އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޅ.ކުރެންދޫގެ ހަތަރު ގެއެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފި

ޅ.ކުރެންދޫގެ ހަތަރު ގެއެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ޅ.ކުރެންދޫ ހަތަރު ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަނުން 2017 އޯގަސްޓް 15 ވަނަ ދުވަހުގެ މެންދުރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައިފާސްކޮށެވެ.

އެގޮތުން އެ ހަތަރު ގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން ދެގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ 20 ފޮތެއްގެ އިތުރުން ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ 20 ކަރުދާސްގަނޑު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

މި މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު