އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެވަޓަން އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް !

އެވަޓަން އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފައެވެ
.
ރޭގެ މެޗުން ޔުނައިޓެޑު މޮޅުވީ އެވަޓަންއާ ވާދަކޮށް 0-4 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެންޓޯނިއޯ ވެލެންސިއާ ވަނީ އެޓީމަށް ލީޑުނަގާދީފައެވެ. ވެލެންސިއާ މި ގޯލު ކާމިޔާބުކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ
.
މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑުން ތަނަވަސްކުރިއެވެ. އެގޮތުން ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ
.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން އެވަޓަންއަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ވޭން ރޫނީ ފޮނުވާލި އެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ
.
ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިކިތާރިޔަންއެވެ. އަދި އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ލުކާކޫ ކާމިޔާބުކޮށްދިންއިރު ޔުނައިޓެޑްގެ ފަހު ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މާޝިއަލްއެވެ
.
މި މެޗުން ލިބުނު މި މޮޅާއެކު ޔުނައިޓެޑް އޮތީ 13 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ސިޓީއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބޭއިރު އެޓީމަށް ލީގުގެ ކުރި ލިބެނީ އަލްފެބެޓިކަލީ ގޮތުންނެވެ. ރޭގެ މެޗުން ބަލިވި އެވަޓަން އޮތީ ހަތަރު ޕޮއިންޓާއެކު ލީގުގެ 18 ވަނައިގައެވެ
.
ލީގުގައި އެވަޓަން ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން