އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޑޮކްޓަރ ފަޟީލް ނަޖީބް ޢައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޑޮކްޓަރ ފަޟީލް ނަޖީބް ޢައްޔަން ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ދިވެހި ދައުލަތުގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މާފަންނު ފަށަލަ ޑޮކްޓަރ ފަޟީލް ނަޖީބް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްޢައްޔަނު ކުރައްވައިފިއެވެ.

20 ސެޕްޓެންބަރު 2017 ގައި އެ މަޤާމަށް އައްޔަން ކުރެއްވި ޑޮކްޓަރ ފަޟީލް ނަޖީބް މަސައްކަތް ކުރައްވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގައެވެ.

އޭނާ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރގެ މަޤާމު 5 އަހަރުވަންދެން އަދާ ކުރައްވާފައެވެ.

ޑޮކްޓަރ ފަޟީލް ނަޖީބަކީ 1987 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް ފުރުއްވައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ޚާއްޞަކޮށް، ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެވުމުގައިޓްރޭޑް މިނިސްޓްރީގެ އިންވެސްޓްމަންޓާއި އިންޓަރނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އިރު، އެގޮތުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، އިންވެސްޓްމަންޓްސްގެ މަޤާމާއި ޑެޕިޔުޓީ ޑިރެކްޓަރ، އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ މަޤާމާއި ޑިރެކްޓަރ، އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ މަޤާމުވަނީ އަދާކުރައްވާފައެވެ.

ޑޮކްޓަރ ފަޟީލް ނަޖީބަކީ އިނގިރޭސިވިލާތުން އިންޓަރނޭޝަނަލް ބިޒްނަސް ލޯ އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް