އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތ. ވޭމަންޑޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ތ. ވޭމަންޑޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ތ. ވޭމަންޑޫ ސްކޫލުގައި ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާޞިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ މިހާރު ޢަމަލުކުރަމުްނދާ ތަޢުލީމީ އައު މަންހަޖުހައި ވާގޮތުން ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖެގެ ގޮތުގައި ހެދުމުގެ ގޮތުން ތ. ވޭމަންޑޫ ސްކޫލާއި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ވޭމަންޑޫ ހުޅަނދުފަރާތު މޫދު ސަރަޙައްދުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ވޭމަންޑޫ ސްކޫލުގެ ގްރޭޑް 5 އަދި 6 ގައި ތަޢުލީމު ޙާޞިލްކުރާ 43 ދަރިވަރަކު ބައިވެރިވެއެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ތ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ސްވިމިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ފުލުހެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ތ.ވޭމަންޑޫ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ދަނީ ލިބެމުންނެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު