އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންޗެސްޓާ ސިޓީއަށް އަނެއްކާ ވެސް މޮޅެއް – ބަލިވުމެއް ނެތި ސިޓީ ކުރިއަށް

މެންޗެސްޓާ ސިޓީއަށް އަނެއްކާ ވެސް މޮޅެއް – ބަލިވުމެއް ނެތި ސިޓީ ކުރިއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗެ ސިޓީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭ ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި މެންޗެސްޓާ ސިޓީއިން އެ މީހުންގެ ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެޗުގެ 45 ވަނަ މިނެޓުގައި ގެބްރިއޭލް ޖީސަސްގެ ލަނޑަކުންނެވެ. ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ 49 ވަނަ މިނެޓުގައި ކެވިންޑެ ބުރާއިން ޖަހައިދިން ލަނޑަކުންނެވެ.

މި މެޗުން މޮޅުވުމަށް ފަހު، މެންޗެސްޓާ ސިޓީއިން ވަނީ ލީގުގައި ޖެހިޖެހިގެން 10 މޮޅު ހަމަކޮށްފައެވެ. މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން މެންޗެސްޓާ ސިޓީއިން ބަލިވެފައެއް ނެތެވެ. ކުޅުނު 12 މެޗުން އެއް މެޗު އެއްވަރުވިއިރު ދެން ކުޅުނު 11 މެޗުން ވަނީ މޮޅުވެފައެވެ.

ބަލިނުވެ ހިފެހެއްޓުމުގެ މި ރެކޯޑާއެކު މެންޗެސްޓާ ސިޓީއިން ލީގު ތާވަލްގެ އެއްވަނަ މަގާމު ދެމެހެއްޓީ ކުޅުނު 12 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް، އެ ޓީމު ކުޅުނު މެޗުން 4-1 ގެ ނަތީޖާއިން މޮޅުވި ނަމަވެސް، ޔުނައިޓެޑް އޮތީ ސިޓީއަށް ވުރެ 9 ޕޮއިންޓް ފަހަތުގައެވެ. އެއީ ކުޅުނު 12 މެޗުން 26 ޕޮއިންޓް ލިބިގެންނެވެ. ތާވަލްގެ ތިންވަނަ ލިބެނީ ޗެލްސީއަށެވެ. އެއީ ކުޅުނު 12 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީއިން ވެސް ވަނީ އެ ޓީމު ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ވެސްޓް ބުރޯމްގެ މައްޗަށް ކުރި ހޯދައި މޮޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް