އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިތަނުން މަންމައަކީ ކާކު؟

މިތަނުން މަންމައަކީ ކާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ނޯވާ ސްކޯޝިއާ ގައި ދިރިއުޅެމުން ގެންދާ ކިޔެންޔާ ބޫކަރ އާއި އޭނާގެ ދެ އަންހެން ދަރިންނާއިއެކު ނަގާފައިވާ ފޮޓޯތަކެއް މިދުވަސްކޮޅު ހަލުވިކަމާއިއެކު އިންޓަރނެޓުގައި ދައުރުވަމުން އެބަދެއެވެ.

ސަބަބަކީ، އެފޮޓޯތަކުން މަންމާއަކީ ކޮބާކަން ދެ ދަރިންނަކީ ކޮބާކަން ވަކި ނުވުމެވެ.

އުމުރުން 40 އަހަރު ފުރިފައިވާ ކިޔެންޔާ އަށް ބަލާލާފައި، އޭނާގެ ދަރިންނަށްވުރެ އުމުރުން ދުވަސްވެފައިވާހެން އެއްވެސް ވަރަކަށް ހިއެއް ނުވެއެވެ.

ތިންމައިން އެއްކޮށް ނަގާފައިވާ ފޮޓޯތަކެއް، ކިއެންޔާ އޭނާގެ އިންސްޓަގްރާމް އަށް ލުމުން، ގިނަ ބަޔަކުވަނީ އެފޮޓޯތައް ފެނިފައި އާޝޯޚުވެ، އެކަކު އަނެކަކަށް އެފޮޓޯތައް ފޮނުވާ އިންޓަރނެޓުގައިވެސް ގިނަ އަދަދަކަށް ޝެއާ ކޮށްފައެވެ. މީގެ އިތުރުން، މިފޮޓޯތަކުގެ ސަބަބުން ކިއެންޔާ ގެ އިންސްޓަގްރާމްގައި މިހާރު 79،000 ފޮލޯވަރުން ވެސް އެބަތިއްބެވެ.

ފޮޓޯތަކަށް ކޮމެންޓު ކުރި ބައެއް މީހުން، "އެކުދިންގެ މަންމަ އެއްވެސް ވަރަކަށް އުމުރުން ދުވަސްވިތަ؟" މިހެން އަހާފައިވެއެވެ.

އެހެން މީހަކު ބުނެފައިވަނީ ކިއެންޔާ ވައްތަރީ އެކުދިންގެ ދައްތައަކާއި ކަމަށާއި އެއީ އެކުދިންގެ މަންމަ ނޫން ކަމަށެވެ.

ކިއެންޔާ ބޫކަރ ގެ ކްެލިއެންޔާ (18އ.)، ކޮލީޔާ (16އ.) ގެ އިތުރުން އޯބީ ނަމަކަށް ކިޔާ އުމުރުން ހަތަރު އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރެއެވެ.

އޭނާގެ ރީތި ބުރުސޫރައަށް ހާހެއްހާ ތައުރީފު ދުނިޔޭގެ އެކިކަންކޮޅުތަކުން ލިބިފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ