އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނޑިދޫއިން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުން މާލެ ގެނެސްފި

ބަނޑިދޫއިން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުން މާލެ ގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ދ. ބަނޑިދޫއިން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް "ކުރަނގި" ހެލިކޮޕްޓަރުން މިއަދު މާލެ ގެނެސްފިއެވެ.

އެމީހަ މާލެ ގެނައީ މިއަދު ހަވީރު 16:50 ހާއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލުދެރަ ވެގެން މާލެ ގެނައީ އުމުރުން 71 އަހަރުގެ ފިރިހެނެކެވެ.

އަވަސް ފަރުވާ ދިނުމަށް އެމީހާ މާލެ ގެނެސްފައިވަނީ ދ. ބަނޑިދޫ ހެލްތު ސެންޓަރުން ބެއްލެވި ޑޮކްޓަރުން އެމީހާ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ލަފާ ދިނުމާއި ގުޅިގެންނެވެ.

ބަނޑިދޫއިން ގެނައި ބަލި މީހާ ގޮވައިގެން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރ ޖައްސާފައިވަނީ މާލެ އުސްފަސްގަނޑުގައި އަލަށްހެދި ހެލިޕޭޑްގައެވެ. ބަލިމީހާ މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންދެވިފައެވެ.

މިއަދުން ފެށިގެން އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުގައި މާލެ ގެންނަ ބަލި މީހުން ހޮސްޕިޓަލަށް ގެންދިޔުން ފަސޭހަ ކުރުމަށް، ހެލިކޮޕްޓަރު ޖެއްސުމަށް ބޭނުންކުރަމުން ގެންދާނީ މާލޭ ދެކުނު ފަރާތު އުސްފަސްގަނޑުގައި އަލަށް ހަދާފައިވާ ހެލިޕޭޑް ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ