އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މުއްދަތު މީގެކުރިން އޮތީ މި މަހުގެ 20 ވަނަ ދުވަހަށް ނަމަވެސް، ޔޫތް މިނިސްޓްރީން މިގޮތަށް ނިންމީ ގިނަ ކުޅިވަރު ކްލަބް ޖަމްޢިއްޔާތަކަށް ފުރުޞަތު ދިނުމަށް އެދެމުންދާތީ އާއި އެފަރާތްތަކުން އެގޮތަށް އެދިފައިވާތީއެވެ.

އެހެންކަމުން އެ މުއްދަތު މިހާރު ވަނީ 20 އޮގަސްޓް އާއި ހަމައަށް މުއްދަތު އިތުރުކޮށްފައެވެ. އަދި މިތާރީޚުގެ ފަހުން،ހުށަހަޅުއްވާ ކުލަބު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށްދެވޭނީ ޖަމްޢިއްޔާތަކުން ޔޫތު މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ތާރީޚުން ފެށިގެންނެވެ.

މިތާރީޚްގެ ފަހުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެގެން މެނުވީ، އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމްކޮށް ހިންގުމާއި ވާދަކުރުމުގެ ފުރުޞަތު ނޯންނާނެއެވެ.

އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި މުއްދަތު އިތުރުކޮށްފައިވާއިރު 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' އާއި ހުށައަޅަންޖެހޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުwww.youth.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ކުޅިވަރު ކްލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ޤާއިމްކޮށް ހިންގޭނީ އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ކަމަށް ކަނޑައެޅުމާއިގުޅިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް