އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ހުކުރުނަމާދަށްފަހު ފެނުނު އުފާވެރި މަންޒަރު- އުފަލުން ރޮއްވާލައިފި

މިއަދުގެ ހުކުރުނަމާދަށްފަހު ފެނުނު އުފާވެރި މަންޒަރު- އުފަލުން ރޮއްވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އެކުއްޖާގެ އުމުރުން ވާނީ ،6 7 އަހަރެވެ. ހުކުރު ނަމާދުނިމި ސަލާމް ދޭއިރު ފާޚާނާއަށް ދާންޖެހިފައިތިބޭ މީހުން އަވަސް އަވަހަށް ފައިބައިގެން ގޮސް ނިމި މިސްކިތުން ޖާގަ ހުސްވިތަނާ ފެނުނީ އެކަނި ތެދުވެ ސުންނަތް ކުރަން ފެށިތަނެވެ.

ނަމާދުކުރިލެއް ހާދަ ފުރިހަމައެވެ. ހަމަ ބޮޑު މީހަކުވެސް ކުރާނެ ފަދައިންނެވެ. ހަރަކާތްތައް ވެސް ހަމަ އެހައިމެ ފުރިހަމައެވެ. ނަމާދު ނިމިގެން ދުޢާވެސް ކުރިއެވެ.

ދެން ފެނުނީ ޚަތިމް ނަގައިގެން އައިސް ކިޔަވަން ފެށިތަނެވެ. 1:30 ވަންދެން ކިޔަވަން އިނެވެ. ކުއްޖާ މިސްކިތުން ފޭބިއިރު މަންމަ އެތަނުގައި ބަލާ އައިސް ހުއްޓެވެ. މުސްކުޅިއެއްވެސް ނޫނެވެ. ހަމަ ޒުވާން އަންހެނެކެވެ.

ދަރިފުޅު މިސްކިތުން ނުކުތުމުން ދަރިފުޅުގެ ބޮލުގައި ފިރުމާލައި ގާތްކޮށްލިގޮތުން ވަރަށް ލޯބިން ގެންގުޅޭ ދަރިއެއްކަން ޔަޤީންކުރެވުނެވެ. މަންޒަރުތައް ފެނުމުން ހަމަ އުފަލުން ރޮވުނެވެ.

ތަފާތު ސަބަބުތަކާއިހުރެ ކޮންމެ ކުއްޖަކު ގޮވައިގެން މިސްކިތަށް ބައްޕައަށް ނުދެވިދާނެއެވެ. ރަށުން ބޭރުގައި ހުރުމުން ވެސް އެގޮތް މެދުވެރިވެދާނެއެވެ. ނުވަތަ ޢާންމު ބަލިކަމަށްވާ ވަރުބަލި ޖެހުމުން ވެސް އެކަން ނުކުރެވިދާނެއެވެ.

ދަރިން މިިފަދަ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑުކުރުމަކީ ހާދަހާ ހެޔޮކަންބޮޑު އަމަލެކެވެ. މާތްﷲ ގެ ހަޟްރަތުން ހާދަގިނަ ސަވާބު ލިބޭނެ ކަމެކެވެ. އަދި މުޅި މުޖުތަމައުއަށްވެސް އެހައިމެ ގިނަ ފައިދާތައް ކުރާނެ ކަމަކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Ibrahim 2017-12-15 22:58:47

Miraajjeyga thifadha namoonaa main inthuru kuravvaandheyve

Asif 2017-12-16 08:11:48

Alhamdhulilallah. Maasha allah. Thiyafa dha mainnaa dharin gina kurahvaashi.


އަބްދުއްލަތީފް