިންނާއި ބައްދަލުވެ 60 އަށްވުރެންގިނަ ފޯމު ބަލައިގަނެވިފައިވާކަމަށްވެސްޢަލީ ޒަކީ ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން ވިލިމާލެއަށް ކަނޑައަޅުއްވާފައި ތިއްބަވާ 2 ކޯޑިނޭޓަރުންގެ ތެރެއިން އިސްމާޢީލް އިބްރާހިމް ވިދާޅުވީ މިހާތަނަށް ޔޫތު މިނިސްޓްރީން ކުރިޔަށް ގެންދަވާ މިފަދަ މުހިންމު ކޮންމެކަމެއްގައި ޒުވާނުންގެ ބައިވެރިވުން އަންނަނީ އިތުރުވަމުން ކަމަށެވެ. އަދި މީގެ ސަބަބުން ދޭހަވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޒުވާނުންނަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކުގެ ހަރުދަނާކަން ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ނިޝާއު ވިދާޅުވީ ޔޫތު މިނިސްޓްރީން މިފަދަ ގިނަ އެކްސްޕޯރތަކާއި ތަފާތު އެކިއެކި ޕްރަގްރާމްތައް މިހާރުވެސް އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަމުންނެވެ. އަދި މިނިސްޓަރ އިރުތިޝާމް އާދަމް އާއި މިނިސްޓްރީގެ ޓީމު އަބަދުވެސް މަސައްކަތްކުރަމުންދާނީ ޒުވާނުންގެ ދުޅަހެޔޮކާމައި ސިއްޙަތާއި އަމާން އޮމާން ސުލްޙަވެރި މުޖްތަމަޢުއެއް ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ.

ސަރުކާރުގެ ޔޫތު މެނިފެސްޓޯގައި ހިމެނޭ އެއް ވައުދުކަމުގައިވާ94,000ވަޒީފާ ތަންފީޒުވާ މިންވަރު ބެލުމަށް ޔޫތު މިނިސްޓްރީން އަންނަނީ ކަމާއިބެހޭ އެންމެހާ ދާއިރާތަކުން މަޢުލޫމާތު އެއްކޮށް ތަފާސްހިސާބު ބަލަހައްޓަމުންނެވެ. މިގޮތުގެ މަތިން މިހާތަނަށް ވަޒީފާ އުފެދިފައިވާ މިންވަރު ތަފާސްހިސާބުތަކަށް ބަލާއިރު، 70,000އަށްވުރެން މައްޗަށް ވަނީ އަރާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް