އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކަ ހާދަ ބިރުވެރިއޭ- ވަންނަން ބޭނުން ނުވާ މީހުންނަށް މިދަރުސް ފުދޭނެ!

ނަރަކަ ހާދަ ބިރުވެރިއޭ- ވަންނަން ބޭނުން ނުވާ މީހުންނަށް މިދަރުސް ފުދޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

މާތް ﷲ ނަރަކަ އުފެއްދެވުމަށްފަހު އެތަން ބައްލަވައިލެއްވެވުމަށް މާތް ﷲ ޖިބްރީލްގެފާނަށް އެންގެވިއެވެ. ޖިބްރީލްގެފާނު ވަޑައިގެން ނަރަކަ ބައްލަވައިލެއްވެވުމަށްފަހު ވަޑައިގެން ވިދާޅުވިއެވެ. " ޔާﷲ - އެނަރަކައިގެ ޚަބަރު ލިބުނު މީހަކު އެ ނަރަކައަކަށް ނުވަންނާނެއެވެ.

ނަރަކައިން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ގޮތް ހެއްދެވުމަށްފަހު ވެސް ނަރަކަ ބައްލަވައިލެއްވެވުމަށް މާތް ﷲ ޖިބްރީލްގެފާނަށް އަންގަވާނެތެވެ. އެފަހަރު ބައްލަވައިލެއްވެވުމަށްފަހު ޖިބްރީލްގެފާނު ވިދާޅުވާނެތެވެ. "ޔާ ﷲ. އެ ނަރަކައިން ހަމައެކަކަށްވެސް ފިލައިގެނެއް ނުދެވޭނެއެވެ.

ނަރަކައިގަ ލިބޭނެ އަޒާބު އެނގޭހެއްޔެވެ؟ އިންސާނާއަށް ތަސައްވަރު ވެސް ނުކުރެވޭނެ ވަރުގެ ގަދަ ފަދަ އަޒާބު ނޫނީ ނުލިބޭނެއެވެ. ވަކި ކަމަކުން ނޫނެވެ. ހުރިހާ ކަމަކުންނެވެ.

އެއީ ގައިގައި ލެވޭ ހަން އަންދައިލެވޭތަނެވެ. އަންދައިގެން ދިއުމަށްފަހު ވަގުތުން އައު ހަންގަނޑެއް ލެވެމުންދާނެއެވެ. އެއީ ގަދަފަދަ ހޫނާއި ތަދުން ފުރިގެންވާ ތަނެވެ.

ނަރަކައަށް ވެއްދޭ މީހުންގެ ހަންގަނޑުގެ ބޯމިނުގައި ބާރަށް ދުވާ އަހެއްގަ 3 ދުވަހުގެ ރާސްތާ ހުރެއެވެ. އަލިފާނުގެ އަޒާބު ގަދަފަދައަށް ލިބުމަށެވެ.

ނަރަކައަށް ވެއްދޭ މީހުން ސައިޒުން ބޮޑުވެގެންދާވަރު އެނގޭ ހެއްޔެވެ؟ ދަތެއްގެ ބޮޑުމިން އުހުދު ފަރުބަދަ އާއި އެއްވަރުވާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެނގެއެވެ. ދަތެއް އެވަރުވާއިރު ހަށިގަނޑުގެ ސައިޒާއިމެދު ވިސްނައިލާށެވެ.

ވިސްނައިލާށެވެ. މިއުންމަތުގެ ގިނަ ބައަކު ނަރަކައަށް ވަންނާނީ އެއީ ކުޑަ ފާފައެއް ކަމަށް ބަލައި ކުރާ އަމަލުތަކުންނެވެ. އެއީ އެއްވެސް ކަމެއް ނޫން ކަމަށް ބަލައި ކުރާ ކަންކަމުގެ ސަބަބުންނެވެ.

ގަދަފަދަ އަޒާބު ލިބެމުންދާއިރު ފެނަށް އެދި އާދޭސްކޮށް ރޯނެއެވެ. ހަށިގަނޑަށް ފިނިވާނެ ކޮންމެވެސް ބުއިމަކަށް އެދި އާދޭސްކުރާނެއެވެ. އެހިނދު ބުއިމެއް ދެވޭނެއެވެ. ބުއިމުގައި އަނގަ ޖަހަން މޫނު ކައިރިކޮށްލުމުން މޫނުގެ ހަންތަކާއި މަސްތައް ހޫނުގެ ސަބަބުން ވިރިގެން ފައިބާނެއެވެ.

އެންމެ ފަހަރަކަށް ނަމަވެސް ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި މާތް ﷲ އަށް ދަންނަވާ އަޑުން ގުގުމަމުންދާނެއެވެ. އެމީހުންނަށް މާތް ﷲ ޖަވާބެއް ނުދެއްވާނެއެވެ. ޖަވާބު ދެއްވާނީ ނަރަކައިގެ މަލާއިކަތާއެވެ. ވިދާޅުވާނެއެވެ. މިދުވަހުގެ ޚަބަރު ކަލޭމެންނަކަށް މާތް ﷲ ނުދެއްވަވާ ހެއްޔެވެ؟ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައިގެން ކަންކަން އޮޅުންފިލުއްވަވައި ނުދެއްވަވާހެއްޔެވެ؟ އެހިނދު ކަލޭމެން ދިނީ ބީރުކަންފަތެވެ.

އެބޭކަލުންގެ އަޑެއް ނުއަހަމުއެވެ. ހެދީ އެބޭކަލުންނަކީ މޮޔަފުޅު ބައަކަށެވެ. ވީމާ މިއަދު އަޑުގަދަ ނުކުރާށެވެ. ނަރަކައިގައި ދެމިތިބޭށެވެ.

އެއީ އެއްވެސް ރަޙުމެއްވާ މަލާއިކަތެއް ނޫނެވެ. މިޢުރާޖްއަރައިވަޑައިގެންނެވި ރޭ އެހެން ހުރިހާ މަލާއިކަތުން އިތުރު މާތް ރަސޫލާ މުޙައްމަދު (ޞޢވ) އާއި ކުރިމަތި ލެއްވެވީ ހިނިތުންވެވަޑައިގަތުމާއިއެކުގައެވެ. ނަމަވެސް މާލިކްގެފާނު ހިނިތުންވެވަޑައެއް ނުގަންނަވައެވެ. ހަމައެކަނި ވައަލައިކުމުއްސަލާމް ވިދާޅުވީއެވެ. މާތް ﷲ ނަރަކަ އުފެއްދެވީންސުރެ މާލިކްގެފާނު ހިނިތުންވެވަޑައެއް ނުގަންނަވައެވެ.

ނަރަކައިން ސަލާމަތްކޮށްެދެއްވަވައި އެމީހުން ފަނާކޮށްދެއްވެވުން އެދި މާތް ﷲ އަށް ދަންވައިދިނުމަށް އެދޭނެއެވެ. ޖަވާބުގެ އިންތިޒާރުގައި ތިބޭތާ 1000 އަހަރު ފަހުން ޖަވާބު ލިބޭނެއެވެ. ނަރަކައިގައި ދާއިމަށް ތިބުމަށެވެ. މާތް ﷲ އަށް އީމާން ނުވިމީހުން އެދެމުންދާނީ ބިމުހުރި ވެއްޔަށް ހައްދަވައި ދެއްވުމަށެވެ.

މިއަދު އެއްވެސް އަޅައިލުމެއް ބެލުމެއް ނެތި ފާހިޝް އަމަލުތައް ކުރަމުން ތިއަ ގެންދަނީއެވެ. ޤިޔާމަތް ދުވަހުން ނަރަކައިގައި ވާނެ ގޮތް އެނގޭހެއްޔެވެ؟ ފާހިޝް އަމަލުކުރި މީހުންނަށް ޚާއްޞަ ވަޅެއް ހުންނާނެއެވެ. އެވަޅުގައި އެލުވިފައި އޮންނާނީ ައަމިއްލަ ގުނަވަނާއި މޭގައި އަޅުވާފައިވާ ބުޅިތަކަކުންނެވެ. ދަށުން ދާނީ އަލިފާން އަނދަމުންނެވެ. އެމީހުންގެ ކެއިން ބުއިމަކަށްވާނީ ނަރަކަވަންތަވެރިންގެ ކުރިމަތިފަރާތުންނާއި ފުރަގަސް ފަރާތުން ފައިބާ ދޮހެވެ.

ނަރަކައިގައި މިއުންމަތުގެ މީހުން ތިބެ އަނދަމުންދާނެއެވެ. އެމީހުން ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި މުޙައްމަދު (ޞޢވ) މާތް ﷲ އަށް ދަންވަމުން ގެންދަވާނެއެވެ.

އެމީހުން ނަރަކައިގައި ތިބޭއިރު އެމިހުންގެ ނިތްކުރީގައި ސިއްކައެއް އިންނާނެއެވެ. އެކަމުގެ ވަގުތު ޖެހުމުން މާތް ﷲ މަލާއިކަތުން ފޮނުއްވަވައި އެމީހުން ނަރަކައިން ނެރުއްވަވާނެއެވެ. އެމީހުން ނެރެވޭއިރު ވާނީ އަނދައި ކަޅުދެލިގަނޑަކަށްވެފައެވެ. ހޭނެތިފައެވެ.

އެމީހުން ދިރުއްވަވާ ކޯރުގެ އައްސޭރިއަށް ގެންގޮސް ދޮވެލެއްވުމުން އެމީހުން ރީތިވެ ފުރާނައެޅުއްވިގެން ތެދުވާނެއެވެ. ސުވަރުގެ ވައްދަވާނެއެވެ. ނަމަވެސް އެއީ ނަރަކައިން ގެނެވުނު މީހުންކަން އަންގައިދޭ ސިއްކަ ނިތްކުރީގައި އިންނާނެއެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް