އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިއުޒީލޭންޑުން ޗައިނާގެ ރައްޔިތުންނަށް އީގޭޓުގެ ޚިދުމަތް ދޭން ފަށައިފި

ނިއުޒީލޭންޑުން ޗައިނާގެ ރައްޔިތުންނަށް އީގޭޓުގެ ޚިދުމަތް ދޭން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު


ނިއުޒީލޭންޑުން ޗައިނާގެ ރައްޔިތުންނަށް އީގޭޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ޗައިނާގެ ގިނަ ރައްޔިތުންނެއް ދަނީ ނިއުޒީލޭންޑަށް ޒިޔާރަތްކުރަމުންނެވެ. ތަފާތު ބޭނުންތަކުގައެވެ. ކިޔެވުމަށާއި ސިނާޢީ މަސައްކަތްތައް ކުރުމަށެވެ.

މީގެ އިތުރުން ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ޗައިނާ ރައްޔިތުން ކޮންމެ އަހަރަކުވެސް ނިއުޒީލޭންޑަށްދެއެވެ. އެގޮތުން ފައިބެއަހަރު އެކަނިވެސް 2.3 ބިލިއަން ޗައިނާ މީހުން ވަނީ ނިއުޒީލޭންޑަށް ގޮއްސައެވެ.

ނިއުޒީލޭންޑުގެ މިނިސްޓަރ އޮފް ކަސްޓަމްސް މެކާ ވަތިރީ ވިދާޅުވީ އީގޭޓް ޚިދުމަތް ފެށުމުން ދެޤައުމުގެ ދެމެދުގައިވާ ގުޅުން މިހާރަށްވުރެ އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނިއުޒީލޭންޑުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެޤައުމަށް އެތެރެވާ ޗައިނާ ރައްޔިތުންގެ 70 އިންސައްތަ މީހުންނަކީ އީ ޕާސްޕޯޓު ގެންގުޅޭ މީހުން ކަމަށާއި އެ އެންމެންނަށްވެސް އީ ގޭޓުގެ ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

ނަމަވެސް 12 އަހަރުންދަށުގެ ކުދިންނަށް އީ ގޭޓުގެ ޚިދުމަތް އަދިބޭނުން ނުކުރެވެއެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް