އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލީގު ހޯދުމުގެ އުއްމީދު މޯލްޑިވިއަންނާއި ސިފައިން ދަމަހައްޓައިފި

ލީގު ހޯދުމުގެ އުއްމީދު މޯލްޑިވިއަންނާއި ސިފައިން ދަމަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު



ސީލައިފް ގްލޯބަލް ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބްއާއި ދިވެހި ސިފައިންގެ ކްލަބް މޮޅުވެގެން، ލީގު ހޯދުމުގެ އުއްމީދު މި ދެ ޓީމުން ދަމަހައްޓައިފިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ސިފައިން ކުޅުނު މެޗުން ޕޮލިސް ބަލިކޮށް އެ ޓީމު މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސިފައިން މި މެޗުގެ ސެޓްތައް ގެންގޮސްފައިވަނީ 25-23، 25-16، އަދި 25-23 އުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސިފައިންނަށް ކުޅެދޭ ޕާކިސްތާނު ކުޅުންތެރިޔާ މުނީރު ޚާންއެވެ.

ރޭ މޯލްވިއަން ކުޅުނު މެޗުން ސީލައިފް ބަލިކޮށް މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ގެންދިޔައީ ސީލައިފްއެވެ. އެއީ 24-26 އުންނެވެ. ދެން ކުޅުނު ތިން ސެޓް ގެންގޮސް މޯލްޑިވިއަންއިން ފަހަތުން އަރާ މެޗު ކާމިޔާބުކުރިއެވެ. މި ސެޓްތައް މޯލްޑިވިއަންއިން ގެންދިޔައީ 25-15، 25-16، އަދި 25-14 އުންނެވެ. މި މެޗުގެ މޮޅު ކުންތެރިޔާގެ މަޤާމު ހޯދީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

ލީގުގެ އެއްވަނައިގައި 17 ޕޮއިންޓާއެކު މޯލްޑިވިއަން އޮތްއިރު، ދެވަނައިގައި ސިފައިން އޮތީ 15 ޕޮއިންޓާއެކުއެވެ. މިރޭ މި މުބާރާތުގައި މި ދެ ޓީމުގެ ކުރިމަތިލުން އޮތްއިރު، ސިފައިންނަށް ލީގު ކާމިޔާބުކުރެވެން އޮތީ ފަސް ސެޓަށް މެޗު ނުގެންގޮސް އެ މެޗުން މޮޅުވެގެންނެވެ.
މިއަދު ހަވީރު މި މުބާރާތުގައި ވާދަކުރާނީ ޕޮލިސް ކްލަބްއާއި ސީލައިފް ސްޕޯޓްސް ކްލަބްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް