އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެސީގެ ލަނޑާއެކު ބާސާ މޮޅުވެ، އެއް ވަނައިގައި 8 ޕޮއިންޓުގެ ލީޑެއް

މެސީގެ ލަނޑާއެކު ބާސާ މޮޅުވެ، އެއް ވަނައިގައި 8 ޕޮއިންޓުގެ ލީޑެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑާއެކު ބާސެލޯނާ އެތްލެޓިކޯ ކުލަބުގެ މައްޗަށް ކުރި ހޯދައި ލީގުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އެތްލެޓިކޯ ކުލަބުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާއެކު އެ ޓީމު ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 28 ޕޮއިންޓު ވަނީ ހޯދާފައެވެ. ދެވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 20 ޕޮއިންޓާއެކު ވާދަވެރި ރެއާލް މެޑްރިޑެވެ.

ކެޓަލޯނިއާގެ އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކެޓަލަންގެ ރައްޔިތުންގެ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަމުން ދިއުމާ ގުޅިގެން މެޗު ކުޅެފައިވަނީ ސަޕޯޓަރުންނާ ނުލައެވެ. މި މެޗު ފަސްކުރުމަށް ބާސާއިން އެދުނު ނަމަވެސް ސްޕެނިޝް އެފްއޭއިން ވަނީ އެކަން ބަލައި ނުގެންފައެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ބާސާ އެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެތީމަށް ކާމިޔާބު ކޮށްދިނީ މެސީއެވެ.

މި ލަނޑަށް ފަހުވެސް ބާސާއިން ރަނަގަޅަށް ކުޅެމުންދިޔަނަމަވެސް މި ހާފުގައި އެޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

ބާސާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ބާސާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި ދެމިނެޓުތެރޭގައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ޕައުލީނިއޯއެވެ.

ބާސާ ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ފުޅާ ކޮށްފައިވާއިރު، ވާދަވެރި ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ތިންވަނާގައެވެ. ރެއާލްއަށް މިރޭ ޖިރޯނާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވިނަމަވެސް އެޓީމަށް ލީގުގެ ދެވަނައަށް ވެސް އަދި އެރޭކަށް ނެތެވެެ. ދެވަނާގައި އޮތް ވެލެންސިއާ ބަލިވިނަމަވެސް ރެއާލްއަށް މިރޭގެ މެޗުން މޮޅުވެގެން ވެސް ވެލެންސިއާ ވައްޓައެއް ނުލެވޭނެއެވެ. އެހެން ނަމަވެސް އެއްޕޮއިންޓަށް ކައިރިކޮލެވިދާނެއެވެ.

ޖިރޯނާ އަދި ރެއާލް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 20:15 ގައެވެ. މި މެޗު ކުޅޭނީ ޖިރޯންގެ ދަނޑުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން