އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެޓިސް އަތުން ރެއާލް ބަލިވެއްޖެ

ބެޓިސް އަތުން ރެއާލް ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސްއާ ބައްދަލުކުރި މެޗުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ރޭގެ މެޗުން ރެއާލް ބަލިވީ ބެޓިސްއާ ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާއެކު ރެއާލް މިހާރު އޮތީ އަށް ޕޮއިންޓާއެކު ލީގުގެ އަށްވަނާގައެވެ. ނުވަ ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައި ބެޓިސް އޮތްއިރު އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނުމި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

ފަސް މެޗުގެ ސަސްޕެންޝަނަކަށްފަހު ރެއާލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ކުޅެފައިވާއިރުމި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

އެގޮތުން ބެޓިސްގެ ކުޅުންތެރިއަކު ފުދޭވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން ރެއާލްގެ ޑިފެންޑަރު ކަވަހާލް ދިފާއުކުރިއިރު ރެއާލްގެ ރޮނާލްޑޯ އާއި އިސްކޯ އަދި ބޭލް ފޮނުވާލި ހަމަލާތަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެޓިސްގެ ގޯލްކީޕަރު އަޑާން ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ވެސް ރެއާލްއިން ދިޔައީ ލީޑުނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެރެތް ބޭލް ފޮނުވާލި ހަމަލާއެއް ބެޓިސްގެ ގޯލުގެ ދަޑިއަށް އަމާޒުވިއިރު ރޮނާލްޑޯ އާއި ރާމޯސް ވެސް ވަނީ މި ހާފުގައި ބެސްޓިގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ.

ގޯލްޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ރެއާލްއަށް ނުހިފުނުއިރު، މެޗުގެ އެންމެފަހު މިނެޓްގައި ސަނަބްރިއާ ވަނީ ގޯލެއް ކާމިޔާބުކޮށް މި މެޗުން ބެޓިސް މޮޅުކޮށްދީފައެވެ. ސަނަބްރިއާ މި ގޯލު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މިއީ މި ސީޒަނުގައި ރެއާލް ބަލިވި ފުރަތަމަ މެޗު ކަމަށްވާއިރު ލީގުގައި އެޓީމު ދެން ނިކުންނާނީ އަލަވޭސްއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން