އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދިއަރަބިޔާއަށް ގެންނާނެ ކަމަށް ބުނާ ބަދަލުތަކަށް ޝައިޠާނުންގެ ތައުރީފް އޮހެނީ!

ސައުދިއަރަބިޔާއަށް ގެންނާނެ ކަމަށް ބުނާ ބަދަލުތަކަށް ޝައިޠާނުންގެ ތައުރީފް އޮހެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ސައުދިއަރަބިޔާއަށް ގެންނާނެކަމަށް އެޤައުމުގެ ސަރުކާރުން ބުނަމުން ގެންދާ ބަދަލުތަކަށް "ޝައިޠާނުން"ގެ ތައުރީފްތައް ދަނީ އޮހެމުންނެވެ.

މިގޮތުން ތައުރީފްތައް އެންމެ ފަހުން ބަންޑުންކޮށްލި މީހަކީ އިސްލާމް ދީނާއި ދެކޮޅަށް އެންމެ ފައުޅުކަންބޮޑު ގޮތެއްގައި މަސައްކަތްކުރަމުން ގެންދާ މަޝްހޫރު ވިޔަފާރިވެރިޔާ ރިޗަރޑް ބްރެންސަން އެވެ.

ރިޔާޛްގެ ރިޔާސީ ގަނޑުވަރުގައި ވާހަކަ ދައްކަމުން ރިޗަރޑް ބްރެންސަން ބުނީ ިއިސްލާޙީ ބަދަލުތައް ގެނައުމުގެ ވާހަކަތައް ދައްކަންވީ ނޫން ކަމަށާއި ބަދަލުތައް ގެނެސް ދުނިޔެއަށް ދައްކަންވީ ކަމަށެވެ. ސައުދިއަރަބިޔާއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ޤައުމަކަށް ހަދަންވީ ކަމަށެވެ.

ރިޗަރޑް ބްރެންސަން "ސައުދިއަރަބިޔާ" މާނަކޮށްފައިވަނީ މުސްލިމުންގެ އެންމެ މުހިންމު ބިނާތައް ހުރި މައްކާގެ ހަރަމްފުޅާއި މަސްޖިދުއްނަބަވީ ހުރި މުސްލިމުންގެ އެންމެ މުޤައްދިސް ބިންތައް ހިމެނޭ މައްކާ އާއި މަދީނާގެ ބިންތައްވެސް ހިމަނައިގެންނެވެ.

ރަތްކަނޑުގައި ޖުވާކުޅެ، ބަނގުރާ ބޭނުންކުރެވޭ ގޮތަށް އަދި ނައިޓް ކްލަބްތަކާއިއެކު ސައުދީ އިން ތަރައްޤީކުރާ 50 ރިޒޯޓު ރަށުގެ ތެރެއިން 1 ރަށް ތަރައްޤީކުރުމަށް ރިޗަރޑް ބްރެންސަން ވަނީ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. އޭނާއަކީ އެކަމަށް ޝައުޤުވެރިކަން ފައުޅުކުރި ބައިނަލްއަޤްވާމީ ފުރަތަމަ ފަރާތެވެ.

ސައުދިއަރަބިޔާއަށް ގެންނާނެކަމަށް ސައުދީ ސަރުކާރުން އިއުލާނުކޮށްފައިވާ އިޞްލާޙްތަކަށް ދީނީ އިލްމުވެރިން ފާޑުވިދާޅުވަމުން ގެންދަވާތީ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ބަންދުކޮށްފައެވެ. އަދި 2000 އަށްވުރެ ގިނަ ދީނީ އިލްމުވެރިންގެ ހުއްދަވެސް ވަނީ ބާޠިލްކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Aharen 2017-10-28 11:34:23

Subuhanallah


އަބްދުއްލަތީފް