އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވެދާނެތީ ހާސްވެގެން އެކަން ބެލުމަށް ފަންޑިހަދާ މީހެއް ކައިރިއަށް ދިޔަ ބޮޑުބޭބެ!

މަރުވެދާނެތީ ހާސްވެގެން އެކަން ބެލުމަށް ފަންޑިހަދާ މީހެއް ކައިރިއަށް ދިޔަ ބޮޑުބޭބެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

މިއީ ރަށެއްގައި ހިނގި ހަގީގީ ހާދިސާ އެކެވެ.

"އަހަރެންގެ ބޮޑު ބޭބެ އަކީ މިޒާޖުގެ ގޮތުން ވަރަށް މަޖާ، އެންމެންނަށް ވެސް ވަރަށް އޯގާތެރި މީހެކެވެ. ބޮޑުބޭބެގެ ކިބައިގާ ރަނގަޅު ވެގެންވާ ހުރިހާ ސިފައެއް ވެސް ހުރެއެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ ދީނީ ކަންކަމަށް ހޭލުންތެރިވެ ރަނގަޅު ތަޤުވާވެރިއެއް ކަމުގައި ވެގެން އުޅުމެވެ.

ބޮޑުބޭބެއަކީ ބައްޕަގެ ހުރި ހަމައެކަނި ކޮއްކޮ ކަމަށްވާތީ، ބައްޕަ އަބަދުވެސް ވަރަށް ބޮޑަށް ބޮޑުބޭބެއަށް ވިސްނާދީ ނަސޭޙަތްތެރިވިއެވެ. ވަގުތު ފާއިތު ނުވަނީސް ނަމާދު ކުރަން ފަށާ، އުޅުން އިސްލާހު ކުރުމަށެވެ.ނަމަވެސް އެހެން ޒުވާނުންނެކޭ އެއްފަދައިން، އެފަދަ ވާހަކަތައް ބޮޑުބޭބެ އަޑެއް ނޭހިއެވެ. ދިރިއުޅުން ވޭތުކުރީ މަޖާކުރުމާއި އެހެނިހެން ކުޅިވަރުގެ ކަންތަކުގައެވެ.

އެއީ 2014 ވަނަ އަހަރެވެ. ސިއްޙަތު ރަނގަޅަށް ހުރެފައި ކުއްލިއަކަށް ބޮޑުބޭބެ ބަލިވާން ފެށިއެވެ. މޭގައި ރިއްސާފައި ހޮޑު ލެވެން ފެށިއެވެ. އެއީ ކީއްވެގެން ކަމެއް ރަށުގެ ޑޮކްޓަރުންނަށް ވެސް ބުނެދޭކަށް ނޭނގުނެވެ. އެންމެންވެސް ބުނީ އެއީ ގޭހުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް ގޭހަށް ބޭސް ކައިކައި ވެސް ރަނގަޅެއް ނުވިއެވެ.

މާލެ ގޮސް ބޭސް ކުރުމުން ވެސް ބުނީ ގޭސް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ނިންމައިގެން ބޮޑުބޭބެ ރަށަށް އެނބުރިއައެވެ. ދުވަހުން ދުވަހަކަށް ބޭބެގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެހެންކަމުން، މަރުވަނީ އޭ ހީކޮށް ބޮޑުބޭބެ ހާސްވާން ފެށިއެވެ.

އެފަދަ ފިކުރުތަކެއް ކުރާކަން އެނގުމުން ބައްޕަ ބޮޑުބޭބެ އަށް ވަރަށް ނަސޭޙަތް ދިނެވެ. އެފަދައިން ނުވިސްނުމަށާއި އަވަހަށް ނަމާދު ކުރަން ފެށުމަށެވެ. ނަމަވެސް ބޮޑުބޭބެ އެންމެ ބޮޑަށް ބަލަން ބޭނުންވީ، އޭނާގެ މަރު ގާތްވީތޯ ނުވަތަ ނޫން ތޯ އެވެ.

އެހެންކަމުން ރަށުގައި އުޅުނު ފަންޑިތަ ހަދާ މީހެެއް ކައިރިއަށް ބޮޑުބޭބެ ދިޔައެވެ. އެގެއަށް ނުދާށޭ ފަންޑިތަ ހަދާކަށް ނުވާނެއޭ އެއީ ޝިރްކުގެ ޢަމަލެކޭ ބައްޕަ އެވަރަށް ބުނުމުން ވެސް ބޮޑުބޭބެ އަޑެއް ނޭހިއެވެ. ބޭނުންވީ ވެގެން އުޅޭ ގޮތެއް ކޮންމެ ގޮތަކުން ވިޔަސް ހޯދާށެވެ.

ފަންޑިތަ ހަދާ މީހާ ކައިރިއަށް ގޮސް، ބޮޑުބޭބެ އަށް ވާ ހުރިހާ ގޮތެއް ކިޔާ ދިނެވެ. އަދި އެއީ ކީއްވެވާ ކަމެއްތޯ، ބޮޑު ބޭބެ މަރުވަނީ ތޯ ވެސް އެއްސެވެ.

ބޮޑުބޭބެއަށް ނުވިސްނޭ ކަމުގެ ފައިދާ ވަރަށް ބޮޑަށް އެމީހާ ނެގިއެވެ. އޭނާ ބުނީ ބޮޑުބޭބެ މަރުވަނީ ނޫން ކަމަށާއި އެހެންނަމަވެސް ބޮޑުބޭބެއަށް އާއިލާ މީހަކު ފަންޑިތަ ހަދާފައި ހުރި ކަމަށެވެ. ފަންޑިތަ ހަދާފައި ހުރީ ބޮޑުބޭބެ ވަރަށް ބޮޑަށް ބަލި ކޮށްލަން ކަމަށާއި އެހެންނަމަވެސް އެފަންޑިތަ ހަދާ މީހާ ބުނާ އެއްޗެއް ބޮއެފިނަމަ އެއްފަހަރުން ރަނގަޅު ވާނެ ކަމަށް ވެސް ބުންޏެވެ.

ފަންޑިތަ ހަދާމީހާ ދެއްކި ހުރިހާ ވާހަކައެއް ބޮޑުބޭބެ ގަބޫލު ކުރިއެވެ. އާއިލާގައި އެހެން މީހަކު ނެތުމުގެ ސަބަބުން ބޮޑުބޭބެއަށް ފަންޑިތަ ހެދީ ބައްޕަކަމަށް ވެސް ދެކުނެވެ. އެކަމާއި ބައްޕައާއި ދިމާލަށް ވަރަށް އެއްޗެހި ކިޔާ، ފަންޑިތަ ހެދިޔަ ނުދޭން އުޅުނީ ވެސް އެކަން ފަޅާއަރާފާނެތީ ނޫންހޭ ވެސް ބުންޏެވެ. ބައްޕަ އެތުހުމަތުތަކަށް އިންކާރު ކުރިއެވެ. ފަންޑިތަ ހެދުމަކީ ބައްޕަ ދުވަހަކު ވެސް ކުރާނެކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް ބޮޑުބޭބެ ބައްޕަގެ ވާހަކަތައް ޤަބޫލެއް ނުކުރިއެވެ.

ފަންޑިތަ ހަދާ މީހާ ބުނި އެއްޗެއް ތައްޔާރު ކުރުމުގެ ގޮތުން ވަރަށް ގިނަ ފައިސާއާއި އޭނާ ބުނި އެއްޗެއްހިވެސް ބޮޑުބޭބެ ހޯދައިގެން ގެންގޮސް ދިނެވެ. އެމީހާ ހެދި އެއްޗެއް ހަދާފައި ބޮޑުބޭބެއަށް އެފުޅި ދެމުން ބުނީ އޭތި ބުއިމުން އުމުރު ދިގުކޮށްދޭނެ ކަމަށެވެ. އެކަން ޤަބޫލުކޮށް ބޮޑުބޭބެ އެފުޅި އެއްކޮށް ބޮއެ ހުސްކޮށްލިއެވެ. އޭގެ ދެ ގަޑީރެއްހާއިރު ފަހުން، ބޮޑުބޭބެގެ ބަލި ހާލަތު ވަރަށް ރަނގަޅު ވެއްޖެކަން އިޙުސާސް ކުރެވެން ފަށައިފި ކަމަށް ވެސް ބުނެ، ވަރަށް އުފަލުން ގޭގެ އެންމެންނަށް އެޚަބަރު ދިނެވެ.

ނަމަވެސް... އޭގެ އަނެއް ދުވަހުގެ އިރުއެރި އިރު، އަހަރެންގެ ބޮޑު ބޭބެ ވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ޑޮކްޓަރުން ބުނީ ބޮޑުބޭބެ ނިޔާވީ އެރޭ މެންދަމު ތިނެއް ޖަހާކަން ހާއިރު ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Aisha 2017-12-12 19:26:21

Kon me meehakee ves maru vaane meeheh vaguthu faaithu nuvanis vaguthuge beynun heyogothuga hifan v


އަހުމަދު