އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގާޅީންގެ ވިޔަފާރި ރާއްޖޭގައި ވަކި ހިއްޕާލާފައިވާ މިންވަރު މިކަމުންވެސް ހާމަވޭ...

ބަންގާޅީންގެ ވިޔަފާރި ރާއްޖޭގައި ވަކި ހިއްޕާލާފައިވާ މިންވަރު މިކަމުންވެސް ހާމަވޭ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

މީގެ އަހަރުތަކެއް ކުރިން ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ ވިޔަފާރީގައި އަތްގަދަކޮށްފައިވާ މިންވަރަކީ އަޅުގަނޑުމެންނަށް ފެނުނު މަންޒަރެއް ނޫނެވެ.

ހަމައެކަނި ފެންނަންއޮތީ ތާރީޚުގައި ލިޔެފައިވާ ލިޔުންތަކެވެ. ދެން ކާބަފައިން ކިޔާދީފައިވާ އެއްޗެކެވެ.

ރާއްޖޭގައި މިހާރު މިއޮތީ ވޯރާ ވިޔަފާރިބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަންގްލަދޭޝް އިން ރާއްޖެއައިސް ރާއްޖޭގައި އަތްގަދަކޮށްގެން އުޅޭ އެވެރިންގެ ވިޔަފާރި މުޅި ރާއްޖޭގައި އަތްގަދަކޮށްފައިވާ މިންވަރު ފެނުމުންނެވެ.



ކަންމަތީ ފިހާރައެއްވިޔަސް، ހޮޓަލެއްވިޔަސް އެވެރިންގެ މިވަނީ އެވެރިންގެ އަތްދަށުގައެވެ. ހެދޭނެ އެއްވެސް ގޮތެއް އެޅޭނެ ފިޔަވަޅެއް ނެތެވެ. ހައްތާވެސް ކިޔަނީ ފިޔަވަޅު އަޅާނެ ވާހަކައެވެ. އެޅޭތަނެއް ނުވަތަ އަޅާތަނެއް ފެންނަނީ ވަރަށް މަދުންނެވެ.

މާލެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކާއި ބޮޑުތަކުރުފާނުމަގުގައި ހުންނަ ގާޑިޔާތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީންތިބޭތީ އެކަންހުއްޓުވުމަށް 26 ސެޕްޓެމްބަރ 2017 ގައި އެ މިނިސްޓްރީން ނުކުންނަން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ގާޑިޔާތަކާއި މާރުކޭޓު ގޮޅިތަކުގައި ބިދޭސީ ސޭޓުން ތިބޭކަންފާހަގަވެފައިވާކަމަށާއިއެކަން ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އެކަމަކީ ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާއެއްބަސްވުމާއި ޚިލާފުކަމެއް ކަމަށާއި ސެޕްޓެމްބަރ 26، 2017 އިން ފެށިގެން ދެދުވަސް ތެރޭގައި އެކަން އިސްލާހުކުރަން އަންގާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައިއޭރު ބުނެފައިވެއެވެ. އަދި އިސްލާހުނުކޮށްފި ނަމަ "މާރުކޭޓުތަކުގެ ގޮޅިތަކާއިގާޑިޔާތައް ކުއްޔަށް ދިނުމާބެހޭއުސޫލު" ގެ ދަށުން ފިޔަވަޅުއަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.



މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭއުސޫލުގައިބުނެފައިވާ ގޮތުން ކުއްޔަށް ދޫކުރި ތަނެއް އިތުރު ފަރާތަކަށްކުއްޔަށްދޫކޮށްފިނަމަ، އެފަރާތެއް 5000ރ. އިން ޖޫރިމަނާ ކުރަންޖެހޭ އިރު، ކުއްޔަށްދޫކޮށްފައިވާ ތަން ހައުސިންގ މިނިސްޓްރީއަށް ނަގަންވެސް ޖެހެއެވެ.

ކޮންމެއަކަސް އެވާހަކަ ބާއްވާށެވެ.

މިއަދުނޫހަށް މަޢުލޫމާތުދެމުން ގާޑިއާ ހިންގާ މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނީ ބޮޑުތަކުރުފާނު މަގުގައި ހުރި 31 ގާޑިއާގެ ތެރެއިން 7 ގާޑިއާ ފިޔަވައި އެހެން ހުރިހާ ގާޑިޔަލެއްގެ ވެރިފަރާތަކީ ބިދޭސީން ކަމަށެވެ. ނުވަތަ ބަންގާޅީން ކަމަށެވެ.

އޭނާއަކީވެސް ގާޑިޔަލެއް ކުއްޔަށް ނަގައިގެން ހިންގާ މީހެއް ކަމަށާއި އެ ގާޑިއާވެސް ގަންނަން އެތައް ބޭރުމީހުންނެއް މިހާރު އަތުވެއްޖެ ކަމަށެވެ. އަދި އެގާޑިޔަލުގެ އަސްލު ވެރިމީހާވެސް އެތައް ފަހަރަކު އޭނާއަތުން އެގާޑިޔާ ނަގާނެކަމުގެ އިންޒާރުދީފައިވާ ކަމަށެވެ.

މިއަދުނޫހަށް މަޢުލޫމާތުދެމުން އޭނާ ބުނީ ގާޑިޔަލުގެ ވެރިފަރާތުން އެގާޑިޔާ އޭނާއަތުން އަތުލަން ނިންމި ސަބަބަކީވެސް ބޭރުމީހަކަށް ދޭން ކަމަށެވެ.

މިހެން މިކަންތައް ހުރި އިރު، މިއީ މި ޒަމާނުގެ ވޯރާ ވިޔަފާރިވެރިންނޭ ނުބުނެވޭނެ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް