އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒާހިލްގެ ސިކުނޑި އިއްޔެ މަސައްކަތްކުރި، ނަމަވެސް ޑޮކްޓަރުން ބުނަނީ ކުރިއެރުމެއް ނުފެންނަކަމަށް

ޒާހިލްގެ ސިކުނޑި އިއްޔެ މަސައްކަތްކުރި، ނަމަވެސް ޑޮކްޓަރުން ބުނަނީ ކުރިއެރުމެއް ނުފެންނަކަމަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ގޮތްނޭނގޭ ބައްޔެއް ޖެހުމުގެ ސަބަބުން، އިންފެކްޓްވެ އެވޭން ތަޙައްމަލު ކުރަމުންދާ ހދ. ނެއްލައިދޫ އަށް އުފަން އިބްރާހިމް ޒާހިލް ގެ ސިކުނޑި އިއްޔެ މަސައްކަތް ކުރިކަމަށާއި، ނަމަވެސް ޑޮކްޓަރުން ބުނެފައިވަނީ އިތުރުކުރިއެރުމެއް ނުފެންނަ ކަމަށް ޒާހިލްގެ އާއިލާއިން ބުންޏެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން ޒާހިލް އާއި ދެބެންގެ ދެދަރި ބޭބެ އަރީފް ބުނީ ޒާހިލްގެ ސިކުނޑި އެއްކޮށް މަސައްކަތް ނުކުރަނީކީ ނޫން ކަމަށާއި ޒާހިލް އާއި އިއްޔެ ހަވީރު ބައްދަލު ކުރިއިރު ޒާހިލްގެ ސިކުނޑި މަސައްކަތް ކުރާ ކަމަށެވެ.

"އެއްކޮށް ސިކުނޑި މަސައްކަތް ނުކުރަނީކީ ނޫން. އިއްޔެ ހަވީރު ޒާހިލްއާއި ބައްދަލު ކުރިއިރު ސިކުނޑި ރީޑް ކުރި، އެކަމަކު ޑޮކްޓަރުން އަދިވެސް ބުނީ 'ނޯ އިމްޕްރޫވްމެންޓް' އޭ، އަދި ބުނި ސިކުނޑި މަސައްކަތް ކުރުން ހުއްޓެން ކައިރިވަމުންނޭ އަންނަނީ ވެސް" އަރީފް ބުންޏެވެ.

އުމުރުން 18 އަހަރުގެ ޒާހިލްގެ އެބައްޔަށް ފަރުވާކުރަން ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި އޮންނަތާ މިހާރު 45 ދުވަސް ވެއްޖެއެވެ. މިހާރުވެސް ޒާހިލް އޮތީ ވެންޓިލޭޓަރ ގެ އެހީގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

ޒާހިލްގެ ހަށިގަނޑު ހަރަކާތްކުރުން މިމަހުގެ 21 ވަނަ ދުވަހު ހުއްޓުނު ނަމަވެސް، އިއްޔެ ސިކުނޑި މަސައްކަތް ކުރުމުން، ޒާހިލްގެ ހާލު މިއަދު ހުރިގޮތެއް ސީދާ ބުނެދޭން އިނގޭނީ ސީނިއާ ޑޮކްޓަރަކާއި ބައްދަލު ވުމުން ކަމަށާއި، އެއްވެސް ކުރިއެރުމެއް ނުފެންނަކަމަށް ބުނީ ޖޫނިއަރ ޑޮކްޓަރެއް ކަމަށްވެސް އަރީފް ބުނެޏެވެ.

ޒާހިލްގެ މުޅި އާއިލާ އެއްކޮށް އިންޑިއާއަށް ގޮސްފިކަމުގެ ޚަބަރާއި ގުޅިގެން އަރީފް ބުނީ އިންޑިއާ އަށް ދިޔައީ މުޅި އާއިލާ ނޫންކަމަށާއި، އާއިލާއިން މަދު ބައެއް ކަމަށެވެ. އެއީ ޒާހިލްގެ ކާފައާއި މާމަގެ އިތުރުން ބައްޕައާއި އެއްބަނޑު އެއްބަފާ ބޭބެ، އަދި ޒާހިލްގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮގެ އިތުރުން ދެބެންގެ ދެދަރި ބޭބެ އަރީފް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގޭ ހުރިހާ ފަރާތްތަކުން ވެސް ޒާހިލް އަށް ވަރަށް ހެޔޮ އެދޭކަން. އަދި އަޅުގަނޑުމެން އެކަމަށް އެންމެހާ ފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެސް އަދާކުރަން. ނަމަވެސް ބައެއް މީހުން ކުރާ ބައެއް ޕޯސްޓުތަކުގަ އެބަހުރޭ މައުލޫމާތު އެހެން ގޮތަށް ލިޔެވި، ނުލިޔަންވާ ގޮތަށް ވެސް ލިޔެވިފަ. އެހެންވެ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އެއީ ރަނގަޅަށް ތެދު މައުލޫމާތު ލިޔުން." އަރީފް ބުންޏެވެ.

ޒާހިލް ގެ މުޅި އާއިލާއިން ވެސް އެންމެ ބޮޑަށް އެދެނީ، ވީހާވެސް ގިނަ ބަޔަކު ޒާހިލް އަށް އަވަސް ޝިފާއެއް ދެއްވުން އެދި ހެޔޮ ދުޢާ ކޮށްދެއްވުމެވެ.

(އައިޝާ رضياللهعنه ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގާ ވެއެވެ. "އަސްޙާބު ބޭކަލަކު އާލާސްކަންފުޅާ އޮންނަވާއިރު، ރަސޫލާ ﷺއެބޭކަލަކަށް ވޭން އަޅާ ދިމާލެއްގައި ފިރުމާލައްވާފައި އަންނަނިވި ދުޢާ ޙަދީޘް ކުރައްވައެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ