އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

1300 އަހަރު ފަހުން 2 ޞަހާބީންގެ މަހާނަފުޅު ކޮނުނުއިރު ހަށިކޮޅަށް އެއްވެސް ބަދަލެއް ނާދޭ- ލޯފުޅުގައި ވެސް ނޫރު ހުރި!

1300 އަހަރު ފަހުން 2 ޞަހާބީންގެ މަހާނަފުޅު ކޮނުނުއިރު ހަށިކޮޅަށް އެއްވެސް ބަދަލެއް ނާދޭ- ލޯފުޅުގައި ވެސް ނޫރު ހުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

1929 ވަނަ އަހަރު އިރާޤުގެ ވެރިކަމުގައި ހުންނެވި ވެރިޔާއަށް ތަކުރާރުކޮށް ފެނިވަޑައިގަންނަވަމުން ދިއަ ހުވަފެން ފުޅަކާއި ގުޅިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ 2 ޞަހާބީ ބޭކަލެއްގެ މަހާނަފުޅު ކޮނުނެވެ. ދީނީ އިލްމުވެރިންގެ ލަފާފުޅާއިއެކުގައެވެ.

ދެ ބޭކަލުން ފަސްދާނުލެވިފައިވަނީ އެއިގެ 1300 އަަހރުކުރިންނެވެ. އެހެންކަމާއިއެކުވެސް ދެބޭކަލުންގެ ހަށިކޮޅަށްވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ވަޅުފުޅުލުމުން ހަށިކޮޅުގެ މައްޗަށް އެޅުނު ވެއްޔާއި ގަލުން ކޫރުމެއްވެސް އެޅިފައެއް ނުވެއެވެ.

ދެ ބޭކަލުންގެ ލޯފުޅު ޗެކުކުރުމަށްފަހު ލޮލުގެ ސްޕެޝަލިސްޓުން ބުނި ގޮތުގައި ލޯފުޅަށްެ ފެނުމުގެ ބާރު ފުރިހަމައަށް ހުއްޓެވެ. ލޯފުޅުގެ ނޫރަށް ވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ހަމަ ދިރި ހުރި މީހެއް ފަދައިން ފެނެއެވެ.

ދެ ޤަބުރުފުޅު ނަގައިގެން ގެންގޮސް ވަނީ ސަލްމާނުލްފާރިސީގެ މަހާނަފުޅާއި ޖެހިގެން ފަސްދާނު ލައިފައެވެ.

ހުވަފެންފުޅުގައި 2 ބޭކަލުން ވެރިޔާއަށް ދެންނެވިކަމަށް ވަނީ ތިޤްރިސް ކޯރުގެ ފެން މަހާނަފުޅަށް ފޯރާ ކަމަށާއި އެކަމުން ދެ ބޭކަލުންނަށް އުނދަގޫފުޅުތަކެއް ލިބިވަޑައިގަންނަވަމުންދާ ކަމަށެވެ.

ތަކުރާރުކޮށް ހުވަފެންފުޅު ފެންނާތީ ދީނީ ޢިލްމުވެރިން އިލްމުވެރިންނަށް ހުވަފެންފުޅު ވިދާޅުވެ ދެއްވުމުން ހުވަފެން ފުޅުގައި ހަމަ އެގޮތަށް ފެނިވަޑައިގެންފައިވާ ކަމަށް އެއް އިލްމުވެރިއަކު ވިދާޅުވި ކަމަށްވެއެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







2017-11-12 17:17:07

احمد 2017-11-12 19:13:50

سبحان الله


އަބްދުއްލަތީފް