އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންޗެސްޓަރ ސިޓީއިން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދައިފި

މެންޗެސްޓަރ ސިޓީއިން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބު ކޮށްފިއެވެ.

ރޭ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިންނެވެ.

ވެސްޓްބްރޮމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ސިޓީންނެވެ. މި ގޯލު މެޗުގެ 10 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ޖޭއި ރޮޑްރިގޭޒް ވަނީ ވެސްޓްބްރޮމް އަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ވެސްޓްބްރޮމް އިން މި ލަނޑު ޖަހާ ނަތީޖާ އެއްވަރުކުރިތާ ދެ މިނެޓްފަހުން ފާނަންޑީނިއޯ ވަނީ ސިޓީގެ ދެވަނަ ލަނޑު ޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ސިޓީއަށް ނަގާދީފައެވެ.

ސިޓީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން މެޗުގެ 64 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ރަހީމް ސްޓާލިންއެވެ. ވެސްޓްބްރޮމްގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މެތިއު ފިލިޕްސްއެވެ.
ރޭގެ މެޗަކީ ސިޓީން ބަލިނުވެ މި ސީޒަނުގައި ފުރިހަމަކުރި 15 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ރޭގެ ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 28 ޕޮއިންޓާއެކުއެވެ. 19 ޕޮއިންޓާއެކު އާސެނަލް ލީގުގެ ހަތަރުވަނައިގައި އޮތްއިރު ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން