އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިވަރަށް ނުނިދާ! ތިއީ ސިއްޙަތައް ވަރަށް ގެއްލުންހުރި ކަމެއް!

ތިވަރަށް ނުނިދާ! ތިއީ ސިއްޙަތައް ވަރަށް ގެއްލުންހުރި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ނިންޖަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. އެދުވަހެއްގެ ކަންކަމަށް ރަނގަޅަށް ސަމާލުކަންދީ، ރަނގަޅަށް މަސައްކަތްތައް ކުރެވޭނީ ހަމަ ނިދި ލިބިގެންނެވެ.

ނަމަވެސް އޭގެ މާނައަކީ މާގިނައިން ނިދާށެކޭއެއް ނޫނެވެ. ހަމަ ނިދިނުލިބުމުން ސިއްޙަތައް ގެއްލުންވާ ފަދައިން، މާގިނަ ވަގުތު ނިދުމުން ވެސް ސިއްޙީ ގޮތުން ނުރައްކާތަކަކާއި ކުރިމަތިލާން ޖެހެއެވެ. ނިދާގޮތަށް ދިހަ ގަޑިއިރު ނުވަތަ 11 ގަޑިއިރު ފަހުން، ނުވަތަ އެއަށް ވުރެވެސް ގިނައިރު ފަހުން ހޭލުމުން، އިންސާނާއަށް ވަރަށް ގިނަ ގުނަ ސިއްޙީ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހެއެވެ.

އެމެރިކާގެ "ނޭޝަނަލް ސްލީޕް ފައުންޑޭޝަން" އިން ވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންނަށް ދުވާލެއްގެ މައްޗަށް ނިދި ބޭނުންވާނެ އަދަދު ހާމަ ކޮށްފައެވެ.

އުފަންވުމާއި ތިން މަހާއި ދެމެދު ކުދިންނަށް- 14 ގަޑީރާއި 17 ގަޑީރާއި ދެމެދުގެ ނިދި

ހަތަރު މަހާއި 11 މަހާއި ދެމެދު ކުދިންނަށް- 12 ގަޑީރާއި 15 ގަޑީރާއި ދެމެދުގެ ނިދި

އެއް އަހަރާއި ދެ އަހަރާއި ދެމެދު ކުދިންނަށް- 11 ގަޑީރާއި 14 ގަޑީރާއި ދެމެދުގެ ނިދި

ތިން އަހަރާއި ފަސް އަހަރާއި ދެމެދު ކުދިންނަށް- 10 ގަޑީރާއި 13 ގަޑީރާއި ދެމެދުގެ ނިދި

ހަ އަހަރާއި 13 އަހަރާއި ދެމެދު ކުދިންނަށް- ނުވަ ގަޑީރާއި 11 ގަޑީރާއި ދެމެދުގެ ނިދި

14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް- އަށް ގަޑީރާއި 10 ގަޑީރާއި ދެމެދުގެ ނިދި

18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް- ހަތް ގަޑީރާއި ނުވަ ގަޑީރާއި ދެމެދުގެ ނިދި

26 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނަށް- ހަތް ގަޑީރާއި ނުވަ ގަޑީރާއި ދެމެދުގެ ނިދި

65 އަހަރާއި 65 އަހަރުން މަތީގެ މީހުންނަށް- ހަތް ގަޑީރާއި އަށް ގަޑީރާއި ދެމެދުގެ ނިދި

މާގިނައިރު ވަންދެން ނިދުމުން ވަރަށް ގިނަ ސިއްޙީ މައްސަލަތަކަކާއި ކުރިމަތިވެއެވެ. އެގޮތުން ދިމާވާ ބައެއް މައްސަލަތަކަކީ:

• ހިތުގެ މައްސަލަތައް ޖެހުން

އެމެރިކާގެ ޖަރނަލް އޮފް ކާޑިއޮލޮޖީ ގައި 2013 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މާގިނައިން ނިދުމަކީ ހިތުގެ ލެފްޓު ވެންޓްރިކިއުލާ އަށް ބުރަވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ހިތް ހުއްޓުން ފަދަ ކަންކަމާއި ދިމާވެދާނެ ކަމަށެވެ.

• ފަލަވުމަށް މަގުފަހިވޭ

ނިންޖާއި ބެހޭ ގޮތުން 2008 ވަނަ އަހަރު ސޯޝަލް ސައިންސް އެންޑް މެޑިސިން ގައި ރިޕޯޓު ކޮށްފައިވަނީ، ބޮޑެތި މީހުން ދުވާލަކު އަށް ގަޑީރަށް ވުރެ މާބޮޑަށް ގިނައިރު ވަންދެން ނިދުމަކީ އެމީހުންގެ ބަރުދަން އިތުރުވެ، ފަލަވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

• ހަކުރުބަލި ޖެހުމަށް މަގުފަހިވޭ

ގިނައިރު ނިދުމަކީ ލޭގައި އުފައްދާ ހަކުރު ގިނަކޮށް، އިންސާނާއަށް ހަކުރުބަލި ޖެހެން މަގުފަހިވާ ކަމެކެވެ.

• ނަފްސާނީ ބަލި ޖެހޭ

ގިނައިރު ނިދާފައި ހޭލެވުމުން، އިންސާނާ މާޔޫސްވެ ނަފްސާނީ ބަލި ޖެހުމަށް ވެސް މަގުފަހިވެއެވެ. ދުވާލުގެ ބޮޑު ބައިގާ ނިދުމުގެ ސަބަބުން ހަލަބޮލިވެ ނޫޅެވުމުން ސިކުނޑިއަށް އަސަރުކޮށް، ކުއްލިއަކަށް އިނދެފައި މީހާ ހިތްމޮޅިިވެ ދެރަވާން ފަށައެވެ.

• ބޮލުގައި ރިއްސުން

ޝައްކެއްވެސް ނެތް ގޮތުގައި ހަމަ ނިދި ނުލިބުމުން ބޮލުގައި ރިއްސައެވެ. ހަމަ އެފަދައިނ މާގިނައިން ނިދުމަކީ ވެސް ބޮލުގައި ރިއްސާނެ ކަމެކެވެ. މިހެން މިކަންވަނީ، ނިދި ހަމަ ނުވުމުން ސިކުނޑިއަށް ކުރާ އަސަރެއްގެ ބޮޑު ކަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







rayyithu meehaa 2017-11-09 20:48:24

maadhamaa bunaane ginain nidhumakee sihhathah faidhaa huri kamekey


މަރިޔަމް ވަހީދާ