އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

15 މަހުގެ ދަރިފުޅު ރޯ އަޑު އިވޭތީ ގެއިން ބޭރުކުރަނީ

15 މަހުގެ ދަރިފުޅު ރޯ އަޑު އިވޭތީ ގެއިން ބޭރުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އަތީލާއަކީ ލަންޑަނުގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ އަންހެނެކެވެ. އެތަނުގައި އުޅެނީ ދެމަފިރިންނާއި ދެ ދަރިންނެވެ. އަތީލާއަށް އެއް ދުވަހަކު އީމޭއިލެއްގައި ވަނީ އޭނާގެ 15 މަހުގެ ދަރިފުޅު ރޯއަޑު އިތުރަށް އިވިއްޖެނަމަ ތަނުން ބޭރުކޮށްލާނެ ކަމަށެވެ.

އަތީލާ ބުނީ އަވަށްޓެރިންނަށް އުނދަގޫވެދާނެތީ ޓީވީވެސް ބަހައްޓަނީ ވަރަށް އަޑު މަޑުކޮށްފައި ކަމަށެވެ. ގޭތެރެއިން އަޑެއް އިވުނަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުން ގެންދާ ކަމަށެވެ.

"އެހެން ނަމަވެސް ތުއްތު ދަރިފުޅު ރޯއަޑު އިވުނަ ނުދޭން ކުރެވޭނެ ކަމެއް ނެތް. ރޯން ފަށާއިރަށް ހުއްޓުވަން. އެއީ އެހައި ގިނައިން ރޯ ކުއްޖެއްވެސް ނޫން. ދަރިފުޅު ލިބުމުން ވަޒިފާއަށް ވެސް ނުގޮސް ގޭގައި މިހުންނަނީ ދަރިފުޅު ބަލަން."

ކުއްޔަށް ތަންތަނުގައި އުޅެންޖެހުމަކީ ހިތްދަތި ކަމެކެވެ. ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ ބައަކަށް ދިރިއުޅެން މިހާރު ޖެހިފައިވަނީ ކުއްޔަށް ތަންތަން ހިފައިގެން ކަމަށްވާއިރު ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ދަރިންވެސް ލިބޭނެ ކަމާއި ކުދިން ރޯނެކަންވެސް ބައެއް މީހުންނަށް ޤަބޫލުނުކުރެވުމަކީ ހިތާމަކުރި ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް