އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޓަލީ ކަޓުވާލުމަށްފަހު ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ !

އިޓަލީ ކަޓުވާލުމަށްފަހު ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފްގެ ދެވަނަ ލެގުގައި އިޓަލީއާ ވާދަކުރި މެޗު އެއްވަރުވެ އެގްރިގޭޓް ނަތީޖާއިން ކުރިލިބިގެން ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.

މިރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވީ އެގްރިގޭޓް 0-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ސްވިޑެން އިން ކާމިޔާބުކުރީ 0-1 އިންނެވެ.

އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިޓަލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް އެޓީމަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް އިމޯބިލޭ އާއި ފްލޮރެންޒީ ފޮނުވާލި ހަމަލާތައް ގޯލާއަމާޒުވާގޮތް ވަނީ ނުވެފައެވެ.

ސްވިޑެންގެ ފަރާތުން މި މެޗުގައި ދައްކުޅުމެއް ފެނިގެންދިޔަނަމަވެސް އެޓީމުން މި މެޗުގައި ކުޅެފައިވަނީ ޑިފެންސިވް ގޭމެކެވެ. އެގޮތުން ދެވަނަ ހާފްގައި އިޓަލީން ސްވިޑެންގެ ފަހަތަށް ބާރުބޮޑުކޮށް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެހެން ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އެގޮތުން ފްލޮރެންޒީ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އިބޯމިލޭ އާއި ބެލޮއްޓީ އަދި އަލް ޝަރާވީ ފޮނުވާލި ހަމަލާތަށް ދިފާއުކޮށްފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސަންއެވެ.

މެޗުގެ ފަހުވަގުތުކޮޅުތެރޭ ގޯލެއް ކާމިޔާބުކުރުމަށް މުޅި އިޓަލީ ޓީމު ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ސްވިޑެންގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މިއީ 60 އަހަރަށްފަހު އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ 2006 ވަނަ އަހަރަށްފަހު ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ޕްލޭއޮފް ކުޅެގެން ސްވިޑެން ވޯލްޑްކަޕުން ޖާގަ ހޯދިއިރު، ކްރޮއޭޝިއާ އާއި ސްވިޒަލޭންޑް ވެސް ވަނީ ޕްލޭއޮފް ކުޅެގެން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން