އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވަނީ އެކަހަލަ ބޭބެއެއް

ބޭނުންވަނީ އެކަހަލަ ބޭބެއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ޝުއައިބު އަށް އޭނާގެ ބޭބެގެ ފަރާތުން ޢީދު ހަދިޔާއަކަށް ވަރަށް ރީތި ކާރެއް ލިބުނެވެ.

ކާރުގައި ބުރެއް ޖަހާލަންދާން، ޢީދު ދުވަހު ޝުއެއިބު ނިކުތް އިރު ކާރު ކައިރީގައި އޭނާގެ އުމުރުފުރައިގެ ފިރިހެން ކުއްޖަކު ހުއްޓެވެ.

"މިއީ ކަލޭގެ ކާރެއްތަ؟" ޝުއެއިބު ކައިރީގައި އެކުއްޖާ އަހާލިއެވެ.

"އާނ. ތިއީ އަހަރެންގެ ބޭބެ އަހަންނަށް ދިން ޢީދު ހަދިޔާ." ހިނިތުންވެލާފައި ޝުއެއިބު ބުންޏެވެ.

"ޢީދު ހަދިޔާއަކަށް ބޭބެ ދިނީ ކާރެއް؟ ކަލޭ އަތުން އެއްވެސް ޚަރަދެއް ވެސް ނުގޮސް ކާރެއް ލިބުނީދޯ. އަހަރެން ހިތައް އަރާ...." އެހިސާބަށް ބުނެފައި އެކުއްޖާ ހުއްޓާލުމުން ޝުއެއިބު ހިތައް އެރީ އޭނާ ބުނަން އުޅުނީ އެކަހަލަ ބޭބެ އެއް އޭނާއަށް ވެސް ލިބޭނެ ނަމައޭ އެވެ. ނަމަވެސް އެކުއްޖާ ބުންޏެވެ. "އަހަރެން ހިތައް އަރާ އަހަންނަށް ވެސް އެކަހަލަ ބޭބެއަކަށް ވެވޭނެ ނަމައޭ" އެކުއްޖާ އެހެން ބުނުމުން، ޝުއެއިބުއަށް ވިސްނުނު ގޮތާއިމެދު އޭނާ ލަދުގަތެވެ.

"ބޭނުންތަ ކާރު ބުރެއް ޖަހާލަން ދާން؟" ޝުއެއިބު މިހެން ބުނުމުން އެކުއްޖާ އުފަލުން ގޮސް އެކަމަށް އެއްބަސްވިއެވެ.

އިރުކޮޅަކު ދުއްވުމަށްފަހު އެކުއްޖާ ބުންޏެވެ.

"އަހަރެންގެ ގޭގެ ދޮރުމަތީގައި، މިކާރުގައި މަޑުކޮށްލަފާނަން ހެއްޔެވެ؟" އޭނާ އެހެން ބުނުމުން ޝުއެއިބު ހީކުރީ އެކުއްޖާގެ އަވައްޓެރިންނަށް، އޭނާ ދުއްވާލަން ދިޔަ އެރީތި ކާރު ދައްކާލަން ވެގެން އެހެން ބުނީ ކަމަށެވެ. އާނ އެކޭ ބުނެ ޝުއެއިބު ކާރުގައި ގޮސް އެކުއްޖާގެ ގޭގެ ދޮރުމަތީގައި ކާރުގައި މަޑުކޮށްލިއެވެ.

އެކުއްޖާ ކާރުން ފައިބައިގެން ގޮސް ގޭތެރެއަށް ވަދެފައި އިރުކޮޅަކުން ނިކުތެވެ. ނަމަވެސް އެކަންޏެއް ނޫނެވެ.

އޭނާއާއިއެކު ފުރޮޅުލީ ގޮނޑިއެއްގައި އިން ކުއްޖަކު އިނެވެ. އެކުއްޖާއަށް ޝުއެއިބުގެ ކާރު ދައްކާފައި އޭނާ ބުންޏެވެ.

"ކޮއްކޯއެވެ. ބަލާބަލާށެވެ. އެއީ ބޭބެ ބުނި ވައްތަރުގެ ކާރެކެވެ. ޝެއެއިބުއަށް އެކާރު އޭނަގެ ބޭބެ ހަދިޔާކުރީ، ޝުއެއިބުއަތުން އެއްވެސް ފައިސާއެއް އެކަމަށް ނުދޭ. އިންޝާ ﷲ، ބޭބެ ވެސް ވާނަން ޝުއެއިބު ގެ ބޭބެފަދަ ބޭބެއަކަށް. އެއިރުން ކޮއްކޮގެ ކާރުގައި ކޮއްކޮއަށް ދެވޭނެ ތަންތަން ބަލާލަން" އެކުއްޖާ އެހެން ބުނުމުން ޝުއެއިބު އަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.

އެހެންކަމުން ޝުއެއިބު ގޮސް، ގޮނޑީގައި އިން ކުއްޖާ އާއި އޭނާގެ ބޭބެ ކާރަށް އެރުވިއެވެ. އަދި ތިން ކުދިން އެއްކޮށް ކާރު ދުއްވާލަން ދިޔައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ