އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ކުންފުނިތަކަށް އޮޅުވާލައިގެން އަތުލާ ފައިސާ ދައްކަންޖެހޭނީ ޙުކުމެއް ކުރީމަތަ؟

ސަރުކާރުގެ ކުންފުނިތަކަށް އޮޅުވާލައިގެން އަތުލާ ފައިސާ ދައްކަންޖެހޭނީ ޙުކުމެއް ކުރީމަތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

1 މިލިއަން ޑޮލަރު ދޭނެކަމަށްބުނެ ޝަރޫ ލޯންޗް ސަރވިސް އިން ފެނަކަ ކޯޕޮރޭޝަނުން އަތުލި 17 މިލިއަން ރުފިޔާ 4 މަސް ދުވަސްތެރޭގައި ދައްކަން ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މިމައްސަލައިގައި އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ.

ޝަރޫ ލޯންޗް ސަރވިސް އިން ސަރުކާރުގެ ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް ދިން ޗެކުތަކަކީ އޮޅުވާލައިގެން ދީފައިވާ ޗެކްތަކއްކަން މިހާރު ވަނީ ސާބިތުވެފައެވެ. ސްޓެލްކޯ އަށާއި ފެނަކަ ކޯޕޮރޭޝަނަށާއި އަމިއްލަ ކުންފުނިތަކަށް ދިން ޗެކުތައްވެސް ބައުންސްވުމުންނެވެ.

ޑޮލަރު ދޭނެ ކަމަށް ބުނެ ކޮށްފައިވާ މުޢާމަލާތަކީވެސް އެމްއޭގެ ޤަވާއިދާއި ޚިލާފަށް ކޮށްފައިވާ ވަގު މުޢާމަލާތުތަކެވެ. އެއީ ޑޮލަރު ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ޝަރޫ ލޯންޗް ސަރވިސްއަށް ދީފައި ނުވާތީއެވެ.

ދެވަނަ ކަމަކީ ޑޮލަރު ދޭނެކަމަށް ބުނެ ރުފިޔާ އަތުލުމަށްފަހު ދޭ ޗެކް ބައުންސުވުމުން ޑޮލަރު ދޭނެކަމަށް ބުނެ އަތުލި ރުފިޔާ ނުދީ އެންމެ ހިނދުކޮޅަކުވެސް ހިފެހެއްޓުމުގެ ބާރު ޝަރޫ ލޯންޗް ސަރވިސްއަށް ލިބޭ ގޮތެއް އެނގޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތުމެވެ.

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ޝަރޫ ލޯންޗް ސަރވިސް އިން ކުންފުނިތަކުން އޮޅުވާލުމުގެ ތެރެއިން ހޯދި ފައިސާ އެކުންފުނިތަކަށް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތެވެ. ފަހަރެއްގައި ފައިސާ ނުދައްކައިގެން ކޮންމެވެސް މީހަކަށް ދުވަސްކޮޅަކު ބަންދުގައި އުޅެންޖެހިދާނެއެވެ.

އެހެންކަމުން ޝަރޫ ލޯންޗް ސަރވިސްގެ މި މުޢާމަލާތުތަކުގެ މައްސަލަތައް މިހާރަށްވުރެ އިތުރަށް ބަލައި މި ބޮޑު ވައްކަމުގެ ފަހަތުގައި ފިލައި ތިބި ބައަކު ހޯދަން މަސައްކަތްކުރަންޖެހެއެވެ.

ފެނަކަ އާއި ސްޓެލްކޯއަށް އެކަނި ބެލި ނަަމވެސް 20 މިލިއަން ރުފިޔާ އެވަނީ ރައްޔިތުންގެ ފައިސާއިން މަކަރާއި ހީލަތުން ހޯދައިފައެވެ. އަމިއްލަ ކުންފުނިތަކުން ހޯދާފައިވާ ފައިސާ އައިއެކު މި އަދަދު ދެގުނަ ވުމަކީ ހަމަ ވަރަށް ގާތް ކަމެއްކަމަށް ބެލެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް