އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާއިން ވަކި ކުރީ ޗީފް ސެކިއުރިޓީ މެނޭޖަރ ފުރައްސާރަކުރި މައްސަލަ ޖެއްސުމުން

ވަޒީފާއިން ވަކި ކުރީ ޗީފް ސެކިއުރިޓީ މެނޭޖަރ ފުރައްސާރަކުރި މައްސަލަ ޖެއްސުމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އޭރޯސިޓީގެ ފަސް ތަރީގެ ހޮޓަލެއްގައި މަސައްކަތް ކުރި އަންހެނަކާއި، އެހޮޓަލުގެ ޗީފް ސެކިއުރިޓީ މެނޭޖަރ، ފުރައްސާރަކުރި މައްސަލަ ޖެއްސުމުން، އަންހެން ކުއްޖާ ވަޒީފާއިން ވަކިކޮށްފިއެވެ.

މީގެ ދެހަފްތާ ކުރިން ހިނގި މިކަންތައްގަނޑު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް އިން ކަމުގައިވީ ނަމަވެސް، އެއަންހެން މީހާ ކުރި ޝަކުވާއަށް އެއްވެސް ފަރާތަކުން ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.

އަންހެން މީހާ ބުނިގޮތުގައި، ހޮޓެލް ތެރޭގައި އެކި ދުވަސްތައް މަތިން އެމެނޭޖަރު ވަނީ އަންހެން މީހާއަށް ފުރައްސާރަކޮށްފައެވެ. އަދި އެއްދުވަހު ޑިއުޓީ ނިންމާފައި ހޮޓަލުން ނިކުތް ވަގުތު، ކާރުގައި ކުރިމައްޗަށް އަރާފައި، ކާރުތެރެއަށް އަންހެންމީހާ ވައްދަން ވެސް މަސައްކަތް ކުރިކަމަށް އަންހެން މީހާ ބުންޏެވެ.

ޗީފް ސެކިއުރިޓީ މެނޭޖަރ ގެ މިފުރައްސާރަކުރުމާއި ބެހޭގޮތުން ހޮޓެލް ގެ އެޗްއާރް އަށް މައްސަލަ ޖެއްސުމުން، އެމީހުން ވަނީ އެއަންހެން މީހާ ވަޒީފާއިން ވަކި ކޮށްފައެވެ.

ފުލުހުންނަށް މިހާރު އެމައްސަލަ ޖެއްސި ކަމުގައިވީ ނަމަވެސް، އެމޭނަޖަރާއި އިދިކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އަންހެން މީހާ ބުނެފައިވެއެވެ.

މިކަމާއި ގުޅެގޮތުން މެޓްރޯ ޕޮލިސް ގެ ސީނިއާ އޮފިސަރެއް ބުނެފައިވަނީ، އަންހެން މީހާގެ ޝަކުވާ ފައިލް ކުރެވިފައިވާ ކަމަށާއި ބަޔާން ވެސް ނެގިފައިވާ ކަމަށެވެ. އަދި ބަޔާން ނެގުމުގައި މެނޭޖަރު ވެސް ބައިވެރިވާން އެންގި ކަމަށާއި އަންހެން މީހާގެ ތުހުމަތުތަކަށް މެނޭޖަރު އިންކާރު ކޮށްފައިވާ ކަމަށް ސީނިއާ އޮފިސަރު ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ