އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ކުށެއް ކުރުމަށްފަހު، ވީދެރައިން އަނބިމީހާ ވަރިކޮށްލި އަޚާގެ ވާހަކަ

ބޮޑު ކުށެއް ކުރުމަށްފަހު، ވީދެރައިން އަނބިމީހާ ވަރިކޮށްލި އަޚާގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 40 ސިކުންތު

މިއީ މިކަމާއިމެދު ޚިޔާލެއް ހޯދާލުމަށް، މިހާދިސާ މެދުވެރިވި ފަރާތް "މިއަދުނޫހާއި" ޙިއްސާ ކުރި ވާހަކައެކެވެ. އެއަޚާ އެދެނީ، އޭނާއަށް މިކަން މެދުވެރިވި ސަބަބު ކިޔުންތެރިންނަށް ރަނގަޅަށް ވިސްނި، އޭނާއަށް މިކަމާއި ގުޅިގެން ޚިޔާލެއް ދިނުމަށެވެ.

"ޙަޤީޤަތުގައި އަހަންނަށް މިކަން ދިމާވީ އަހަރެންގެ މޮޔަ ކަމުންނެވެ. ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއްގައި އުޅެމުން އެދިރިއުޅުން ނަގާލެވުނީ އަންހެނެއްގެ އަވައިގާ ޖެހިގެންނެވެ. މަސްތުވަނީ ހަމައެކަނި މަސްތުވާ ތަކެތިން އެކަންޏެއް ނޫންކަން އެނގުނީ މިކަންތައްގަނޑު މިދާވި ފަހުންނެވެ.

އަހަންނާއި އަހަރެންގެ އަންހެނުން އުޅުނީ ވަރަށް ވެސް ހަމަޖެހޭ ދިރިއުޅުމެއްގައެވެ. އަހަންނާއި އޭނާއާއި ދެމީހުންނަކީ ވެސް ޒިންމާދާރު ވަޒީފާގައި އުޅޭ ދެމީހުން ކަމަށް ވާތީ، މާލެއިން އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. ކައިވެންޏަށް ތިން އަހަރު ފުރިފައިވާއިރު ދަރިއެއް ހޯދުމުގެ ޚިޔާލު ދެމީހުން ވެސް ނުކުރާތީ، އަހަރުމެންގެ ދިރިއުޅުން ހޭދަކުރީ އެކަކު އަނެކަކާއިއެކު އުފާ ކުރުމާއި މަޖާ ކުރުމުގައެވެ. އަދި ނުހަނު ލޯނިންނެވެ.

އަހަރުމެންގެ ދިރިއުޅުން ބަދަލުވީ، ވަޒީފާގެ ކަމެއްގައި އަތޮޅުތެރޭ ރަށަކަށް އަހަންނަށް ދާން ޖެހުނު ހިސާބުންނެވެ. ކުރިންވެސް އަންހެނުން ބަހައްޓާފައި އެކި ރަށްރަށަށް ދާން ޖެހުނު ކަމުގައިވީ ނަމަވެސް، އެފަހަރު އަހަންނަށް ދާން ޖެހުނީ ތަންކޮޅެއް ގިނަ ދުވަހަށެވެ. އެއް މަސް ދުވަސް ވަންދެން އަހަންނަށް އަންހެނުން ނުފެންނާނެތީ، އަހަރެން ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް އެނޫން ގޮތެއް އެވަގުތު ނެތުމުން އަހަރެން ފުރައިގެން ދިޔައީ އެވެ.

އެރަށަށް ގޮސް މަޑުކުރި ގޭގައި ފުރަތަމަކޮޅު އަހަރެން ވަރަށް ފޫހިވިއެވެ. ނަމަވެސް އަހަންނަކީ އެއްވެސް ތަނެއްގައި އެހެން މަޑުން ހުންނަ މީހަކަށް ނުވާތީ މާގިނައިރުތަކެއް ނުވެ ވަރަށް އަވަހަށް އެންމެންނާއި ވެސް ގުޅެން ފެށިއެވެ. އެގޭގައި ދެން އުޅެނީ ދެ ފިރިހެނުންނާއި އަންހެން ކުއްޖެކެވެ. އެއަންހެން ކުއްޖާއަކީ އެދެފިރިހެނުންގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ. އެދުވަހެއްގެ މަސައްކަތް ނިންމުމަށްފަހު، އަނބިމީހާއަށް ގުޅާލާ ވާހަކަ ދެއްކުމަށްފަހު ދެން އަހަންނަށް ލިބޭ ހުސް ވަގުތު ހޭދަ ކުރަނީ އެމީހުންނާއިއެކު މަޖާ ކުރުމުގައެވެ. ޑިގު ކުޅުމާއި ކެރަމް ކުޅުން، ނޫންނަމަ ރަށު ތެރޭގައި ބުރު ޖަހާލަން ގޮސް ކޮފީއަށް ދިޔުމުގައެވެ.

އެހެން ދިޔުމުގައި ބައެއް ފަހަރު މިއަންހެން ކުއްޖާ އަހަރެންގެ ސައިކަލު ފަހަތަށް އަރައެވެ. އެއީ އަހަރެންގެ ރަޙްމަތްތެރިންގެ ކޮއްކޮއަކަށް ވާތީ، އެކަމާއި އަހަރެން އެހާ އަޅައެއް ނުލަމެވެ. ނަމަވެސް ފަހަކަށް އައިސް އެއަންހެން ކުއްޖާ އަހަންނާއި މާބޮޑަށް ގާތްވާން އުޅޭކަން އަހަންނަށް ފާހަގަ ވިއެވެ. ސައިކަލުގައި އިންނައިރު ވެސް އިންނަނީ އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ. އެކަމާއި އަހަރެން ހިތްހަމަ ނުޖެހުން ކަމުގައި ވިޔަސް، އެއީ އެވަރު ކަމަކަށް ހަދާކަށް ނުވާނޭ ހިތައް އަރާފައި އެއްޗެއް ނުބުނަމެވެ.

އެއްރޭ ދަންވަރެވެ. ފިލްމެއް ބަލަން ތިއްބާ އަހަރުމެން އެންމެންނަށް އޮތީ ނިދިފައެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނީ ގައިގާ މީހަކު މާބޮޑަށް ޖެހޭހެން ހީވެގެންނެވެ. ހޭލެވިގެން ބަލާލިއިރު އެއަންހެން ކުއްޖާ އޮތީ އަހަންނާއި މާބޮޑަށް ގާތްވެގެނެވެ. ފުންމައިގެން ތެދުވެ އަވަހަށް އަހަރެން ކޮޓަރިއަށް ދިޔައިމެވެ. ނަމަވެސް އެވަރުން އޭނާގެ ކިބައިން ސަލާމަތެއް ނުވިއެވެ. އަހަރެންގެ ފަހަތުން ކޮޓަރިއަށް ވަދެ ގޮތްގޮތަށް އުޅެން ފެށިއެވެ. އެހެން ނޫޅޭށޭ އަހަންނަކީ މީހެއްގެ ވަފާތެރި ފިރިއެކޭ ބުނުމުން ވެސް އަޑެއް ނޭހިއެވެ. އެންމެ ފަހުން އަހަރެންގެ ޙަޔާތުގައި ކުރެވުނު އެންމެ ބޮޑު ކުށް އަހަންނަށް ކުރެވުނެވެ.

އޭގެ ފަހުން އަހަރެން ހުރީ ވަރަށް ބޮޑު ނުތަނަސްކަމެއްގެ ތެރޭގައެވެ. ކުރެވުނު ކަންތަކާއިމެދު އަބަދުމެ ދެރަވެ ހިތާމަ ކުރެވެއެވެ. އަނބިމީހާއަށް ގުޅާނެ ހިތްވަރެއްވެސް ނުލިބެއެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް އެރަށުން ފުރައިގެން މާލެ ދާށެވެ. އެެހެންކަމުން އޭގެ ދެދުވަސް ފަހުން އަހަރެން އެނބުރި މާލެ ދިޔައީމެވެ. އަހަރެން ފެނުމުން އަނބިމީހާ ވަރަށް އުފާވިއެވެ. ނަމަވެސް، އޭނާ ފެނުމުން އަހަރެން ވީ އިތުރަށް ދެރައެވެ. އަދި ބުނެދޭން ނޭނގޭހާ ވަރަށް ލަދުވެސް ގަތެވެ. އޭނާއާއި ހަތަރު ކަޅި ހަމަ ކުރަން ވެސް ނުކެރިގެން ގިނައިން ބޭރުގައި އުޅެން ފެށީމެވެ. ކުރެވުނު ކަންތަކަށް ތަޢުބާވީ ނަމަވެސް، އަނބިމީހާ ގެ ކުރިމައްޗަށް އަރާ، ކަންތައްވީ ގޮތް އޭނާއަށް ކިޔާދޭކަށް ނުކެރުނެވެ.

އަނބިމީހާއަށް ވެސް ޝައްކުތަކެއް ވާން ފެށިއެވެ. އަދި އަހަންނާއި އެކިއެކި ސުވާލުތަށް ކޮށް، ޝާކުވާ ކުރަން ފެށިއެވެ. ގެއިން ބޭރުގައި ގިނަ ވަގުތު އުޅެ، އޭނާއަށް ވަގުތު ނުދޭތީ، ޝައްކުވެސް ކުރަން ފެށިއެވެ. އަހަރެންގެ ހިތަށާއި ބޮލަށް ކެތްވާވަރު ނުވިއެވެ. އޭނާއަށް ކަމުގެ ޙަޤީޤަތް ކިޔާދޭނެހާ ހިތްވަރެއް ނުލިބުނެވެ. އަދި އޭނާ އެހެން ބަހައްޓައިގެން ވެސް މިދެވެނީ އޭނާއަށް ދެރައެކޭ ހިތައް އަރާ، އަހަރެން އޭނާ މިނިވަން ކުރީމެވެ.

އޭނާ ވަރަށް ރުޔެވެ. ނަމަވެސް ފޮނުވާނުލާށޭ ބުނެ އާދޭހެއް ނުކުރެއެވެ. ރޮއެރޮއެފައި އޭނާގެ ބައެއް އެއްޗެހި ހިފައިގެން ދިޔައީއެވެ. އޭގެ ފަހުން އަހަންނަށް ހީވަނީ ފައިދަށުން ބިންގަނޑު ދެމިގެން ގޮސްފައިވާ ހެންނެވެ. ޙަޔާތުން ވަރަށް ބޮޑު ބައެއް މިވަނީ އުނި ވެފައެވެ.

އަހަރުމެންގެ ކައިވެނި ރޫޅިގެން އަދި އިއްދައިގެ ދުވަސް ހަމަނުވާތީ، އަނބިމީހާ އަލުން އަނބުރާ ގެންނަން އަހަރެން ބޭނުންވެއެވެ. މިކަންތައްގަނޑު ޙައްލުކޮށް، އޭނާއާއި އެކު އުފާވެރި ޒަވާޖީ ޙަޔާތެއް އުމުރު ދުވަހަށް ހޭދަ ކުރަން އަހަރެން ބޭނުމެވެ. އެރަށުގައި ކަންތައް ވީގޮތް އަހަރެން ފަހުން އޭނާއަށް ކިޔާދީފީމެވެ. ނަމަވެސް އެކަމުގައި އޭނާ އަހަރެން ކުށްވެރި ކުރެއެވެ. އަދި މާފެއް ވެސް ނުދެއެވެ. އޭނާ އަހަންނަށް މާފުކޮށް، އަހަންނާއިއެކު އަލުން އުޅޭނެ ގޮތެއް ހޯދަން އަހަރެން ބޭނުމެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Aishath 2017-08-06 05:38:10

Ginaginain dhuaa kurey eyrun rangalhu vaane aslu varah bodukusheh thikurevunee

rash 2017-08-06 05:54:38

thi huree rajam kuran vefa ithuru choice eh neh<br /> ithurah thi vari kuri meehaage dhiri ulhun halaaku nukurihyaa rangalhu vaanee


މަރިޔަމް ވަހީދާ