އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިއުސްޓަރ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

ނިއުސްޓަރ ކަޕް ފުޓްސަލް މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ކުލަގަދަ ހަރަކާތްތަކަކާއެކު ނިއުސްޓަރ ކަޕް ފުޓްސަލް މުބާރާތް ރޭ މާފުށީ ޓާފްދަނޑުގައި ފަށައިފިއެވެ.

ނިއު ސްޓާރ ކަޕް ފުޓްސަލް މުބާރާތަކީ މާފުށީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަށް އާލާކުރުމާއި، ސަރުކާރު މުއައްސަސާތަކާއި، އާންމު މުއައްސަސާތަކާއި އަދި ކ. މާފުށީ ކައިރީގައިވާ ރިސޯޓުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، އަދި ކ.މާފުށީ ރައްޔިތުން ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އަހަންމިއްޔަތުކަން ދިނުމެވެ. މީގެ އިތުރުން ޒުވާނުންނަށް މިފަދަ ހަރަކާތްތަކެއް ހިންގައިފިނަމަ، އަމާން އޮމާން މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެކަމަށް ދެކޭތީއެވެ.



މި މުބާރާތް ފެށުމުގެ ގޮތުން ރޭ މާފުށީ ޓާފް ދަނޑުގައި ބޭއްވި ހަރަކާތްތަކާއި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްއުސްތާޛް އިބްރާހިމް ރިޒާއެވެ. އަދި މި ރަސްމިއްޔާތުގައި އެފް.އޭ.އެމްގެ އެކްސްކޯގެ މެންބަރު ޢަލީ އުމަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ މިފަދަ މުބާރާތެއްގައި ހުރިހާ ކުޅުންތެރިންވެސް ރަނގަޅު ޑިސިޕްލިންއެއްގައި ކުޅުމަކީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ބާރެއްކަމުގައި ވާނެކަމަށާއި އެފަދައިން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުމަށެވެ. އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުން މިފަދަ ފުޓްސަލް ދަނޑެއް އެޅުއްވުމުގެ ބޭނުމަކީ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން ފަހި ފުރުޞަތު ތަކެއް ހޯއްދަވައި ދެއްވުން ކަމަށާއި މި ދަނޑުގެ މަސައްކަތް ނިންމާލެވުނީ މާފުށީ ނިއު ސްޓާރ ސްޕޯރޓްސް ކްލަބާއި ރަށު ކައުންސިލާއި ޕީޕީއެމް އަސުރުމާ ގޮފީގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމުގައެވެ.



ރޭގެ ހަފްލާގައި ނިއުސްޓަރ ސްޕޯރޓްސް ކުލަބާއި ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްކުމާއި، މުބާރާތުގައި ވާދަކުރާ ޓީމުތަކުން ބޭނުންކުރާނެ ކިޓްތައް ދައްކާލުމުގެ އިތުރުން މާފުށީ ރަސްރަނި ގްރޫޕްގެ ނެށުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައެވެ.

މިއީ ވިދިވިދިގެން ނިއުސްޓަރ ސްޕޯރޓްސް ކުލަބުން މި މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ. ފުރަތަމަ އަހަރު 9 ޓީމް ބައިވެރިވެފައިވާއިރު، އެއަހަރުގެ ޗެމްޕިއަންކަން ހޯދީ ސްޓްރައިކާރސް އެފްސީއެވެ. އަދި ދެވަނަ އަހަރު 11 ޓީމް ބައިވެރިވެ، އެއަހަރު ޗެމްޕިއަންކަން ހޯދީ ނައިން އެފްސީ އެވެ. މިއަހަރު މިމުބާރާތުގައި 19 ޓީމު ވާދަކުރެއެވެ.

މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 4 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޓީމް ކުއާޓަރ ފައިނަލްއަށް ދާގޮތަށެވެ. އަދި ކުއާރޓަރ ފައިނަލްގައި ވާދަކޮށް މޮޅުވާޓީމްތައް ސެމީފައިނަލް ގައި ބައްދަލުކޮށް، ސެމީ ފައިނަލްގައި މޮޅުވާ 2 ޓީމް ގެ މެދުގައި ފައިނަލް ކުޅޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހު 7 ވަނަ ދުވަހުއެވެ.

މި މުބާރާތް ނިއުސްޓަރ ސްޕޯރޓްސް ކުލަބުން މިއަހަރު ކުރިއަށްގެންދަނީ ޕްރިޒަން ކުލަބާއި މާފުށީ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު