އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންނާއި މިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ފުލުހުންނާއި މިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ށ. މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މިކަމަށްޓަކައި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެރޭ މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސެޓްފިކެޓް ބައްސަވާ ދެއްވީ ށ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޢަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި ވަނީ ކަސްރަތު ޕްރޮގްރާމުން އެއްވަނަ ދިޔަ އާއިޝަތު ރާޝިދާއަށް މިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުންނާއި މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ގެ ފަރާތުން އިނާމު ހަވާލުކޮށްފައެވެ.

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ށ. މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ހިންގި މި ކަސްރަތު ޕްރޮގްރާމަކީ މިލަންދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން މިދިޔަ އޮކްޓޯބަރު މަހުގެ 15 ން ނޮވެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 56 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި އެކުއެޓިކް ކަސްރަތު ހަރަކާތްތަކާއި ޓީމް ބިލްޑިންގ އެކްސަސައިޒްތަކުގެ އިތުރުން ޕްރޮގްރާމުގެ ބައިވެރިންނަށްވަނީ ދަރިން ދަރުބިއްޔަތު ކުރުމުގެ ހުނަރުތަކާއި ޓައިމް މެނޭޖްމަންޓާއި ސްޓްރެސް މެނޭޖްމަންޓާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވަނީ މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު