އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން ބައެއް ވަކީލުން ޑީޖޭއޭ އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފި

ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން ބައެއް ވަކީލުން ޑީޖޭއޭ އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން ބައެއް ވަކީލުން ޑީޖޭއޭ އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

ސުޕްރީމް ކޯޓް ކައިރިއަށް އެއްވި ކަމަށް ބުނެ ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އަލް އުސްތާޛު މަހުފޫޒް ސައީދު ވިދާޅުވީ އެ މައްސަލައިގާ އެދިފައިވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ވަކީލުން ސަސްޕެންޑްކުރުމުގެ ބާރު އޮތް އިދާރާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ. އަދި މިފަދަ މައްސަލައެއް ބައެއް ވަކީލުން ސިވިލް ކޯޓަށްމާދަމާވެސްހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރަން ތެދުވި ވަކީލުންގެ ތެރެއިން 54 ވަކީލަކު ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ ސަސްޕެންޑް ކުރުމަށް ޑީޖޭއޭ އިން ނިންމައި، މިމަހުގެ 10 ވަނަ ދުވަހުނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކީލުން ސަސްޕެންޑް ކުރީ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ)އާ ޚިލާފަށް، އަދި ކޯޓުތަކުގައި ވަކާލާތު ކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ގަވާއިދާއި، އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ގާނޫނީ ވަކީލުންގެ އިގުރާރާއި އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދާއި، ކޯޓުތަކުގެ ގާނޫނާއި، ސުޕްރީމް ކޯޓުގެ ގަވައިދާ ޚިލާފަށާއި އަދި ޤާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.

ސަސްޕެންޑް ކުރި ވަކީލުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އަދުލު އިންސާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހްތިސޯސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއިކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާތީ ސަސްޕެންޑް ކުރި ވަކީލުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ކަން އާންމުކޮށް އަންގާ އިއުލާންކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު