އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޑޫގަލި ރިސޯޓުން 3 މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

މަޑޫގަލި ރިސޯޓުން 3 މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އއ. މަޑޫގަލި ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ތިން މިލިއަން ޑޮލަރު ދައްކަން، އެރިސޯޓު ޓޫރިސްޓު ރިސޯޓެއްގެ ގޮތަށް ތަރައްޤީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ ބްލޫ ލެގޫން އިންވެސްޓްމެންޓްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިހިނގާ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ އެހުކުމުގައިވަނީ، ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.10 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރުމަށެވެ. އެއީ 2015 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ދައްކަންޖެހޭ ކުއްޔަށްވާ އެއް މިލިއަން ޑޮލަރާއި 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.9 މިލިއަން ޑޮލަރެވެ.

ބްލޫ ލެގޫން އިންވެސްޓްމެންޓްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، މަހުން މަހަށް ބަހާލައިގެން އެފައިސާ ދައްކާ ހަލާސް ކުރުމަށެވެ.

މަޑުގަލި ރިސޯޓު ބްލޫ ލެގޫން އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 1995 ވަނަ އަހަރުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ