އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެކްސިކޯއަށް އެރި ބާރުގަދަ ބިންހެލުމެއްގައި 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މެކްސިކޯއަށް އެރި ބާރުގަދަ ބިންހެލުމެއްގައި 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ސީއެންއެން- ރޭގެ ވަގުތެއްގައި މެކްސިކޯއަށް އެރި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން އިމާރާތްތަކުގައި ތާށިވެއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، މިބިން ހެލުމުގެ ސަބަބުން މެކްސިކޯގެ އިތުރުން އެޤައުމު ކައިރީގައިވާ ސްޓޭޓްތަކަށް ވެސް ވަނީ އަސަރު ކޮށްފައެވެ.

އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މެކްސިކޯގެ މެދަށްއެރި މިބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް 216 އެއްހާ މީހުން މަރުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ އިން ބުނިގޮތުގައި 7.1 މެގްނިޓިއުޑްގެ މިބިންހެލުމުގެ އަސަރު، އެޤައުމުގެގެ އިރުއުތުރުން އޮތް ސެން ޖުއަން ރަބޯސޯގައި 2.8 މޭލަށް އަސަރުކޮށްފައިވާ އިރު، އިރު ދެކުނުގައި އޮންނަ ޕުއެބްލާ ސްޓޭޓަށް އަސަރުކޮށްފައިވަނީ 34.1 މޭލަށެވެ.

އެޤައުމުގެ ރައީސް އެންރިގް ޕެންނާ ނިއެޓޯ ވިދާޅުވީ ޑެބްރިސް ގެ އެލިމެންޓަރީ ސްކޫލެއްވެސް ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ ކަމަށާއި، ވެއްޓިފައިވާ އެއިމާރާތުގެ ދަށުންވެސް22 މީހުންގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި 30 ކުޑަކުދިން ގެއްލިފައިވާ ކަމަށް ވެސް ރައީސް އެންރިގް ވިދާޅުވިއެވެ.

އޯޒާކާ ގެ ގަވަރުނަރު ވިދާޅުވި ގޮތުގައި، މެކްސިކޯއަށް ރޭގެ ވަގުތެއްގައި އައި މިބިން ހެލުން އައިސްފައި މިވަނީ މެކްސިކޯގެ ދެކުނުގެ ސަރަޙައްދަކަށް 8.1 މެގްނިޓިއުޑްގެ ބިންހެލުމެއް އެރިތާ ހަފްތާއެއްވަރު ފަހުންނެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ ގައު ތަކާއި ގަސްތަކުގެ ތެރެއިން މީހުން ހޯދާ ސަލާމަތް ކުރުމަށް މެކްސިކޯގެ ގިނަ އަސްކަރިއްޔާގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާއި އަދި ސްކޫލްތަކުގެ ދަރިވަރުންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ