އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮންދަރިފުޅަށް އަނިޔާ ކުރެވުނީ އިންޑިއާ ޓީވީ ޝޯއެއް ބަލައިގެން ސިކުނޑިއަށް އަސަރުކޮށްގެން

ދޮންދަރިފުޅަށް އަނިޔާ ކުރެވުނީ އިންޑިއާ ޓީވީ ޝޯއެއް ބަލައިގެން ސިކުނޑިއަށް އަސަރުކޮށްގެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

މިއީ ރާއްޖޭގެ ފިރިހެނަކަށް ކުރެވުނު ވަރަށް ހިތާމަވެރި ކަމެކެވެ. އޭނާއަށް ކުރެވުނު ކަންތައްތަކަށް މާފަށް އެދި، އެކަމަށް ލިބެންވާ ޙައްޤު އަދަބު ލިބުމަށްފަހު، މިވާހަކަ އޭނާ "މިއަދުނޫހަށް" ހިއްސާ ކުރީ، މިފަދައިން އެހެން ބަޔަކަށްވެސް ދިމާވެދާނެތީ، އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް ބުއްދީގެ ބޭނުން ހިފުމަށް ހަނދުމަކޮށް ދިނުމުގެ ގޮތުންނެވެ.

(އޭނާ ޓީވީއިން ބެލީ ކޮން ޝޯއެއްކަމާއި، ކުޑަ ކުއްޖާއަށް ކުރީ ކޮން އަނިޔާއެއްކަން މިއާޓިކަލްގައި ހިމަނާފައެއް ނުވާނެއެވެ. އެއީ މިފަދަ ކަމެއް އެހެން މީހަކަށް ވެސް މެދުވެރި ވެދާނެތީ އެކަން ރައްކާތެރި ކުރުމަށެވެ.)

"އަލަތު ކައިވެންޏެއް އަހަރެން ކުރީ އުމުރުން 30 އަހަރުގައެވެ. ނަމަވެސް އަހަރެންގެ އަންހެނުންނަކީ ކުރިން އެހެން ކައިވެންޏެއްކޮށް، އެކައިވެންޏަށް އަންހެން ދަރިއަކުވެސް ލިބިފައިވާ މީހެކެވެ. ދޮންދަރިފުޅުގެ އުމުރުން އެއިރުވާނީ ފަސް އަހަރެވެ.

ދޮންދަރިފުޅު ދެކެ އަހަރެން އަމިއްލަ ދަރިއެއް ފަދައިން ލޯބިވީމެވެ. އަބަދުވެސް އުޅެނީ އެދަރިފުޅު ގޮވައިގެންނެވެ. އެދަރިފުޅުވެސް އަހަންނައިގެން ވަރަށް އުޅެއެވެ. އޭނާގެ މަންމައަށް ވުރެ ބޮޑަށް އަހަރެން ބުނާ ބަސްއަހާ އަހަންނާއި އެކު ނޫނީ އެއްވެސް ކަމެއް ނުކުރެއެވެ.

ފުރަތަމަކޮޅު އެކަންތައްތައް އަހަންނަށްވީ ވަރަށް އުފާ ލިބުނު ކަންތައްތަކަކަށެވެ. ނަމަވެސް ގިނަ ދުވަސްވަމުން އައިވަރަކަށް، ދޮންދަރިފުޅު އެހެން އުޅޭތީ، އޭނާ ގެންގުޅެން ކޮންމެވެސް ވަރަކަށް އޭނާގެ މަންމައަށް އުނދަގޫ ވާން ފެށިއެވެ. އަނބިމީހާ އަބަދުމެ ކުރަމުންދިޔަ ޝަކުވާއަކީ އޭނާ ބުނާގޮތް ދަރިފުޅު ނުހަދާ ކަމާއި އަބަދުވެސް އަހަންނާއިއެކު ނޫނީ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނާ ކަމެވެ. އެގޮތުން ރޭގަނޑު ގަޑީގައި އަހަރެން އޮފީސް ނިންމާފައި ދަންދެން ނުކައި ގިނައިރު ހުރުމާ އަހަރެން ދިޔައިމަ ނޫނީ ނިދަން ވެސް ނޯންނަކަމަށް އޭނާ ބުންޏެވެ. އަދި ބޮޑާ ހޭކުމާއި ގޮތް ދޫނުކުރުން ވެސް އިތުރުވެފައިވާ ކަމަށް އަނބިމީހާ ބުންޏެވެ. އެފަދަ ޝަކުވާތަކެއް އަނބިމީހާ ކުރަން ފެށުމުން އަހަރެންގެ ބޮލަށް އުނދަގޫވެ، ބޯހާސްވާން ފެށިއެވެ. ދޮންދަރިފުޅު ގާތު އެހެން ނޭޅެން ބުނެ މަންމަ ބުނާ ބަސް އަހަން ބުނުމުންވެސް އަހަރެން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެދަރިފުޅަށް އެކަން ރަނގަޅު ކުރެވޭ ގޮތެއް ނުވިއެވެ.

އެދުވަސްކޮޅަކީ ވިޔަފާރީގެ ގޮތުން ވަރަށް ބޮޑު ކަންތައްތަކަކާއި އަހަރެން ކުރިމަތިލަމުން ދިޔަ ދުވަސްކޮޅެކެވެ. އެހެންކަމުން އެފިކުރުތަކުން ދުރުވުމަށްޓަކައި އެއިރު އަހަރެން އެންމެ ގިނައިން ކުރަމުންދިޔަ އެއް ކަމަކީ އިންޑިއާ މީހުން އުފައްދާފައިވާ "ޝޯއެއް" ބެލުމެވެ.

އާއްމު ދިރިއުޅުމުގައި ދިމާވާ ވަރަށް ގިނަ މައްސަލަތައް އެޝޯއިން ދައްކައެވެ. އަދި އެކަންތައްތަކުގެ ސަބަބުން އޭގައި އުޅޭ މީސްމީހުން ގެންގުޅޭ ހަރުކަށި އުސޫލުތައް ވެސް ދައްކަައެވެ. ކޮންމެހެނަކަސް އޭގައި އެފަދަ ކަންތައްތަކެއް ހިމެނުމުގެ ސަބަބުން، އެއަށް އަހަރެން ވަރަށް ޝައުޤުވެރިވިއެވެ. އަދި އޭގެ އެޕިސޯޑުތައް ބެލުމަށްފަހު އޭގައިވީ ކަންތައްތަކާއިމެދު ވިސްނެންވެސް ފެށިއެވެ.

އާދައިގެ މަތިން މަސައްކަތް ނިމުމަށްފަހު ރޭގަނޑު ގެއަށް ދިޔަ ރެއެކެވެ. އެއިރު ގަޑިން ނުވައެއް ޖަހައިފިއެވެ. ގެއަށް ދިޔައިރު އަހަރެން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެ ވަރުބަލި ވެފައެވެ. އެހެންކަމުން ބަދިގެ ފަރާތަށް ދިޔައިރު އަންހެނުން ހުރީ އަހަރެންގެ ދޮންދަރިފުޅު ކިރުތަށި ނުބޮއެގެން، އެކަމާ އެދަރިފުޅާ ދިމާލަށް ހަޅޭލަވާށެވެ. އަހަރެން ފެނުމުން އެދަރިފުޅު އަހަރެން ކައިރިއަށް އައިސް ކިރުތަށި ބޯނީ އަހަރެން އަތުން ކަމަށް ބުންޏެވެ. އެވަގުތު އަހަންނަށް ސިފަވީ އަހަރެން ބެލި ޝޯއިން އެކަހަލަ މަންޒަރެކެވެ. ބަނޑުހައި ހޫނުކަމުންނާއި ވަރުބަލިކަމުން، އަދި ސިކުނޑީގައި އެނބުރެމުން ދިޔަ ނޭދެވޭ ޚިޔާލުތަކުގެ ސަބަބުން އަހަންނަށް ދެން ކުރެވުނީ، މީގެ ކުރިން ދުވަހަކުވެސް އަހަރެން ކޮށްފައިނުވާ ކަމެކެވެ.

ހޭވެރިކަންވީ އަހަރެންގެ އަންހެނުން އައިސް އަހަރެންގެ ކަންފަތްމަތީގައި ވަރަށް ބާރަށް ޖަހާފައި ދަރިފުޅު އަހަރެން ކައިރިން ދުރަށްލުމުންނެވެ. އެއިރު އެދަރިފުޅު ވަރަށް ބާރަށް ގިސްލަގިސްލާފައި ރޮނީއެވެ. އަންހެނުންނަށް ވެސް ހުރީ ރޮވިފައެވެ. ރުޅިވެސް އައިސްފައެވެ. އޭނާ ބުނީ ހަމަ އެވަގުތުން ވަގުތަށް ގެއިން ނިކުމެގެން ދިޔުމަށެވެ. އަހަންނަށް ކުރެވުނު ކަންތަކާއި ލަދުވެތިވެ ވަރަށް ބޮޑަށް ދެރަވެސް ވިއެވެ. ގެއިން ނިކުންނަން އުޅުމުން، އަނބިމީހާ ބުނީ އެހާ ފަސޭހައިން ނުދެވޭނެ ކަމަށާއި ދަރިފުޅަށް އެހެން ހެދީތީ އަދަބު ދޭނެ ކަމަށެވެ.

ފުލުހުންނަށް ގުޅާ އަހަރެން ހަވާލު ކުރިއެވެ. ޖިޕަށް އެރުމުގެ ކުރިން އަންހެނުން ގާތު އަހަންނަށް މާފު ކޮށްދޭން އެދުނީމެވެ. އަދި ދޮންދަރިފުޅު ގާތުވެސް މާފަށް އެދުމަށްފަހު، އަހަންނަށް ޙައްޤު އަދަބު ލިބުމަށް ދިޔައިމެވެ.
އޭގެފަހުން ވަރަށް ގިނަ އަހަރު ވެއްޖެއެވެ. އަހަންނަކީ މިހާރު މިނިވަނެއް ކަމުގައި ވިޔަސް، އެހާދިސާ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެނެއް ނުދެއެވެ. އަލަތު ކައިވެނި ރޫޅި އަހަރެން ދެކެ އިންތިހާއަށް ލޯބިވި ދަރިފުޅާވެސް ވަކިވީ އަހަރެންގެ ކުށުންނެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ޖުހާ 2017-10-22 12:21:32

ތިކަލޭގެ ކީއްތަ ކުރީ އެކުއްޖާއަށް!


މަރިޔަމް ވަހީދާ