އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މަންމާ، ކުށްކުރީ މަންމައާއި އަހަންނާއި ދެމީހުން..."

"މަންމާ، ކުށްކުރީ މަންމައާއި އަހަންނާއި ދެމީހުން..."


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

ބޭރު ޤައުމެއްގައި މަރުގެ ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރަން ކަރަންޓު ގޮނޑީގައި ބޭންދުމުގެ ކުރިން، އޭނާގެ އެންމެ ފަހުގެ އެދުމަކީ ކޮބާތޯ ސުވާލު ކުރެވުނެވެ. އޭނާ އެދުނީ، އޭނާގެ މަންމައަށް ސިޓީއެއް ލިޔަން ގަނޑަކާއި ގަލަމެއް ދިނުމަށެވެ.

އެއެދުން ފުރިހަމަ ކޮށްދިނުމުން، އޭނާގެ މަންމައަށް ސިޓީއެއް ލިޔުނެވެ.

"ލޯބިވާ މަންމާ އެވެ.

ޤާނޫނަކީ މިއަދު އިންސާފުވެރި އެއްޗެއް ނަމަ، އަހަންނާއިއެކު މިޙުކުމް ތަންފީޒު ކުރަން މަންމަ ވެސް އިންނާނެއެވެ. ނަމަވެސް ޤާނޫނަކީ ކަނު އެއްޗަކަށްވުމުން، އަހަންނާއި މަންމައާއި ދެމީހުން ކުރި ކުށްތަކަށް، އަދަބު މިލިބެނީ އަހަންނަށް އެކަންޏެވެ.

މަންމާ އެވެ. މިހުރިހާ ކަމެއް ފެށުނު ގޮތް ހަނދާން އެބަހުރި ހެއްޔެވެ؟ އަހަރެންގެ އެކުވެރިއެއް ގެންގުޅުނު މެޓައެއް އަހަރެން ވަގަށް ނެގިތަން މަންމަ ދުށީމު ނޫން ހެއްޔެވެ؟ އެދުވަހު މަންމަ އަހަންނަށް އަދަބެއް ނުދިން އިރު، އަހަންނަށް ކުރެވުނީ ވަރަށް ގޯސްކަމެއްކަން ވެސް އަންގައި ނުދެއެވެ. މަންމަ ބުނީ އެއީ އަހަރެން ކުޑަވީމަ ކުރެވުނު ކަމެއް ކަމަށެވެ.

އޭގެ ފަހުން ބައްޕަގެ ވޮލެޓުން އަހަރެން ފައިސާ ވަގަށް ނެގިތަން މަންމައަށް ފެނުނެވެ. ނަމަވެސް އެދުވަހު ވެސް މަންމަ އަހަރެން ކުރިކަންތައް ސިއްރުކޮށް، އެކަންތައް ވެސް ފޫބައްދާލީ ނޫންހެއްޔެވެ.

އަހަރެންގެ އުމުރުން 15 އަހަރުގައި އަވައްޓެރިއެއްގެ ބައިސްކަލު ވަގަށް ނަގާ، އަހަރުމެންގެ ގޭގެ ގަރާޖުގައި ފޮރުވިތަން މަންމައަށް ފެނުން ދޯއެވެ. ބަޔަކަށް އެބައިސްކަލު އަހަރެން ވިއްކާލިތަން ވެސް މަންމައަށް ފެންނާނެއެވެ. އެކަމަކު އެދުވަހުވެސް މަންމަ އަހަރެން ކުރި ކުށް ސިއްރު ކުރީއެވެ.

ސްކޫލް ކަޓުވާތީ އާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ސްކޫލުން އަހަރެން ސަސްޕެންޑު ކުރި ނޫން ހެއްޔެވެ. އެދުވަހު ބައްޕަ ބޭނުންވީ އަހަންނަށް އަދަބު ދޭށެވެ. އެކަމަކު މަންމަ ބައްޕަ ހުއްޓުވިކަން ހަނދާން އެބަހުރި ހެއްޔެވެ؟ އެއީ އަހަރެން ކުރާ ހުރިހާ ކަމަކަށް މަންމަ ހިތްވަރު ދޭ ކަމަށް ބުނެ ބައްޕަ އާއި މަންމަ ޒުވާބު ވެސް ކުރި ދުވަހެއް ނޫން ހެއްޔެވެ؟ ނަމަވެސް މަންމަ އެދުވަހު ވެސް ބުނީ އެއީ ޓީޗަރުންގެ މައްސަލައަކުން ވީކަމެއްކަމަށް ނޫން ހެއްޔެވެ؟
އެންމެ ފަހު ކަމަކަށް، ޖިމީ ގެ ފިހާރަ ފަޅާލާފައި އަހަރެން ވަނތްކަން މަންމަ އަށް އިނގޭނެއެވެ. އެކަމަކު އެކަންތަކުގައި ވެސް އަހަންނަށް ކުރެވުނީ ކުށެއްކަން މަންމަ އަހަންނަށް އިޙުސާސް ނުކޮށްދެއެވެ. މަންމަ ބެލީ ފުލުހުންނަށް އަހަރެން ފޮރުވޭތޯ އެވެ.

މަންމާ އެވެ. އެންމެ ތުއްތު އިރުން ފެށިގެން ކުށް ކުރެވެން ފެށުމުން، މަންމަ އަހަންނަށް ރަނގަޅު ގޮތް ބުނެ ނުދިނީ ކީއްވެހެއްޔެވެ؟ އަހަރެން ބަސްނޭހުމުން އަދަބު ނުދިނީ ކީއްވެހެއްޔެވެ؟ އަހަންނަށް ހެވާއި ނުބައި އަންގައި ނުދިނީ ކީއްވެ ހެއްޔެވެ؟

މަންމާއެވެ. އެއިރު އަހަންނަކީ ކުޑަ ކުއްޖެކެވެ. ހެވާއި ނުބައި އެނގުން އަހަންނަށް ވަރަށް މުހިންމު ވާނެއެވެ. އެކަމަކު، މަންމަ އަހަރެން ދެކެ މާބޮޑަށް ލޯބި ވެގެން ގޮސް، އަހަރެން ކުރި އެއްވެސް ގޯސްކަމެއް، އެއީ ގޯސްކަމެއްކަމަށް ނުހަދާ، އަހަރެންގެ ކުށްތައް ފޮރުވީއެވެ. އަހަރެން ކުރަމުން ދިޔައީ ގޯސް ކަމެއްކަން އެއްފަހަރުވެސް މަންމަ އަހަންނަށް ބުނެ ނުދިނީއެވެ. މަންމަ ތިވީ 'ލޯބީގެ' ނަތީޖާއެއްގެ ގޮތުން އަހަންނަށް މިޖެހުނީ ލަދުވެތި މަރަކުން މިދުނިޔެއާއި ވަކިވެގެން ދާށެވެ. އަހަންނަށް ކުރެވުނީ ކުށްތަކެއްކަން އިޙުސާސް މިވީ ފުލުހުން އަހަރެން ހައްޔަރުކޮށް އަދަބު ދިނުމުންނެވެ. އެކަމަކު މަންމާއެވެ. ކުށްކުރީ މަންމައާއި އަހަންނާއި ދެމީހުންނެވެ.

މަންމަގެ 'ލޯބިވާ' ދަރިފުޅު"

މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ދަރިން ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން، ބައެއް ފަހަރު އެކުދިންނަށް ކުރެވޭ ކުށްތަކަށް އަޅާނުލެވެނީއެވެ. ދަރިން ދެކެ ލޯބިވާން ޖެހޭނެއެވެ. އެއީ އެއްވެސް ހާލެއްގައި ކުށެއް ނޫނެވެ. ނަމަވެސް ދަރިންދެކެ ޙަޤީޤީ ލޯބިވުމަކީ އެދަރިންނަށް ތެދުމަގު ދައްކައިދީ، ހެވާއި ނުބައި ވެސް އަންގާ ދިނުމެވެ. ކުޑައިރު ކުށެއް ކުރެވުމުން، އެއީ ކުޑަކަމުން ވީކަމެއް ކަމުގައި ނުދެކި، އެއިރުވެސް އެކުދިންނަށް ކުރެވުނީ ގޯސްކަމެއްކަން އަންގައިދޭން ވާނެއެވެ. އަދި އަދަބެއް ދޭން ޖެހިއްޖެ ހާލެއްގައި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކުދިންނަށް ގެއްލުމެއް ނުވާނެފަދަ ގޮތަކަށް، އަދަބުވެސް ދޭން ވާނެއެވެ. އެއީ ދަރިން ދެކެ ލޯބިވާތީ، އެދަރިންނަށް ރަނގަޅަކަށް ކުރާ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







އަހުމަދު 2017-10-18 07:36:45

ވަރަށް ފުރިހަމަ ޅިޔުމެއް

ހުސެން އަލީ 5 2017-10-18 08:52:27

މިއީ ހަޤީޤީ ވާހަކައެއްގެ ގޮތުގައި މީހަކު "ފޭސްބުކް"ގައި ޝާއިޢުކުރި އެއްޗެއް. ފޮޓޯ އަކީ ޖެރެމީ މީކްސް ކިޔާ ޤައިދީއެއްގެ ފޮޓޯ (އޭނައަކީ ފަހުން މޮޑެލް އަކަށްވީ މީހެއް). އެއީ މަރުގެ ހުކުމްދެވުނު މީހެއް ނޫން. މިހަބަރުގައި ބުނެފައިވަނީ ރަގަޅު އިބުރަތެއް ހާސިލު ކުރަންބޭނުންބަޔަކަށް މުހިންމު ވާހަކައެއް ކަމަކު, މިއީ "ފޭކެއް"!


މަރިޔަމް ވަހީދާ