އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލިފާންރޯވި އެޕާޓްމެންޓުގައި ދިރިއުޅެމުންދިޔަ ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ: ޑިޒާސްޓަރ

އަލިފާންރޯވި އެޕާޓްމެންޓުގައި ދިރިއުޅެމުންދިޔަ ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފަ: ޑިޒާސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާންރޯވި ހ. ފަހާގޭގެ އެޕާޓްމެންޓުގައި ދިރިއުޅެމުންދިޔަ ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ އެ އެޕާޓްމެންޓުގައި ދިރިއުޅެމުންދިޔަ 3 އަންހެނަކަށާއި ފިރިހެނަކަށް ރެއިން ފެށިގެން ގެސްޓްހައުސްއަކުން ވަގުތީގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރޭ އިރާކޮޅު ހ.ފަހާގޭގެ ހިނގި އެ ހާދިސާގައި އެގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެއީ ކަރަންޓް ޝޯޓެއްގެ ސަބަބުންދިމާވި ހާދިސާއެއްކަމަށާއި އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް