އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާ މޮބައިލް އެޕް ތަޢާރަފްކޮށްފި

މީރާ މޮބައިލް އެޕް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މީރާ މޯބައިލް އެޕް" ތަޢާރަފުކޮށްފިއެވެ.

އެ އޮތޯރިޓީންދޭ ޚިދުމަތްތަކަށް ޚާއްޞަ މި އެޕް ތަޢާރަފުކޮށްފައިވަނީ ރޭ ބޭއްވި މީރާގެ 7 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދެވެ.

މި އެޕް މެދުވެރިކޮށް މީރާއަށް ދައްކަން ޖެހޭ ފީއާއި ޖޫރިމަނާތައް ފަސޭހަ ކަމާއިއެކު ދެއްކޭއިރު، އޭގެ ތެރޭގައި ކުންފުނިތަކުގެ އަހަރީ ފީ އާއި ސައިކަލުގެ ޖޫރިމަނާވެސް ދެއްކޭނެއެވެ.

މީގެ އިތުރުން މީރާގެ ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ޓޯކަން ނަގައި ކިއުގައި ބާކީ ތިބި މީހުންގެ ޢަދަދު ބަލައިލެވޭ އިރު، މީރާއިން ނަގާ ޓެކްސްތަކާއި ބެހޭ މަޢުލޫމާތުވެސް ބަލައިލެވޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް