އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބްރޯކަން ހާޓް ސީންޑްރޯމް" އަކި ޙަޤީޤީ ބައްޔެއް، ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް

"ބްރޯކަން ހާޓް ސީންޑްރޯމް" އަކި ޙަޤީޤީ ބައްޔެއް، ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކަންކަމާއި އިންސާނާ މާބޮޑަށް ވިސްނާ ފިކުރު ކުރުމަކީ އިންސާނީ ޠަބީއަތުގައިވާ ކަމެކެވެ. ހުރިހާ ފިކުރުތަކާއި އަބަދުމެ ދުރުނުވެވުމުން، ފިކުރުތައް ބޮޑުވެ "ބްރޯކަން ހާރޓް ސީންޑްރޯމް" ނުވަތަ "ހިތް ފަޅައިގެންދާ ބަލި" ޖެހެއެވެ. މިއީ އިންސާނާ ކަންކަމާއި މާބޮޑަށް ފިކުރު ބޮޑުވެގެން ގޮސް ހިތްދަތިވެގެން ޖެހޭ ބައްޔެކެވެ.

'ބްރޯކަން ހާޓް ސީންޑްރޯމް' އަކީ ހާޓް އެޓޭކެއް ޖެހޭ ފަދައިން ހިތައް ޖެހޭ ބައްޔެކެވެ. އާއްމުގޮތެއްގައި މިބަލި ޖެހެނީ ނަފްސާނީ ގޮތުން ލިބޭ ގެއްލުމެއް ނުވަތަ ހިތްދަތިކަމެއްގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަކުން ވެސް މިބަލި ޖެހެން މެދުވެރިވެއެވެ. ގިނަފަހަރަށް މިކަން މެދުވެރިވަނީ ހިތްދަތި ކަމެއް ދިމާވުމުން، ސްޓްރެސް ހޯމޯންސްތައް އިތުރުވެގެނެވެ.

މިބައްޔަކީ ކޮންމެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ގިނައިން މިބަލި ޖެހިފައިވަނީ އަންހެނުންނަށެވެ.

ބްރޯކަން ހާޓް ސީންޑްރޯމް ޖެހުމުން، ހިތުގެ އެއްފަޅި ބޮޑުވެ ލޭދައުރުވުން އުނދަގޫ ވެއެވެ. ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނެއް ބަރާބަރަށް މަސައްކަތް ކުރި ނަމަވެސް ހެލިފެލިވެ އުޅުމުގައި ދަތިތަކަކާއި ކުރިމަތިވާނެއެވެ.
ހާޓް އެޓޭކެއް ޖެހެން އުޅުމާއި ބްރޯކަން ހާޓް ސީންޑްރޯމްގެ އަލާމާތްތަކާއި އެއްގޮތެވެ. އެއީ:

- މޭގައި ރިއްސުން
- ހިތުގެ ވިންދު މާއަވަސްވުން ނުވަތަ އާދަޔާ ޚިލާފު ގޮތަކަށް ހުރުން
- ނޭވާލާން ދަތިވުން

މިބަލި ބޮޑަށް ޖެހެނީ ނަފްސާނީ ގޮތުން ކަމަށްވާއިރު، މިއީ ހަމައެކަނި ގޯސް ނުވަތަ ހިތްދަތިކަމެއް ދިމާވުމުން ޖެހޭ ބައްޔެއް ނޫނެވެ. މިބަލި ޖެހެން މެދުވެރިވާ ބައެއް ސަބަބުތަކަކީ:

- ގާތްމީހަކު މިދުނިޔެ ދޫކޮށްފައި ދިޔުން
- ދުނިޔޭގައި މީހުންނަށް ލިބެމުންދާ އަނިޔާތަކުގެ ޚަބަރު ލިބުން
- މާއްދީ ޙާލަތު ގޯސްވުން
- ވަޒީފާއިން ވަކި ކުރުން ނުވަތަ ވަޒީފާގައި މައްސަލަ ޖެހުން
- ވަރިވުން ނުވަތަ ލޯބިވެރިޔާއާއި ވަކިވުން
- ލޮޓެރީއެއް ފަދައެއްޗަކުން މޮޅުވުމުން ކުއްލިއަކަށް ޝޮކެއް ލިބުން
- ސަރޕްރައިސް ޕާޓީ
- ކުއްލިއަކަށް ލިބޭ އުފާވެރި ޚަބަރުތައް (މިސާލަކަށް: ދަރިފުޅުގެ ކައިވެނި ނުވަތަ ދަރިފުޅު ބަލިވެއިނުން)
- ޖިސްމާނީ ބަލިތައް (މިސާލަކަށް: ނޭވާ ހިއްލުން، އެކްސިޑެންޓެއްވުން ނުވަތަ ބޮޑު ސަރޖަރީއެއް ކުރުން)

ބްރޯކަން ހާޓް ސީންޑްރޯމް އަކީ ހާޓް އެޓޭކަކަށްވުރެ ނުރައްކާތެރިކަން ކުޑަ ބައްޔެކެވެ. އަދި އާއްމުގޮތެއްގައި އަންހެނުންނަށް މިބަލި ޖެހޭއިރު، އުމުރުން ދުވަސް ވުމުންނާއި ނާރުތަކުގެ މައްސަލަ ހުންނަ މީހުންނާއި ނަފްސާނީ އެކިއެކި ބަލި ޖެހިފައިވާ މީހުންނަށް ވެސް މިބަލި ޖެހުން ގާތެވެ.

މިބައްޔަށް އެދެވިގެންވާ ފަރުވާއެއް ކަމާއިބެހޭ މާހިރުންނަށް އަދި ހޯދިފައި ނެތް ނަމަވެސް އެމީހުން އިރުޝާދު ދެއްވަނީ، ކަންކަމާއި މާބޮޑަށް ފިކުރު ނުކޮށް ހަމަޖެހިގެން ކަންކަމާއި މެދު ވިސްނުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ