އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: ހަތަރުވަނަ މެޗް ކާމިޔާބުކުރީ މާފުށީ ޕްރިޒަން

ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: ހަތަރުވަނަ މެޗް ކާމިޔާބުކުރީ މާފުށީ ޕްރިޒަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓްގައި މިއަދު މާފުށީ ޕްރިޒަން އާއި އީއެސްޖީ ބައްދަލުކުރި މެޗް 1-2 އިން ކާމިޔާބުކުރީ މާފުށީ ޕްރިޒަން އެވެ.

އިޔެގެމެޗަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާފުށި ޕްރިޒަން ޓީމުގެ ހުސައިން ރިލްވާން އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މާފުށި ޕްރިޒަން ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފުގައި ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި އީއެސްޖީގެ ކުޅުން އިތުރަށް ރަނގަޅުކޮށް ފަހުހާފުގެ 11 ވަނަ މިނެޓުގައި އީއެސްޖީގެ އަހުމަދު ޝާމިންވަނީ އެޓީމުންޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ ނަތިޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ފަހު ހާފު ނިމެން ކައިރިވެފައިވަނިކޮށް މާފުށީ ޕްރިޒަން ޓީމުވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މާފުށީ ޕްރިޒަން ޓީމުގެ ހުސައިން މުޙައްމަދު އެވެ.

މެޗަށްފަހު މާފުށީ ޕްރިޒަން ޓީމުގެ ކޯޗް އަހުމަދު ޝާހިން ވިދާޅުވީ ބޭނުންވި ނަތީޖާ މި މެޗުން ނެރެވުނީމާ އެކަމާ ވަރަށް ހިތްހަމަ ޖެހިއްޖެ ކަމަށާއި މިއީ ވަރަށް ދުވަހުގެ އިންތިޒާރުގެ ނިމުމެއްކަމަށެވެ. އަދި މިމެޗްގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ހައްގުކަމަށާއި މި ނަތީޖާއަކީ ކުޅުންތެރިންގެ ހިތްވަރުން ނެރެވުނު ނަތީޖާއެއްކަމަށެވެ.

އިޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޕްރިޒަން ޓީމުގެ ޖައިލަމް ޖަމީލެވެ. މި މުބާރާތުގެ މެޗެއް މިއަދުވެސް އޮވެއެވެ. އެމެޗުގައި ބައްދަލުކުރާނީ ޓީމް އައްސޭރި އާއި ޓީމް އެޗްކިއު އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު