އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދާލު އެއާޕޯޓް: ފުރިހަމަ ކަމުގަ ނަމުނާ އެއާޕޯޓެއް!

ދާލު އެއާޕޯޓް: ފުރިހަމަ ކަމުގަ ނަމުނާ އެއާޕޯޓެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު

ދާލު އެއަރޕޯޓް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދ. ކުޑަހުވަދޫގައި ތަރައްޤީކުރި ދާލު އެއާޕޯޓް މިހާރުވަނީ ރަސްމީކޮށް ހުޅުވައިފައެވެ. އެކަމަށްޓަކައި އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓް ރަސްމީ ގޮތުން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެވެ.

ދާލު އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ލަޠީފް ވިދާޅުވީ ރަސްމީކޮށް ހުޅުވިގެން މިދިއަ ދާލު އެއަރޕޯޓަކީ، ދާލު އެއަރޕޯޓް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުން ކަމުގައިވާ ސަންޖޭމަނިކާއި، މުޙައްމަދު ޚަލީލު ދެކިލެއްވި ވަރަށް ފޮނި ހުވަފެނެއް ކަމަށެވެ. މި އެއަރޕޯޓް ބިނާ ކުރެއްވުމުގައި އެބޭފުޅުންގެ ތަޞައްވުރަކީ، އެންމެ ޒަމާނީ ފަންނުވެރިކަން ދައްކުވައިދިނުމާއެކު، އެއަރޕޯޓެއްގައި ހުންނަންޖެހޭ ފުރިހަމަ ސުމޭކު އާލާތްތަކާއިއެކު، ވައިގެ ދަތުރު ފަތުރުގެ ޞިނާއަތް ޤަބޫލުކުރާ އެފަދަ ދެވަނައެއް ނުވާ އެއަރޕޯޓެއް އެޅުއްވުން ކަމަށެވެ. އަދި ހަމަ މިއާއިއެކު އިޤްތިޞާދީ ފުދުންތެރިކަމަށް މަގުފަހި ކުރުވާ ވައިގެބަނދަރެއް ޤާއިމުކޮށް، އޭގެ ފައިދާ މުޅި ދިވެހި ޤައުމަށާއި ދުނިޔޭގެ އެތައްމިތަނުން ދަތުރުކުރައްވާ އާހިތަވެރީންނަށް ފޯރުކޮށްދިނުން ކަމަށެވެ.



"ދ. ކުޑަހުވަދޫގެ ފަޅުން 64 ހެކްޓަރު ބިމެއް ހިއްކައިގެން ގާއިމުކުރެވިފައިވާ، ދާލު އެއަރޕޯޓަކީ އިންޓަރނޭޝަނަލް ސިވިލްއޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ)ގެ ކެޓަގަރީ 3 ސީގެ އެއަރޕޯޓެއް! މި އެއަރޕޯޓަކީ ދިވެހި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ޤަބޫލު ކުރާ އެއަރޕޯޓެއްގެ ގޮތުގައި، މިއަހަރުގެ ޖޫންމަހުގެ 22 ވަނަ ދުވަހުވަނީ ކަނޑައަޅުއްވާފައި! ދާލު އެއަރޕޯޓްގައި އަޅާފައިވާ 1800 މީޓަރުގެ ރަންވޭއަކީ ޑޭޝް-8 އަދި އޭ.ޓީ.އާރު 27/24 ގެ މަރުކާގެ ބޯޓް ފަހަރަށް ޚިދުމަތް ދެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ރަންވޭއެއްކަން ފާހަގަކުރަން!"

އަހްމަދު ލަޠީފް ވިދާޅުވީ ދާލު އެއަރޕޯޓްގައި ބިނާކޮށްފައިވާ ޓާމިނަލަކީ އެންމެ ޒަމާނީ ފެންވަރަށް ހެދިފައިވާ ޓާމިނަލެއް ކަމަށާއި މިކަމުގެ ސަބަބުން އެއަރޕޯޓްގެ ޚިދުމަތް ލިބިގަންނަ އެންމެހައި ދަތުރުވެރިންނަށް ފަސޭހަކަމާއި ހިންހަމަޖެހުން ލިބިގެންދާނެކަމަށެވެ. އަދި މިޓާމިނަލްގައިވާ ހިރިޔާ މާލަމަކީ، ރާއްޖޭގެ އެއަރޕޯޓެއްގައި ހެދިފައިވާ އެންމެ ފުރިހަމަ މާލަންކަން ފަޚްރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.
އަޙްމަދު ލަޠީފް ވިދާޅުވީ މި އެއަރޕޯޓްގެ ޚިދުމަތް ހޯދާ ދަތުރުވެރިންނަށް، އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދަތުރުވެރިންގެ ލަގެޖު އުފުލުމާއި، ދަތުރުވެރިން އުފުލުމަށް ބޭނުންކުރެވެނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ ބަގީއާއި ބަސް ކަމަށެވެ.
މިއެއަރޕޯޓްގެ ޚިދުމަތް ހޯދާ ފަތުރުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް، ރިސޯޓްތަކުން ބޭނުންފުޅު ވާނަމަ، ރިސޯޓްތަކަށް ޚާއްޞަ ކުރެވިފައިވާ ކައުންޓަރުތަކާއި، މަސައްކަތް ކުރުމުގެ ޖާގަ މި އެއަރޕޯޓުން ލިބިގެންދާނެކަމަށްވެސް އަޙްމަދު ލަޠީފް ވިދާޅުވިއެވެ.

"ދާލު އެއަރޕޯޓް މެނޭޖުމަންޓްގެ އެންމެ ބޮޑު އަމާޒަކީ، ވައިގެ ދަތުރުފަތުރުގެ ޞިނާއަތުގައި ބޭނުންކުރާ އެންމެ ޒަމާނީ ވަޞީލަތްތައް ގާއިމުކުރުން. މިގޮތުން މިއެއަރޕޯޓްގެ ރަންވޭގެ ދެފަރާތުގައި ހަރުކުރެވިފައިވާ ލައިޓްތަކަކީ ސޯލާރ ޕަވަރޑް އެޖެސްޓަބަލް ލައިޓިން ސިސްޓަމެއް! . މިއީ ދިވެހިރާއްޖޭގެ އެއަރޕޯޓެއްގައި މިފަދަ ލައިޓިންގ ސިސްޓަމެއް ބޭނުންކޮށްފައިވާ ހަމައެކަނި އެއަރޕޯޓް! ހަމަ މިއާއެކު ބައިނަލްއަޤުވާމީ ވައިގެ ދަތުރު ފަތުރާ ބެހޭ ޤަވާޢިދުތަކުގެ ދަށުން މި އެރޕޯޓްގައި ޤާއިމުކޮށްފައިވާ ޓެކްސީވޭ ލައިޓިން އަދި ވިންޑް ޑައިރެކްޝަން އިންޑިކޭޓަރ ސިސްޓަމަކީވެސް ސޯލަރ ޕަވަރޑް ސިސްޓަމްތަކެއް! މިއީވެސް ރާއްޖޭގައި އަލަށް ބޭނުންކުރަންފެށި ސޯލަރޕަވަރޑް ސިސްޓަމްތަކެއްކަން މި ފާހަގަ ކުރަނީ އުފަލާއެކު."

އަޙްމަދު ލަޠީފް ވިދާޅުވީ ދާލު އެއަރޕޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަންވެސް ކުރެވިގެން މިދަނީ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކުގެ އެހީގައިކަމަށާއި މިކަމުގެ ސަބަބުން އެމަސައްކަތް ކުރާ ފަރާތްތަކަށްވެސް ލުއި ފަސޭހަކަމާއި ހިންހަމަ ޖެހުން ލިބިގެން ދާނެކަން ޔަޤީން ކުރައްވާ ކަމަށެވެ.

"އެއަރޕޯޓްގެ ޚިދުމަތް ފެށުމުގެ ކުރިން ހަދަންޖެހޭ އޮޑިޓް ހެދުމުގެ ތެރޭގައި، ދާލު އެއަރޕޯޓްގެ އެންމެހާ ކަންތައްތައް އިންތިޒާމްކުރެވިފައިވާ ގޮތާއި ދޭތެރޭ ހިންހަމަޖެހޭކަން، މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީން ހާމަކުރައްވާފައިވާކަން މިފާހަގަ ކުރަނީ ނުހަނު އުފަލާއެކު. ސަބަބަކީ އެއަރޕޯޓް އޮޑިޓްކުރުމަށް އެމް.ސީ.އޭ.އޭ ގެ ބޭފުޅުން ވަޑައިގަތުމުގެ ކުރިން، އަޅުގަނޑުމެން ވާނީ މި އެއަރޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ޤާއިމުކޮށް ނިންމާފައި!"

އަޙްމަދު ލަޠީފް ވިދާޅުވީ ޒަމާނީ ވަޞީލަތްތަކާއި އެކު ދާލު އެއަރޕޯޓް ހުޅުވިގެންދިއައިރު މި އެއަރޕޯޓްގައި އިންސާނީ ވަޞީލަތްތައް ޤާއިމުކޮށް މުއައްޒަފުން މަސައްކަތުގެ ދާއިރާއަށް އަޙްލުވެރިކުރުމަށް ވާނީ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި މިގޮތުން މި އެއަރޕޯޓްގައި މަސައްކަތްކުރާ ކޮންމެ މުއައްޒަފަކީވެސް އެމުވައްޒިފެއްގެ ދާއިރާއިން ތަމްރީނު ލިބިފައިވާ މުއައްޒަފެއްކަން ފާހަގަކުރައްވާ ކަމަށެވެ. "މިއީ، އެމް.ސީ.އޭ.އޭ ޤަބޫލު ކުރާ ހުރިހާ ތަމްރީންތަކެއް އެއަރޕޯޓް ގެ ޚިދުމަތް ފެށުމުގެ ކުރިން، ފުރިހަމަ ކުރި ހަމަ އެކަނި އެއަރޕޯޓްކަން، މިއަހަރުގެ މެއިމަހު އެއަރޕޯޓް ހިންގުމުގެ ހުއްދަދެއްވި އިރު އެމް. ސީ.އޭ.އޭ ވެސް ވަނީ ފާހަގަކުރައްވާފައި!"

އަޙްމަދު ލަޠީފް ވިދާޅުވީ ދަތުރުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ޓާރމިނަލްގެ ތެރޭގައި ކެފޭއަކާއި ޓާމިނަލް ބޭރުގައި ރިސޯޓްތަކުގެ ރެސްޓޯރެންޓްތައް ހުންނަ ފެންވަރުގެ ހިތް ފަސޭހަ ރެސްޓޯރެންޓެއްގެ މަސައްކަތް އަޅުގަނޑުމެން ގެންދަނީ ކުރަމުން ކަމަށާއި މި ރެސްޓޯރެންޓު ބޭނުން ކުރުމުގެ ފުރުޞަތު ދަތުރުވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ހުޅުވިގެން ދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލްއަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒައާމަތުގެ ދަށުން ދިވެހިރާއްޖެ މިދަނީ އިޤްތިޞާދީ އާ އުސްމިންތަކަކަށް ދަތުރު ކުރަމުން. އިންވެސްޓަރުންނަށް ލިބިފައިވާ އިތުބާރާއި ޔަޤީންކަމުގެ ސަބަބުން މިއަދު ރާއްޖޭގެ އެތައްރަށެއްގައި އެއަރޕޯޓްތައް އެޅުމުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރެވެމުން އެބަދޭ! ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އެއަރޕޯޓްތައް ހުޅުވެމުންދާއިރު، ދާލު އެއަރޕޯޓް މެނޭޖުމަންޓްގެ އަމާޒަކީ ކަންކަން ކުރަން ފަހަށް ނުބަހައްޓައި، ފުރިހަމަ ވަޞީލަތްތަކާއިއެކު މި ސިނާޢަތުގެ ނަމޫނާ އެއަރޕޯޓަކަށް ދާލު އެއަރޕޯޓް ހެދުން. މި އެއަރޕޯޓަކީ އަޅުގަނޑުމެން މިކުރި އިންވެސްޓްމެންޓްގެ ބިންގާކަމުގައި ބަލައިގެން ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން މަސައްކަތްކުރަނީ މިއަށްވުރެ މާ ފުރިހަމަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް! މި އަމާޒަށް ވާޞިލުވުމަށް އަޅުގަނޑުމެންގެ މުޅި ޓީމު މިތިބީ އަތުކުރި އޮޅާލައިގެން!" ކަމަށްވެސް އަޙްމަދު ލަޠީފް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







މާއިޒް ކަނޑިންމަ މޯލްޑިވްސް 2017-11-13 18:28:42

މިއީ ރާއްޖޭގައި މިހާރު އޮތް އެންމެ ފެންވަރު ރަނގަޅު އެއާރޕޯޓް. ޝުކުރިއްޔާ އޯވނަރު ސަންޖޭ އަދި ހަލީލް.


އަބްދުއްލަތީފް