އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާ އަހަރުގެ ޗުއްޓީއަށް ވަރުން ރާއްޖޭގައި

އާ އަހަރުގެ ޗުއްޓީއަށް ވަރުން ރާއްޖޭގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ބޮލީވުޑްގެ މަޝްހޫރު ތަރިން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އެންމެ ގިނައިން އަންނަ އެއް މަންޒިލަކީ ރާއްޖޭގެ ރިސޯޓްތަކެވެ. އެ ގޮތުން ބޮލީވުޑްގައި ފަހަކަށް އައިސް ގިނަ ކާމިޔާބީތައް ހޯދަމުން އަންނަ އަދި ގިނަ ބަޔެއްގެ މަޤުބޫލުކަން ހޯދަމުން އަންނަ ފިލްމީ ތަރި ވަރުން ދާވަން ރާއްޖޭގެ ޑަބްލިޔު މޯލްޑިވްސް ރިސޯޓުގައި އާ އަހަރުގެ ޗުއްޓީ ހޭދަކުރުމަށްޓަކައި އައިސް އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ދިވެހިންގެ ތެރޭގައި ވެސް މަޤުބޫލްކަން ހޯދައިފައިވާ ވަރުން ރާއްޖެ އައި ދުވަހެއް ނޭނގެއެވެ. އެހެން ނަމަވެސް ރާއްޖެ އައިސްފައިވާކަން އެނގެނީ އިންސްޓަގްރާމްގައި ވަރުން އިއްޔެ ޕޯސްޓްކޮށްފައި ހުރި ބައެއް ފޮޓޯތަކުންނެވެ. އަދި ރާއްޖޭގައި ވަރުންއާއެކު ނަގާފައިވާ ސެލްފީއެއް އިންސްޓަގްރާމްގައި އިންޑިއާ މީހަކު ޕޯސްޓްކުރިއިރު، އެ މީހަކު ވަނީ ޕޯސްޓްގެ ލޮކޭޝަންގެ ގޮތުގައި ޑަބްލިޔު މޯލްޑިވްސް ޖަހައިފައެވެ.

ޕޯސްޓްތަކުގެ އިތުރުން ވަރުންގެ އިންސްޓަގްރާމް ސްޓޯރީއިން މި ދުވަސްކޮޅު ފެންނަނީ ރާއްޖޭގެ ރީތި މަންޒަރުތަކެވެ. ވަރުން ވަނީ ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކާއި މާކަނާތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމް ސްޓޯރީގައި ޙިއްޞާކޮށްފައެވެ.

އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލަން ވަރުން ރާއްޖެ އައިސް އުޅޭއިރު ފާއިތުވި 2017 ވަނަ އަހަރަކީ ވަރުންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެ ގޮތުން، 2017 ވަނަ އަހަރު ނުކުތް ވަރުންގެ ދެވ ފިލްމުކަމަށްވާ، 'ބަދްރީނާތްކީ ދުލްހަނިޔާ' އަދި 'ޖުޅްވާ 2' ވަނީ ބޮކްސް އޮފީސްގައި ކާމިޔާބީތަކެއް ހޯދައިފައެވެ.

އަންނަ މަހު ވަރުން ދެން އެންމެ އަވަހަށް ކުޅޭ ފިލްމުކަމަށްވާ 'ސުއި ދާގާ' ގެ ޝޫޓިން އަންނަ މަހު ފަށަން ވަނީ ހަމަޖެހިފައެވެ. މި ފިލްމުގައި ވަރުންއާއެކު ބަޠަލާގެ ރޯލުގައި ފެނިގެންދާނީ އަނުޝްކާ ޝަރުމާއެވެ. މިއީ މި ދެ ތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް