އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޔަވާ ދޭން ފެށީ، ވަރަށް ޅައުމުރުގައި، އެއީ ހަމަ ކިޔަވާދޭ ހިތުން- ސާޖިދު

ކިޔަވާ ދޭން ފެށީ، ވަރަށް ޅައުމުރުގައި، އެއީ ހަމަ ކިޔަވާދޭ ހިތުން- ސާޖިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 32 ސިކުންތު

ތަޢުލީމަކީ ހަމަ ޔަޤީނުންވެސް ކޮންމެ ދާއިރާ އެއްގެވެސް ފެށުމެވެ. ކޮންމެ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް، އެދާއިރާއެއް އެންމެ ފުރަތަމަ ފެށިފައިވަނީ އުނގެނުމުންނެވެ. ހަމަ ޔަޤީނުންވެސް އުނގެނުމައްވުރެ އުނދަގޫވާނީ އުނގަންނައި ދިނުމެވެ. ތިމާއަށް ދަސްވެފައި ހުރި އެއްޗެއް އެހެން ބަޔަކަށް ފަސޭހައިން އިނގޭނޭ ފަދައިން އުނގަންނައި ދިނުމަކީ ވަރަށް ވެސް ކުޅަދާނަ ބަޔަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.



އޯޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން، ކްލިގް ކޮލެޖް އާއި ސިވިލް ސަރވިސް ޓްރެއިންނިންގް އިންސްޓިޓިއުޓް (ސީއެސްޓީއައި) ގައި ޕާޓް ޓައިމް ލެކްޗަރަރ އެއްގެ މަޤާމުވެސް އަދާކުރައްވާ އިސްމާއިލް ސާޖިދު އަކީ ވެސް އެފަދަ ހީވާގި، ކުޅަދާނަ އަދި ކެތްތެރި މުދައްރިސްއެކެވެ.

"މިއަދުނޫހަށް" ދިން ޚާއްސަ އިންޓަރވިއުއެއްގައި ސާޖިދު ވަނީ އޭނާގެ "އުނގަންނާ ދިނުމުގެ" ދަތުރު ފެށުނު ގޮތާއި ކުރިއަށްދާ ގޮތް ޙިއްސާ ކުރައްވާފައެވެ.



ކިޔަވާ ދިނުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ އިސްމާއިލް ސާޖިދު އެންމެ ފުރަތަމަ އެދާއިރާ ފެއްޓެވީ އުމުރުން އެންމެ 16 އަހަރުގައެވެ. އެއީ 1997 ވަނަ އަހަރު ޖީސީއެސްސީ އޯލެވެލް އިމްތިހާނު ނިމުމަށްފަހުއެވެ.އެންމެ ފުރަތަމަ މަސައްކަތް ކުރީ މަޖީދިއްޔާ ސްކޫލްގައި ރިސޯސް ޓީޗަރ އެއްގެ ގޮތުގައެވެ. މަޖީދިއްޔާ ސްކޫލްގެ އެއިރުގެ ޑެޕިއުޓީ ޕްރިންސިޕަލް (ގަހާ ސައީދު) ގެ ޚާއްސަ އެދިލެއްވުމަކަށް ސާޖިދުއާއި އިތުރު ފަސް ކުއްޖަކު އެސްކޫލްގެ ބައެއް ދަރިވަރުންނަށް ކިޔަވާދެއްވިއެވެ.

ލައިބްރަރީގައި މަސައްކަތް ކުރައްވަމުން ބައެއް އިތުރުގަޑީގެ ކްލާސްތައް މެނޭޖްކުރަމުން ސާޖިދު ދިޔައީ، އެއުމުރުގެ ޒުވާން އެހެން ކުދިންނާއި ޚިލާފަށް، މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ.

ދެދަންފަޅިއެއްގައި މަސައްކަތް ކުރަމުން އެމަސައްކަތް ކުރިއަށް ގެންދެވިއެވެ. އެއަށްފަހު 1997 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ގައި، އޯޑިޓާރ ޖެނެރަލް އޮފީހުގައި ރަސްމީކޮށް މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަޒީފާ ލިބުމުން، ސަރުކާރުގެ އެހެން ވަޒީފާއެއްގައި މަސައްކަތް ނުކުރެވޭނެތީ ދެން ސާޖިދު، އޭނާގެ ކިޔަވާ ދިނުމުގެ ކެރިއަރ ކުރިއަށް ގެންދެވީ ކޮމްޕްރިހެންސިވް ޓިއުޝަން ސެންޓަރ ކިޔާ ޓިއުޝަން ސެންޓަރެއްގައި، ޓިއުޝަން ޓީޗަރ އެއްގެ ގޮތުންނެވެ. ހަވީރުގެ ވަގުތުގައި އޮފީސް ނިންމާލުމަށްފަހު ރޭގަނޑު ދަނީ ކިޔަވާ ދޭށެވެ.

ކޮމްޕްރިހެންސިވް ޓިއުޝަން ސެންޓަރުގައި މަސައްކަތް ކުރަމުންދަނިކޮށް ސާޖިދުއަށް، ކިޔަވާ ދިނުމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ލިބެން ފެށިއެވެ. އެގޮތުން އިމްނާ ޓިއުޝަން ސެންޓަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސާޖިދުއަށް ލިބުނެވެ.

ފުރަތަމަކޮޅު މަސައްކަތްތައް ބަހާލައިގެން ދެކޮޅުގައި ވެސް މަސައްކަތް ކުރަމުން ދިޔައެވެ. އޭގެފަހުން 2001 ވަނަ އަހަރު މެލޭޝިއާ އަށް ކިޔަވަން ދިޔުމުގެ ފުރުސަތު ސާޖިދުއަށް ލިބިފައިވެއެވެ.

"ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ވަންދެން އަޅުގަނޑު ހުރީ މެލޭޝިއާގަ. އެދުވަސްވަރު އެކޮޅުގަ ހުރި އިރުވެސް ކޮންމެވެސް ވަރަކަށް އެކޮޅުގައި އުޅޭ ބައެއް ކުދިންނަށް ފައިނޭންސް މޮޑިއުލްސްތައް ކިޔަވާދިނިން." ސާޖިދު މަޢުލޫމާތު ދިނެވެ.



މެލޭޝިއާގައި ތަޢުލީމް ޙާސިލް ކުރުމަށްފަހު ދެން އޭނާގެ އުނގަންނައި ދިނުމުގެ ކެރިއަރ ކުރިއަށް ގެންދިޔައީ 2004 ވަނަ އަހަރު އައްޑޫ ސިޓީގެއިރުޝާދިޔާ ސްކޫލްގައެވެ. އެތަނުގެ ރިސޯސްގައި މަސައްކަތް ކުރައްވަމުން ޚާއްސަ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެއަހަރު އެސްކޫލްގެ އެކައުންޓްސް ނަތީޖާ އޭގެ ކުރީ އަހަަރު ތަކަށްވުރެ ގާތްގަނޑަކަށް %24 އިތުރުވިކަން ސާޖިދު ވަރަށް އުފަލާއިއެކު ފާހަގަ ކުރެއްވިއެވެ.

އޭގެފަހުން މުހިއްބުއްދީން ސްކޫލްފަދަ ބައެއް ސްކޫލްތަކުން ގެސްޓް ލެކްޗަރަރ އެއްގެ ގޮތުން ފުރުސަތުތައް ލިބުމަށްފަހު 2008 ވަނަ އަހަރު މާލެ ބަދަލުވުމަށްފަހު، 2009ވަނަ އަހަރު މާސްޓަރސް ކިޔެވުން ފުރިހަމަ ކުރެއްވުމަށް ލަންކާއަށް ފުރައިގެން ދިޔައެވެ.



ލަންކާގައި ހުރިއިރު ވެސް ބައެއް ފައިނޭންސް މޮޑިއުލް ކިޔަވާ ކުދިންނަަށް ޢެހީތެރިވަމުން، އައިސީބީޓީ އާއި މެޓްރޮޕޮލިޓަން ކޮލެޖް އަދި އޮސްޓަންގައި ކިޔަވާ ބައެއް ދަރިވަރުންނަށް އިތުރަށް އެހީތެރިވެ ދިނުމަށް އަމިއްލަ ގޮތުން ކިޔަވާދެއްވާ އެހީތެރި ވެދެއްވިއެވެ. އެއަށްފަހު 2013 ވަނަ އަހަރު އެެނބުރި މާލެ އައިސް ސީއެސްޓީއައި އާއި ކްލިގް ކޮލެޖްގައި ޕާޓްޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރުގެ އޭޕްރިލް މަހު އިސްމާއިލް ސާޖިދު ވަނީ ކްލިގް ކޮލެޖުން "ބެސްޓް ލެކްޗަރަރ" ކަމުގެ އެވޯޑް ހާސިލްކޮށްފައެވެ.

ރާއްޖޭގެ އެކިއެކި ރަށްތަކަށް ދަތުރުކޮށް، އެރަށްތަކުގެ މީހުންނަށް ވެސް ސާޖިދު ވަނީ އެކިއެކި ސެޝަންތައް ނަގާދެއްވާފައެވެ. އަދި ގިނަ އަދަދެއްގެ މީހުން މިސެޝަންތަކުގައި ބައިވެރިވެފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިހިނގާ އޯގަސްޓް މަހު ބޭއްވި ސެޝަނެއްގައިވެސް ގާތްގަނޑަކަށް 40 ވަރަކަށް މީހުން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން އެދުރު އެފްސީ ގެ ނަމުގައި ލެކްޗަރ ސެޝަންތަކެއް މިއަހަރުގެ ޖުލައި މަހު ނަގާދީފައިވެއެވެ. މިފަދަ ސެޝަންތައް ނަގާ ދިނުމުގެ މައިގަނޑު މަޤްސަދަކީ އެކުދިންގެ އަމިއްލަ ނަފްސު އިތުރަށް ކުރިއެރުން ކަމަށާއި އެއީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކު އުފެއްދުމަށް ވެސް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ސާޖިދު ބުންޏެވެ.

ސަރުކާރު ވަޒީފާއެއް އަދާކުރަމުން، އެކިތަންތަނުގައި ކިޔަވާދޭއިރު ކުރިމަތިވާނެ ދަތިތަކެއްވެސް ހުންނާނެކަން ހަމަ ޔަޤީނެވެ. އެގޮތުން އިސްމާއިލް ސާޖިދު އަށް ކުރިމަތިވާ އެންމެ ބޮޑު ދަތިކަމަކީ ވަތުރު މެނޭޖް ކުރުމެވެ.

"ޓައިމް މެނޭޖް ކުރުން އެންމެ ދަތިކަމަކަށް ކުރިމަތިވަނީ. އެއީ ވަޒީފާއަށް ދަމުން، ކިޔަވާދެމުން އަދި އާއިލާއަށް ވެސް ވަގުތު ދޭން، ވަގުތުތައް ޖެހޭ ވަރަށް ރަނގަޅަށް ބަހާލަން" ސާޖިދު ބުންޏެވެ.

ކިޔަވާދިނުމާއި ދިރިއުޅުމުގައި މިފަދަ ބޮޑު ކުރިއެރުންތަކެއް ލިބި، އަދި ސާޖިދު އެންމެ ކުރަން ބޭނުންވާ ކަންތައް ކުރެވުމުގައި، އެހެން ބައެއްގެ އެހީތެރިކަން ވެސްވެއެވެ. ސާޖިދު ބުނިގޮތުގައި އޭނާ މިދާއިރާއަށް ކުރިއަށްދާން އެންމެ ބޮޑަށް ހިތްވަރު ލިބުނީ އޭނާގެ ދައްތައާއި އަނބިމީހާގެ ފަރާތުންނެވެ. ދައްތައަކީ ވެސް ޓީޗަރަކަށް ވާތީ، ގިނަ ކަންތައްތަކުގައި ދައްތަގެ އެހީތެރިކަން ސާޖިދުއަށް ވަނީ ލިބިފައެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އަނބިމީހާގެ އެހީތެރިކަން ލިބެމުންދާތީ، ސާޖިދު އެދެފަރާތަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ައެޑަމް 2017-08-29 03:12:49

މިހެންވެގެން ތޯއްޗެއް އޮޑިޓް އޮފީހަށް މަޤްސަދު ހާސިލް ނުވަނީ... މުވައްފުން ތިން ހަތަރު ޖޮބުގައި...

ނަމޫ 2017-08-29 03:34:44

ޔެސް, ސާޖިދުއަކީ ހީވާގި ކެރޭ މީހެއް. އަނބިމީހާ ރަމް ވަރަށް ސަޕޯޓިވް

މާކާ 2017-08-29 11:26:42

ސާޖިދު އަކީ ވަރަށް ހިތްތިރި, މީހުންނާ ގުޅޭ, ހީވާގި އަދި ކެރޭ , އެހާމެ ޡިންމާދާރު މީހެއް! ސާޖިދުގެ ވާހަކަ ދައްކަން މާ ލަސްވެސް ވެއްޖެ! ފުލް ޓައިމް ޖޮބެއްގައި އުޅެމުން ކިޔަވަމުން, ކިޔަވާ ދެމުން , ތި ކުރި ހިތްވަރު ގަދަ ދަތުރު އަހަރެން ވަރަށް ގާތުން ދުށީމު. އަދި މިއަދު ތިހުރި މަޤާމަށް އައުމަށް ވީ ބޮޑެތި ގުރުބާނީތައް ވަރަށް ރަނގަޅަށް އެނގޭ. ސާޖިދު ދަންނަ އެކަކުވެސް އޭނާއަކަށް ގޯސް ކޮމެންޓެއް ނުދޭނެ! ސާޖިދުގެ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެން! އަސްލު ގައުމީ އިނާމު ވެސް ހައްގުވާ މީހެއް ތީ!


މަރިޔަމް ވަހީދާ