އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެންސަރުބަލީގަ މަންމަ މަރުވަނީކަން އެނގުމުން ކުޑަ ދެދަރިން ދެއްކި އަސަރުގަދަ ވާހަކަ- އެންމެންނަށް ފިލާވަޅެއް!

ކެންސަރުބަލީގަ މަންމަ މަރުވަނީކަން އެނގުމުން ކުޑަ ދެދަރިން ދެއްކި އަސަރުގަދަ ވާހަކަ- އެންމެންނަށް ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ދެ ދަރިންގެ މަންމަ އޮލީވިއާގެ ފުއްޕާމެއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ މިދިއަ އަހަރުއެވެ. ހޮސްޕިޓަލުގައި އޮންނަން ޖެހިފައިވާތާ ކިތަންމެ ދުވަހެކެވެ. މިދިއަ ހަފްތާގައި ޑޮކްޓަރުން ބުނީ މިހާރު ލިވަރ އަށާ ބަނޑަށް ވެސް ފެތުރުފައިވާތީ ދެން މާގިނަ ދުވަހު ދުނިޔޭގައި އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ބައްޕަ ކްރިސް، ގަސްދުކުރީ މިހާލަތަށް ދިއުމުން ދަރިންނަށް އެކަން ކޮންމެވެސް ގޮތަކުން ކިޔައިދިނުމަށެވެ. އެހެންކަމުން 8 އަހަރުގެ އޮލީވިއާ އާއި 5 އަހަރުގެ ބެލޭ ކައިރިއަށް ގެނެސް ވަރަށް ލޯބިން ބުނެލިއެވެ.

"މަންމަ މިހާރު ވަރަށް ބައްޔެވެ. އަހަރެމެން ކިތަންމެ ލޯބިވާ މީހަކުވެސް ގެއްލިދާނެއެވެ. އެއީ ދުނިޔޭގައި އެކަން ހިނގާ ގޮތެވެ."
މިއަޑު އެހުމަށްފަހު ދެ ކުދިން ދިން ޖަވާބު ވަރަށް ފުރިހަމައެވެ.

8 އަހަރުގެ އޮލީވިއާ ބުނީ "ބައްޕާ. އެކަން އެހެން ވެދާނެ. މަންމަ ގެއްލުނީމާ އަހަރެމެން ދެރަވާނެ. ދެން ކުރާނެ ކަމަކީ ދެލޯ މަރާފައި މަންމަގެ މަތިން ހަނދާންކޮށް، އަހަރެމެންގެ ހަޔާތުގެ ރަނގަޅު ދުވަސްތައް މަތިން ހަނދާންކުރާނީ." ކަމަށެވެ. 5 އަހަރުގެ ބެލޭ ބުނީ މަންމަ ދުވަހަކުވެސް ނުގެއްލޭނެ ކަމަށާއި މަންމަގެ ފޮޓޯ ބަލައި މަންމަގެ ވާހަކަ ދައްކާނީ ކަމަށެވެ.

ދެ ކުދިންގެ ވެސް ވާހަކައަކީ މަންމަ މަރުވި ނަމަވެސް މަންމަ ނުގެއްލޭނެ ކަމެވެ. މަންމަގެ ހަނދާންތައް ކުރުން މަތީގައި ދެމިތިބެވޭނެ ކަމެވެ. މަންމަ ކޮށްދީފައިވާ ކަންކަން މަތިން އަބަދުވެސް ހަނދާންކުރާނެ ކަމެވެ.

ކުޑަ ނަމަވެސް ދެކުދިންގެ ވާހަކަތައް ވަރަށް ފުރިހަމައެވެ. އަސަރުވެސް ގަދައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް