އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެނާންޑޯ ތުރުކީގެ ގެލެޓަސަރާއީ އަށްބަދަލުވާން ނިންމައިފި

ފެނާންޑޯ ތުރުކީގެ ގެލެޓަސަރާއީ އަށްބަދަލުވާން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ސިޓީއަށް ކުޅެމުންއައި މިޑްފީލްޑަރ ފެނާންޑޯ ފުރާންސިސްކޯ ރެގެސް މޮއުޓާރ މެންޗެސްޓާ ސިޓީ ދޫކޮށް ތުރުކީގެ ގެލެޓަސަރީއަށް ބަދަލުވާން ނިންމައިފިއެވެ.

ފެނާންޑޯ ސިޓީ ދޫކޮށްލަން ނިންމިކަން ކުލަބުން ކަށަވަރުކޮށްދީފައިވާއިރު އޭނާ ސިޓީ ދޫކޮށް ގަލަތަސަރާއީއަށް ބަދަލުވާން ނިންމީ ގިނަ މެޗުތަކުގައި ބެންޗްގައި މަޑުކުރަން ޖެހުމުންނެވެ.

ތުރުކީގެ ރިޕޯޓަކުން ބުނާގޮތުގައި ސިޓީއާއި ގެލެޓަސަރީ ވަނީ 5.25 މިލިއަން ޕައުންޑުގެ އެއްބަސްވުމެއް ވެފައެވެ. އަދި މި އެއްބަސްވުމުގައި ފެނާންޑޯއަށް އަހަރަކު 3 މިލިއަން ޕައުންޑް ލިިބޭގޮތަށް ، 3 އަހަރަށް އެއްބަސްވެފައި ވެއެވެ.

2014 ވަނަ އަހަރު މެނެޗެސްޓާ ސިޓީއަށް ބަދަލުވި އުމުރުން 30 އަހަރުގެ ފެނާންޑޯ އޭނާގެ ފުޓުބޯޅަ ދައުރު ފަށާފައިވަނީ ވިލަނޯވާގައެވެ.

2014 ވަނަ އަހަރު ފެނާންޑޯ މެންޗެސްޓާރ ސިޓީއަށް ބަދަލްވީ 12 މިލިއަން ޕައުންޑް އަށެވެ. މެންޗެސްޓާރ ސިޓީގެ މެދުތެރޭ މުހިންމު ދައުރެއް އަދާކުރާ ފެނާންޑޯ ވަނީ އެޓީމަށް 101 މެޗުކުޅެ ފައެވެ.

2016 ވަނައަހަރުސިޓީއާއެކުޕްރިމިއާލީގުކާމިޔާބުކުރި ތަޖުރިބާކާރު މިޑްފީލްޑަރ މިދިޔަ ސީޒަން ގައި ސިޓީއަށް ކުޅެފައިވަނީ 27 މެޗެވެ. އޭގެތެރެއިން އޭނާއަށް ފުރަތަމަ 11 ގައި ކުޅެން ފުުރުސަތު ލިބިފައިވަނީ އެންމެ މެޗަކުންނެވެ.

ފެނާންޑޯ ސިޓީގައި ހޭދަކުރި 3 އަހަރު ދުވަހުގެ ތެރޭގައި އޭނާވަނީ ސިޓީއަށް 64 މެޗު ކުޅެދީ ހަތަރު ގޯލް ކާމިޔާބުކޮށް ދީފައެވެ.

މި ސީޒަންގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ 120 މިލިއަން ޕައުންޑް، ޑިފެންސް ކުޅުންތެރިންނަށް ހޭދަކޮށްފައެވެ. އެހެންކަމުން ސިޓީއިން ބައެއް ކުޅުންތެރިން ދޫކުރަން ޖެހުމުން އޭގެތެރޭގައި ފެނާންޑޯވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މްނެޗެސްޓަރ ސިޓީއަށް ބަދަލުވުމަށްފަހު ރަނގަޅުކުޅުމެއް ދެއްކިނަމަވެސް އޭނާއަށް ބްރެޒިލްގެ ސީނިއާ ޤައުމީޓީމުން އަދި މިހާތަނަށް ފުރުޞަތު ލިބިފައެއް ނުވެއެވެ. އޭނާ ކުޅެފައިވަނީ ބްރެޒިލްގެ 20 އަހަރުން ދަށުގެ ޤައުމީޓީމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ސައްޕެ 2017-08-06 12:06:51

ކުޅުނު މެޗުގެ އަދަދު ދިމާވާހެނެއް ހީއެއްނުވެޭ.


ޢަބްދުލްޙައްނާން