އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭފަތާއި ބޯކަނޑާލާނެ ކަމަށް ބުނުމުން ޖަވާބުގައި ދިޕިކާ ބުނީ "ބިރެއް ނުގަނޭ"

ނޭފަތާއި ބޯކަނޑާލާނެ ކަމަށް ބުނުމުން ޖަވާބުގައި ދިޕިކާ ބުނީ "ބިރެއް ނުގަނޭ"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަޑުކޯން އެންމެ ފަހުން މަސައްކޮށްފައިވާ ފިލްމު "ޕަދްމާވަތީ" އާއި މެދު ރާޖަސްތާނުގެ ބައެއް މީހުންވަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އުފައްދާ، އެފިލްމުގެ ޕްރޮޑިއުސަރ/ޑައިރެކްޓަރ ސަންޖޭލީލާ ބަންސާލީ އަށާއި ފިލްމުގައި ހަރަކާތްތެރިވި ތަރިންނަށް އިންޒާރުވެސް ދީފައެވެ.

އެގޮތުން މިމަހުގެ ކުރީކޮޅު ރާޖްޕޫތުގެ ކަރްނީ ސެނާ އޮގަނައިޒޭޝަނުން ވަނީ، ފިލްމުގައި ރާނީ ޕަދްމަވަތީގެ ރޯލުން ފެނިގެންދާ ދިޕިކާ ޕަޑުކޯން އާއި ސަންޖޭ ލީލާ ބަންސާލީގެ ބޯކަނޑާލައިގެން ގެނެސްދޭ ފަރާތަކަށް ފަސް ކަރޯޑް ރުޕީސް ދޭނެކަމަށް ވެސް ބުނެފައެވެ.

އެމީހުން ބުނެފައިވަނީ ރާނީ ޕަދްމަވަތީ އަކީ އިންޑިއާގެ ރާޖެސްތާނުގެ ތާރީޚުގައި 12،000 އަންހެނުންނާއިއެކު އަމިއްލަ ޙަޔާތް ޤުރުބާން ކޮށްލި ބޭކަނބަލެއް ކަމަށާއި، ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ފިލްމުގައި ރާނީ ޕަދްމާވަތީއަށް ޚުތުރު ނަން ދީފައިވާ ކަމަށެވެ.

އެެހެންކަމުން ސަންޖޭ ލީލާ ބަންސާލީ އާއި ދީޕިކާ އަށް އޮތީ ދެގޮތެއް ކަމަށާއި އެއީ އިންޑިއާ ދޫކޮށް އެހެން ޤައުމަކަށް ދިޔުން ނުވަތަ ބޯކެނޑެން ތައްޔާރުވުން ކަމަށް ވެސް ކަރްނީ ސެނާ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ދާދިފަހުން އެމީހުން ބުނެފައިވަނީ، ދީޕިކާގެ ބޮލާއިއެކު ނޭފަތް ވެސް ކަނޑާލާނެ ކަމަށެވެ. އެފަދަ ބިރުދެއްކުމަށް ދިޕިކާ ދީފައިވަނީ ފިނި ޖަވާބެކެވެ. އޭނާ ބުނެފައިވަނީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީކަމުގައި ވިޔަސް އޭނާ ބިރު ނުގަންނަ ކަމަށާއި ބިރަކީ އޭނާ ދަންނަ އިޙުސާސެއް ނޫން ކަމަށެވެ. އަދި އެފަދަ އިންޒާރުތައް ދިނުމުން އޭނާ އެކަމާއި ވަރަށް ރުޅިއައިސްފައިވާ ކަމަށާއި އޭނާ ދެކޭ ގޮތުގައި އެއީ އޭނާގެ އަމިއްލަ ޤައުމުގެ މީހުން އޭނާގެ އަގު ވައްޓާލުން ކަމަށެވެ.

ދިޕިކާ އަށް ދިން އިންޒާރާއި ގުޅިގެން، އޭނާއަށް ދީފާނެ ހަމަލާއަކަށްޓަކައި، މުމްބައި ޕޮލިހުން މިހާރު ވަނީ އޭނާއަށް އިތުރަށް ހިމާޔަތްކަން ދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







maako 2017-11-18 17:25:24

Saabahey deepika,thiyaee hama fisaari kanbale


މަރިޔަމް ވަހީދާ