އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރވޭ: އެންމެ ގިނައިން މީހުންނަށް ބޭވަފާތެރިވެވެނީ ކިހިނެއް؟ އަދި ކީއްވެ؟

ސަރވޭ: އެންމެ ގިނައިން މީހުންނަށް ބޭވަފާތެރިވެވެނީ ކިހިނެއް؟ އަދި ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

ބޭވަފާތެރިވުމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ނޭދެވޭ ބައްޔެކެވެ. ދުނިޔޭގެ %95 އަށް ވުރެ ގިނަ މީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން، އެކުގައި އުޅޭ ބައިވެރިޔާއަށް ކޮންމެވެސް އެއް ގޮތަކަށް ބޭވަފާތެރިވެފައި ތިބި މީހުންނެވެ.

އެއްބަޔަކު އެމީހުންގެ ބައިވެރިޔާގެ ރައްޓެއްސަކާއި މާގާތް ގުޅުމެއް ބާއްވައިގެން ބޭވަފާތެރިވާއިރު، އަނެއް ބަޔަކު ބޭވަފާތެރިވަނީ މަޖަލަކަށް ކުރާ ކަމެއް ގޮތުގައި ސޯޝަލް މީޑިއާގެ އެކިއެކި އެޕްލިކޭޝަނުންނެވެ.
އެންމެ ގިނައިން މީހުން ބޭވަފާތެރި ވަނީ ކިހިނެއްތޯ އަދި ކޮން ސަބަބަކާއި ހެދިތޯ ބަލާލުމަށް "މިއަދުނޫހުގެ" ފަރާތުން ސޯޝަލް މީޑިއާގައި ސަރވޭއެއް ކުރިއަށް ގެންދިޔައީމެވެ.

ފާރިޝް (23އ.)

"އެންމެ ގިނައިން މީހުންނަށް ބޭވަފާތެރި ވެވެނީ ފޭސްބުކް އިން. އޭގެން ދުރާއި ގާތުން އެކިއެކި ކުދިންނާއި ފާޑުފާޑު ގޮތްގޮތަށް ވާހަކަ ދައްކާނެ. އަހާއިރަށް އަންހެންވެރިން ބުނާނެ އެއީ ހަމަ ރައްޓެއްސެކޭ، މަޖަލަކަށް ވާހަކަ ދައްކާ ގޮތޭ. ދުވަސްކޮޅެއް ނުވެ ފެންނާނީ ސައިކަލު ބުރު ޖަހަން ދާ ތަނާއި ކޮފީތަކަށް ގޮސް އިންދާ. އެވެސް ދެން ހަމަ ފުރެންޑެކޯ. ފަހުން މިއެނގެނީ ކޮން ލެވެލެއްގެ ފުރެންޑެއްކަން. ނޭނގެ ކީއްވެ ކަމެއް ބޭވަފާތެރި ވަނީ. އެހިން އޭނަ ކަައިރީ. ބުނީ ނޭނގެޔޯ. މަޖަލަކަށް ކުރި ކަމެކޯ."

އީނާލް (20އ.)

"އެންމެ ގިނައިން މިފިރިހެނުން ބޭވަފާތެރިވަނީ އެމީހުންގެ ލޮލަށް ފެންނާތީ. ދެން އިންނަ މީހަކު ގެންގުޅޭނީ ކަނުބަނދެގެން. އޭރުން އެހެން އަންހެން ކުދިންނަކަށް ނުބަލާނެއްނު. ބޭވަފާތެރިވަނީ ކަށީގަ ހިފާފަ ހުރި ކަމެއް ވީމަ"

މިޝްޓީ (33އ.)

"ބޭވަފާތެރިވީ އެކުގައި އުޅުނު ރަޙުމަތްތެރިޔާ އަށް ވެސް އިތުބާރު ކޮށްފަ އޭނައާއި އަހަރެން އިންނަން އުޅުނު ކުއްޖާއާއި ވެސް ރައްޓެހި ކޮށްދެވުނީމަ. ފަހުން އެމީހުން ގާތްވެގެން ގުޅިގެން ގޮސް އަހަރެން ބާކީވީ. ބޭވަފާތެރި އެވީ އެއްވެސް އިރަކު އޭނަ އަހަރެން ދެކެ ލޯބި ނުވީމަ"

އިހުސާން (21އ.)

"ގިނައިން މީހުން ބޭވަފާތެރިވަނީ ސޯޝަލް މީޑިއާއިން. މަޖާ ކަމަކަށް ވެގެން އެހާ ސީރިއަސް ނުވެ އެގޮތަށް ވާހަކަ ދައްކަނީ"

ވަހީދު (33އ.)

"އެފްބީ އާއި ސްނެޕްޗެޓާއި ވައިބަރ އިން މިހާރު ގިނަ މީހުން ބޭވަފާތެރިވަނީ. ހަގީގަތުގައި ގިނަ މީހުންނަށް ނުވެސް އެނގޭ އެވެވެނީ ބޭވަފާ ކަމެއް ވެސް. އެމީހުން ދެކޭ ގޮތުގައި އެހެން އަދި މީހަކާއި ޗެޓު ކޮށްލިޔަސް އެއީ މައްސަލައެއް ނޫން، އެގޮތް ގޮތަށް ވާހަކަ ދެއްކިޔަސް އެއީ މައްސަލައެއް ނޫން. އެމީހުން ބުނާ ގޮތުގައި ހަމަ ނަތިންގ ސީރިއަސް، ބައިވެރިޔާއާއި އެކު އުޅޭހާ ހިނދަކު. އެކަމަކު އަސްލު އެގޮތަށް އެހެން މީހަކާއި ކުޑަކޮށްވެސް ވާހަކަ ދައްކައިފިއްޔާ ހަމަ ބެވަފާތެރި ދޯ އެވެނީ"

މިއާޒު (30އ.)

"މާބޮޑަށް ލޯބިވެގެން ގޮސް ބޭވަފާތެރިވަނީ. އެއީ އެހެން އެންމެންނަށް ވެސް ލޯބި ބޭނުންވާތީ، އެންމެންނަށް ވެސް ލޯބިދޭން ވެގެން އަސްލު އެކަން ކުރަނީ. އަނެއްހެން ބުނަންޏާ ހަމަ ޗެރިޓީ މަސައްކަތެއް. ގިނައިން ބޭވަފާތެރި ވަނީ ގާތް ރައްޓެހިންނާއިއެކު"

ހާފިޒް (21އ.)

"ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނައިން މީހުން ބޭވަފާތެރިވަނީ. ނޭނގެ ކީއްވެ ކަމެއް ބޭފަވާތެރިވަނީ، ހީވަނީ އެމީހުން މޮޔަ ކަމުންހެން"

ވިރާޝާ (35އ.)

"ގިނައިން މިފިރިހެނުން ބޭވަފާތެރިވަނީ އެމީހުން ގާތް ރައްޓެހިންނޭ ކިޔައިގެން ގެންގުޅޭ މީހުންނާއި އެކީ. އެމީހުންނާ މާގައި ގޯޅިކޮށް އުޅެއުޅެފަ އެމީހުންނާއިއެކީ އެހެން ކަންތައް ވެސް ކުރަނީ. ގިނަ ފަހަރަށް އެމީހުން މިގޮތަށް ބޭވަފާތެރިވަނީ އެކުގައި އުޅޭ ބައިވެރިޔާ ކައިރީގައި ނުހުންނާތީ، އެބައި ފޫ ބައްދަން ވެގެން އިތުބާރު ކުރެވޭ މީހަކާއިއެކު ކުރަނީ"

ތޫކީ (22އ.)

"މަ ނުކިޔާނަން އެއީ ބޭވަފާތެރިވުން ކަމަކަށް ވެސް. ގެންގުޅޭ ބިޓު ކައިރީގަ ނެތިއްޔާ އެހެން މީހުންނާއި އެއްކޮށް ސަކަރާތް ޖަހާލުން އެއީ މައްސަލައެއް ނޫން. އަމިއްލަ މިނިވަންކަން ދޯ. އޭނަވެސް ބޭނުމިއްޔާ ހަމަ އެހެން އުޅެންވީ. ކައިރިއަށް އާދެވުނީމަ ދެމީހުން އެއްކޮށް އުޅޭނީ. އޭނައީކަން ސީރިއަސް އޭނައަށް އިނގެން ޖެހޭނެ"

ތަރުޖަމާނު (40އ.)

"މިހާރު އުޅޭ ކުދިން އެކި ގޮތްގޮތަށް ބޭވަފާތެރިވޭ. އެއްބަޔަކު ސޯޝަލް މީޑިއާގެ އެކި އެއްޗެހިން. އަނެއް ބަޔަކު ކޮއްކޮ އެއްގެ ރައްޓެއްސަކާއިއެކު ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސަކާއިއެކު ނުވަތަ އަމިއްލަ ރައްޓެއްސަކާއިއެކު. ފުރަތަމަ އެކަން ފެށޭނީ އިނޮސެންޓު މެސެޖު ކުރުން ތަކަކުން، އެކަމަކު ފަހުން ކޮފީތަކުން ގޮސް ކެއުންތަކުން ގޮސް ނިމޭނީ އެނދުމަތިން. މިއީ ވަރަށް ދެރަ ކަމެއް ހަގީގަތުގައި. ބޭވަފާތެރި މީހުން ވަނީ ހަގީގަތުގައި ބައިވެރިޔާ ދެކެ ހަގީގީ ލޯބި ނުވާތީ އާއި އަބަދުވެސް އައު އެއްޗެހި ޓެސްޓު ކުރަން ބޭނުންވުމާއި ދިރިއުޅުން މާމަޖާކޮށް ނަގާތީ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ