އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ކުލަތައް އަލަށް ފެންނަން ފެށީ، އާއިލާއިން ދިން ހަދިޔާއެއްގެ ސަބަބުން

ދުނިޔޭގެ ކުލަތައް އަލަށް ފެންނަން ފެށީ، އާއިލާއިން ދިން ހަދިޔާއެއްގެ ސަބަބުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

އެމެރިކާއަށް އުފަން، ވިލިއަމް ރީޑް އަކީ ބޮޑީބިލްޑަރެކެވެ. ނަމަވެސް އޭނާއަކީ ދުނިޔެއަށް އުފަންވީ ދުވަހުން ފެށިގެން ވެސް ކަލަރބްލައިންޑް މީހެކެވެ. ދުނިޔޭގެ މަންޒަރުތައް ހަމައެކަނި ކަޅާއި ހުދުން ފެންނަމުން ދިޔަ ވިލިއަމްގެ ދިރިއުޅުން ދާދި ފަހުން ވަނީ "ކުލަ" ވެފައެވެ.

ވިލިއަމް އަށް 66 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އޭނާގެ އާއިލާއާއި ގާތް ރަޙުމަތްތެރިން ވަނީ އޭނާއަށް ވަރަށް ޚާއްސަ ހަދިޔާއެއް ދީފައެވެ. ފައިސާ އެއްކޮށްގެން އެމީހުން ވިލިއަމް އަށް ގަނެދިނީ "އެންކްރޮމާ ގްލާސް" އެކެވެ. މިއައިނު އަޅައިގެން ހުރުމުން، އެކިކުލަކުލަ ނުފެންނަ މީހުންގެ ލޮލުގެ ލެންސް ރަނގަޅުކޮށްދީ، އެހެން މީހުންނެކޭ އެއްފަދައިން މަންޒަރުތައް ދައްކުވާ ދެއެވެ.

ވިލިއަމް އަށް އައިނު ދިނުމަށްފަހު، އައިނު އަޅައިގެން އޭނާ ކަންތައް ކުރި ގޮތުގެ ވީޑިއޯ އެއް ވަނީ އާއްމުވެފައެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައި، އައިނު އެޅުމަށްފަހު ޝޮކެއްގައި އިރުކޮޅެއް ވަންދެން އޭނާ ހުރެއެވެ. އަދި އެއަށްފަހު ކުއްލިއަކަށް އުފަލުން އަތްޖަހާ، އެކި ތަންތަން އޭނާ ބަލަން ފަށައެވެ. އަދި ހުރިހާ މަންޒަރެއްވެސް ފެންނަނީ 3ޑީ ކޮށްކަމަށް ބުނެ އުފަލުން ރޯންވެސް ފަށައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ